ވިއްސާރާގައި މާލޭގެ މަގެއްގައި ފެންބޮޑުވެފައި އޮތްއިރު، އެ މަގުން ވެހިކަލްތައް ދަތުރުކުރަނީ.-- ފޮޓޯ: މިހާރު
03 ޖެނުއަރީ 2025 - 15:15
ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އިދާރާ އިން ހަތަރު ގަޑިއިރަށް އޮރެންޖް އެލާޓް މިއަދު ނެރެފި އެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 3:00 އިން ރޭގަނޑު 7:00 އަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފަ އެވެ.
މި ވަގުތުތަކުގައި އެ އަތޮޅުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގައި މޫސުން ދަރަޖަ ކޮށްފައި ގޮތުން ނެރެނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓެވެ.
އޮރެންޖް އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯހެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމާއި އުދައެރުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. އަދި ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.
މިދިޔަ 24 ގަޑިއިރަށް ބަލާއިރު، އުދަ އަރާފައި ވަނީ ށ. ނަރުދު އާއި ރ. އިނގުރައިދު އަށް އެކަންޏެވެ. އެ ދެ ރަށުގެ ތެރެއިން ވެސް ނަރުދު އަށް ރޭ ދަންވަރު އާދަޔާ ހިލާފަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެމްއެންޑީއެމްއޭ އިން ބުނީ، ނަރުދު އާއި އިނގުރައިދުއާ އެކު، ހަ ރަށެއްގައި މި ވިއްސާރައިގައި މިހާތަނަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އެއީ ފ. ނިލަންދު އާއި ފ. މަގޫދު އާއި ދ. ކުޑަހުވަދޫ އަދި ދ. މީދޫ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީއަބުދުލްމަޖީދު
03 January 2025
މާލޭގެ މަގުތައް ރަގަޅުފެންވަރަކަށް ދިވެހި މާލިއްޔާއިން ބޮޑުހަރަދު ކޮށްގެން މެދުކެޑުމެއްނެތި ހަދަމުންދާތާ ތިރީހަކަށް އަހަރު ވެއްޖެ. އަދިވެސް މިއުޅެނީ މިކުޑަކުޑަ މާލޭގެ މަގުތަކުން ފެންހިންދާލެވޭނެ ގޮތެއްނުވެގެން. އަތުގަ އެއްޗެއްނެތި ސަރުކާރުގެ އަތަށްހެޔޮވަރު ވަޒީފާތަކަށް ވަންނަމިހާ ދޮޅުމަސް ފަހުން މާލެއިން ބިންގަނެއް ފުލެޓުގަނެ ކާރުގަނެ ބެންކުބެލެންސް މިލިއަންސްއަށް އަރާ ގައުމެއްގައި މިދެން އާވަހަކައެއްވެސް ނޫން!
ބޒބސވ
03 January 2025
ވެހޭނެވަރަލަށް ވެހުނީމަ އެލާޓު
ޖައްސާށޭ
03 January 2025
މާލޭގައި ފެންބޮޑު ވުމުން އެއްވެސް ގެއަކަށް ގެއްލުން ނުވާގޮތަށް ހަދަން އެބަޖެހޭ މާލޭގެ ހުރިހާ މަގުތައް 15 ބުރިއަށް ނަގަން އެއިރުން ގްރައުންޑް ފްލޯރ އަކީ މީހުން ހިނގާ މަގު ފަސްޓް ފްލޯރ އެއީ ހަަތަރު ފުރޮޅުލީ އުޅަނދު ދުއްވާ މަގު ސެކްންޑް ފްލޯރ އެއީ ސައިކަލް ތައް ދުއްވާ މަގު ދެން މަތީ ހުރިހާ ފްލޯރ ތަކުގައި ކޮމާރޝަލް ސެންޓަރު ތަކާއި އޮފީސް ކޮމްޕްލެކްސް ތަކާއި ޔުނިވަރސިޓީ ކޮމްޕްލެކްސް ތަކާއި ހޮސްޕިޓާ ކޮމްޕްލެކްސް ހުރީމާ ނިމުނީއޭ މިކަންވާނެއޭ ޗައިނާ އަށް
އަޖައިބެއް
03 January 2025
ހުރިހާތަނެއް މަތީގައި ހަދާފަ ގްރައުންޑް ފްލޯރގައި ހިނގަނީ ކީއްކުރަން.
ދެރަކަމެއް.
03 January 2025
މަގުމަތީ ބާރަށް ނުދުއްވާށޭ. ގެއަށް ފެންގަނޑު ވަންނަނީއޭ ބޮޑުރާޅެއް ޖަހާގޮތަށް. ކުޅިވަރަށް ބޭރުގަ ނުދުއްވާށޭ.
ސަހަރޯއި
03 January 2025
މިވަރަށް ކިޔަސް ކޯރުކޮންނަނީ ފެންބޮޑުވެ އެނދުރަކާހަމައަށް ފޯރީމަ. 1 ދުވަސްކުރިން ކޯރުކޮނެފަ ބާއްވާކަށް ނޭނގޭނެ.
ޝޭމް
03 January 2025
ކޮންތާކުތަ ކޯރު ކޮންނަންވީ؟ އެނދު ދަށުގަތަ؟ މަޖީދީމަގުގެ މެދުގަތަ؟
ސަރުކާރުގެ
03 January 2025
އާދިއްތަ ބަންދެއް ނުކުރޭތަ. ވަރަށް ގިނަ ސްކޫލުކުދިން ތިބީ އެކި ތަންތަނުގަ ދަތުރު ނުކުރެވިފަ
ޝޭމް
03 January 2025
ކީއްކުރަން އާދީއްތަ؟ ވިއްސާރަ އަލިވެ އުޑުމަތި ސާފުވަންދެން ނޫންތަ ބަންދުކުރަންވީ؟؛
ބަލާތި
03 January 2025
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ މަގުތައް ހަދާއިރު މާލޭގެ މަގުތަކަށް ކޮންމެ ދުވަހަކު 1000 މިލިމީޓަރު ބޯމިނުގައި 24 ގަޑިއިރު ވަން ދެން 365 ދުވަހު ވާރޭ ވެހުނަސް ފެންގަނޑު ބޮޑުނުވާ ފެންވަރަށޭ ހަދަން ޖެހޭނީ ރާއްޖެގެރެއަށް ބަޖެޓްގެ ކެޕެކްސް އިން ޚަރަދުކުރަން ޖެހޭނީ މާލޭގައި އެތައް ސަތޭކަ އަހަރު ދުވަސް ވަންދެން ހުރި ބޮޑެތި މައްސަލަ ތަކަށް ހައްލު ގެނެސްފައޭ އަދި މަޖީދީމަގު 15 ބުރިއަށް ވެސް ނަގާ ފިހާރަތައް ހަދާ ކުއްޔަަށް ދޭންވީއޭ އެއިރުން ކަމުދާނީ