ހުޅުމާލެ ޕޮލިސް ސްޓޭޝަން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
30 ޑިސެމްބަރ 2024 - 10:52
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ބާތިލްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ މަޝްވަރާކޮށް، އޭނާގެ ލަފާގެ މަތިން ކަމަށެވެ.
އެ މައްސަލައިގައި، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ހައްގު ނޫން ގޯތި ލިބުނު އޭނާގެ ބޭބެ، އެމްޑަބްލިއުސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
ނަމަވެސް، ޕާސްޕޯޓު ދޫކޮށްލި މީހުންގެ ތެރޭގައި ފަޒުލް އާއި ފަޒީލް ނުހިމެނޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގައި ބިންވެރިޔާ ސްކީމްގެ 50 ގޯއްޗެއް ވިއްކި ކަމުގެ ތުހުމަތު ކޮށްފައިވެ އެވެ.
ގޯތި މައްސަލަ ފެންމަތިވި ފަހުން، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެކި މައްސަލަތަކާ އެކު އެޗްޑީސީން 15 މީހަކު މިދިޔަ ހަފުތާގައި ވަކިކުރި އެވެ. އެކަމަކު، އޭގެ ދެ ތިން ދުވަސް ފަހުން އެ އެންމެންނަށް ވަޒީފާ ދިނުމަށް ފަހު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
30 December 2024
ތިކަން ދެން މާގިނަދުވަސްތަކެއްނުވެ މަޑުގިނިމަތީގަހުރެ ހިނދިދާނެ!.
ގާ ނޫނު
30 December 2024
ގަތްމީހާއާއި ވިއްކި މީހާ ދޫކޮށް ގޯތީގެ ސެޓްފިކެޓް ޕްރިންޓްކުރިމީހާއާއި އެ ހަވާލުކުރަން ދިޔަ ޕިޔޯނު ހިފެހެއްޓީމަ އެއޮތީ މައިނަސް ހަންޑްރެޑް ޓޮލަރެންސް
ހަސަނު
30 December 2024
ދެން ފުރާންވީތަ؟
ސަމްގާ
30 December 2024
މިއީ ސަރުކާރުގެ އިސްވެރިން އަޑީގައި ތިބެގެން ކުރިކަމަކާއި ހާދަ ވައްތަރެވެ. ދެން ހަމަ ކޮންމެ ކަމެއްކޮށްލާފައި ޑްރާމާ ކުޅެފައި ނިންމާލާ އުސޫލުތޯ މިއޮންނަނީ؟؟
ކޮރަލް
30 December 2024
ހޫނު ކޮށް އޮތީމަ ހިފެހެއްޓީ އެވެ. ފިނި ވީމަ ދޫކޮށްލީ އެވެ. ގިނަ މީޙުންނަށް ކޮންމެ ކަމެއް ވަރި ހަމަ ވަނީ އެވެ.
ހިނީ
30 December 2024
މިއޮތީ ވާ ސަރުކާރެއް ބޯހަލާ
ޣާޟަޜެ
30 December 2024
މި ސަރުކާރުގެ ވެރިން ކުރި ކަންކަންވެސް މި އަޅުވަނީ ކުރީ ސަރުކާރާ ކުރީސަރުކާރު،ކުރީސަރުކާރު،ކުރީސަރުކާރުކުރީސަރުކާރު. ކޮބާހޭ އެޗްޑީސީގެ އިސް ސުޓާފުން މިހާރު ވަޒީފާދީ ހުދު ކާފޫރައްވެ ނިމިއްޖެ ބޯހަލަކި
އަބްޑޫޅް +
30 December 2024
"އެޗްޑީސީން 15 މީހަކު މިދިޔަ ހަފުތާގައި ވަކިކުރި އެވެ. އެކަމަކު، އޭގެ ދެ ތިން ދުވަސް ފަހުން އެ އެންމެންނަށް ވަޒީފާ ދިނުމަށް ފަހު ވަނީ ސަސްޕެންޑުކޮށްފަ އެވެ." މިއީ ބަތްކައްކާ ކުޅޭ ކުދީން ކުޅޭ ޕިންޕޮން މެޗެއްތަ؟
އެޗް އެމް
30 December 2024
ގޭމް އޮފް ކޮންސްޕިރަސީސް!
މަވާ ސަލާމް
30 December 2024
ތިކަންގޮސް ނިމޭނެ ހިސާބު ނޭންގޭ މީހަކު މިހާރު މިރާއްޖެއަކު ނެތެވެ. ކުރީ ސަރުކާރު ކިޔާލަކިޔާލަ ތިބޭތާ އަހަރެއް ފާއިތުވެ ދެވަނަ އަހަރަށް އަޅައިގެން ހިގަންޖެއެވެ. ޕީޖީވެސް ކުއްލިއަކަށް ފުންމައިގެން ތެދުވެ ހުނި ޖަހާލާފަ ކުރީ ސަރުކާރުގެ މައްސަލައެއް އަވަސް ކުރަން އަންގައިފިއެވެ. އޭގެ ކުރީގެ ސަރުކާރުގެ މައްސަލަތައްވެސް ޕެންޑިންގައި ހުއްޓައެވެ.