ފުވައްމުލައް: ފުވައްމުލަކުގައި ޓޫރިސްޓެއްގެ އަތުން ފޭރުނު ހުރިހާ އެއްޗެއް ހޯދައި އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި.
25 ޖެނުއަރީ 2025 - 18:49
ކަނޑުމަގުން ފުވައްމުލަކަށް އެތެރެކުރި ޑްރަގް ފޮށިގަނޑެއް އަތުލައިގަނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ޑްރަގް ހޯދާފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން، އެ ރަށަށް ދިޔަ ކަނޑު ބޯޓެއްގައި ގެންދިޔަ ފޮށިގަނޑެއް ބަލާ ފާސްކުރިއިރު، އޭގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުވާ އެއްޗެއް ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ 40 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ފުލުހުން އާންމުކުރި ނަމަވެސް މިހާތަނަށް މި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު އާންމު ކޮށްފައެއް ނުވެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާނޫ
26 January 2025
ކޮންނަމެއްކިޔާ ކޮންގޯއްޗެއްގެ އަންހެނެއްހޭ ތިޔަކަންތައް ކުރީ ބިރުނުގަނެ ހާމަކުރާށޭ ހަމަހަމަކަމާއެކީ ތަފާތުކުރުންނައްތާލާށޭ.
އަސަރަފަ
26 January 2025
ހާލި ހަލާކު ނުކޮށް ސޫފިތަށް ފަހަތުން ދުވިޔަސް ތިކަން ހައްލެއް ނުވާނެ
ކާސްޓް
25 January 2025
ކަނޑު ބޯޓެއްގަ ފޮށިގަނޑު ގެންދިޔައީ އަންހެން މީހާތަ؟
އިހުސާން ތެރި
25 January 2025
ކަލޯ އިހުސާނޫ ތަފާތުނުކޮށް އަވަހައް ވަނަވަރު ހާމަކޮށްދީ. މޮޅުދެރައަށް ބެލުމެއްނެތި ހަމަހަމަކަންމަތީ ފިސާރިކެރިގެން.