އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރު ޑރ. ހަލީލާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
03 ޖެނުއަރީ 2025 - 18:34
ރާއްޖެއަކީ، އަވައްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް އިންޑިއާ އިން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ އެންމެ ސާފު މިސާލުގެ ގޮތުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު މިއަދު ސިފަކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ހަލީލާ އެކު، މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ޖައިޝަންކަރު ވަނީ ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން މި ފަހުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަ ކުރައްވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި، އިންޑިއާ އިން ރާއްޖެ އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ ޓީ-ބިލްތަކަށް އަނބުރާ ފައިސާ ދެއްކުން ފަސްކުރުން އޭނާ ފާހަގަކުރެއްވި އެވެ.
އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރު ޑރ. ހަލީލާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
"ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފޯރުކޮށްދިން މި އެހީތެރިކަމުގެ ސަބަބުން، ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" ޖައިޝަންކަރު ވިދާޅުވި އެވެ.
"ރާއްޖެއާ އެކު އިންޑިއާ އަބަދުވެސް އޮންނާނެ ކަން ވަނީ ހާމަވެފައި. ރާއްޖެއަކީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ އެންމެ ސާފު މިސާލު."
ރަސްމީ މަޝްވަރާތަކަށް ފަހު، ދެ މިނިސްޓަރުން ވަނީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާނީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މިއީ މި އެއްބަސްވުމުގެ ތިންވަނަ ފޭސް އެވެ. މީގެ ކުރިން ވެސް މިފަދަ ދެ އެއްބަސްވުމެއްގެ ދަށުން އެކި ރަށްރަށުގައި އިންޑިއާ އިން މަޝްރޫއުތައް ހިންގާފައި ވެ އެވެ.
އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރު ޑރ. ހަލީލާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިންޑިއާގެ ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ހިނގަމުން އަންނަ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިގުތިސާދީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް އެ ހަލީލާއި ޖައިޝަންކަރު މަޝްވަރާ ކުރެއްވި އެވެ.
މި ސަރުކާރު ވެރިކަމަށް އައި ދުވަސްކޮޅު ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
04 January 2025
ދެންވެސް މިސަރުކާރަށް އެއްޗެއް ލިބޭނީ އިންޑިއާކައިރީ ސަލާން ޖަހައިގެން. ދެންނެތް ދޭނެ އެއްބައެއްވެސް. އިންޑިއާ އައުޓްގޮވިހަނދާން ވޭތަމިހާރު؟
ހޮޓްކިންގް
04 January 2025
އިންޑިއާއިން އެހީވުމަކީ މިތާނގައި އެމީހުންގެ ސިފައިން ތިބެން ޖެހޭ ސަބަބެއނޫން. އެއިރުވެސް ގޮވީ އިންޑިއާ ސިފައިން އައުޓޭ، އޮޅުވާނުލާ
ޏަނާ
04 January 2025
ބަންގްލަދޭޝްގެ އެތައް ބަޔަކު ބޭސްފަރުވާއަށް އިންޑިއާއަށް އެތެރެވިޔަ ނުދީ ވިސާ ނުދީ އެ ތިބެނީ ހަމަ ނެއިބަރހުޑް ފަސްޓް އުސޫލުން؟ ހަމަ ރާްޖޭގެ މީހުންނަށްވެސް އެ ހާލު އަދިވެސް ޖެއްސުން ގާތް!
ޗަމީމާ
03 January 2025
ކޮބާ ސަލާންޖަން ނާށިގަނޑު ގެންދިއިންތަ؟
ރަފްހާމް ރަށީދު
03 January 2025
އިދިކޮޅުން ބުނާނެ މިވެރިކުގައި އިންޑިޔާއާ އޮންނަ ގުޅުން ވާނީ ގޯހޭ. އެހެންނެ ނޫނެއްނު މިވަނީ. ބަދަހި ވާތަން ފެނިގެން މިދަމީ
ހަމަދު ސަލީމް
03 January 2025
މީ މިދައްކާ ވާހަކައަކީ. ރަނގަޅު ހާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ނަފާ މިއީ. އޭރުވެސް މިދައްކަނީ ބެލެންސް ސިތާސަތެއް ގެންގުޅޭށޭ
ސިކުނޑި
04 January 2025
ބެލެންސް ކުރަން ކުރިކަންތައް އަހަރުމެން ދެކުނީމޭ! އޭގެ ފަހުން ކުޑަ ކަކޫމައްޗަށް ތިރިވީ އިތުރު ގޮތެއްނެތިގެން! ކުރީގެ އިންޑިއާ ފަސްޓް ޕޮލިސީއަށްވުރެ މިހާރުގެ ސިޔާސަތު ގޯސް!! ކަންކަން އިނގޭނީ ބަލާހޯދާ މީހުންނަށް! ލާރިދީފައި ކޮމެންޓް ކުރުވާ ބަޔަކު ކުރާނީ ބުނިގޮތަކަށް!
ރުވޭދާ އަލީ
03 January 2025
އުފާވެރި ހަބަރެއް. މީގަ ޝުކުރު ރައީސް ގެންގުޅޭ ހާރިޖީ ސިތާސަތައް ހައްގު
ޝަމްނާޒް
03 January 2025
މިވާހަކަތައް އަޑުއަހަން ބަލަން އެމްޑީޕީއަށް ވަރަށް އުދަގޫވާނެ
ހަސަން ނިހާމް
03 January 2025
ރައީސް މުއިޒްގެ ޒައާމަތުގައި އިންޑިޔާ ރާއްޖެ ގުޅުން މިދަނީ ބާރަށް ކުރިޔަށް
ސިކުނޑި
04 January 2025
ބާރަށް ކުރިއަށްގެންދަނީ އިންޑިއާއިން ރާއްޖޭގެ މިނިވަންކަމުގައި ވާގަނޑެއް އައްސައިގެން ދަމަނީ އިންޑިއާއިން! ކަލޭމެން ތި ތިބެނީ ވަޒީފާ ގެއްލިދާނެތީ ކޮމެންޓް ކޮށްލަކޮށްލާ!
ވސނ
03 January 2025
އެކަމަކުވެސް ވަރިހަމައެއްނު! އިންޑިޔާއައުޓު ގޮވަގޮވާފަގޮސް ހުންނަންމިޖެހެނީ ލަދުން އިސްދަށަށްޖަހައިގެން. މިފެންނަނީ ގަޑީބަރުގެހުކުން މިމީހުންނުދަންނަކަން.
ހަމްދާ
03 January 2025
ވެރިކަން ހޯދަން ކޮންމެ ކުޅިވަރެއްވެސް ކުޅެފާނެ