ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް
26 ޖެނުއަރީ 2025 - 20:16
މީޑިއާ ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، މިނިވަންކަމަށް ހުރަސްއެޅުން ނޫން ކަމަށް ވިދާޅުވެ، މީޑިއާ ރެގިއުލޭޝަނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިރޭ ރައްދު ދެއްވައިފި އެވެ.
ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ނާޒިމް "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވާއިރު ނާޒިމް ވިދާޅުވީ އެކަމާ ގުޅިގެން މީޑިއާގައި ރިޕޯޓްކޮށްފައިވަނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ.
ނާޒިމް އެކްސްގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރަން ދެ މުއައްސަސާއެއް އޮތް ނަމަވެސް އެ ދެ މުއައްސަސާ ވެސް ރަނގަޅަށް މަސައްކަތްނުކުރާކަން މީޑިއާތަކުން ވެސް ގަބޫލުކުރާނެ ކަމަށެވެ.
"އަޅުގަނޑަކީ އެއްވެސް ޒަމާނެއްގައި މިނިވަން މީޑިއާއާ ދެކޮޅު ފަރާތެއް ނޫނެވެ. އަދި މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅާނެ މީހެއް ނޫނެވެ. އެ ފަަދަ ކަމަކަށް ދުވަހަކު ވެސް ތާއީދުކުރާނެ މީހެއްނޫނެވެ." ނާޒިމް ލިޔުއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް
މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ޒުވާނުން ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެފަދަ އެޕްތައް ރެގިއުލޭޓްކުރުމަކީ މުހިންމު ކަމެއްކަން އެންމެން ވެސް ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަގްސަދަކީ މިފަދަ ދޯހަޅި ގޮތްގޮތަކަށް ހުރި މުއައްސަސާތައް ރިފޯމްކުރުމެވެ.... އެއީ އެއްވެސް މިންވަރަކަށް އެ ފަދަ މަންސަތައް [ޕްލެޓްފޯމްތައް] ބްލޮކްކޮށް ނުވަަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމެއް ނޫނެވެ،" ނާޒިމް ވިދާޅުވި އެވެ.
"މިފަދަ މަންސަތައް ބޭނުންކުރެވޭއިރު، އަނެކާގެ އަބުރާއި، އިއްޒަތް ވެސް އެއީ އޮންނާނެ އެއްޗެއްކަން ދެެނެގަންނަން އެބަޖެހެ އެެވެ. އަނިޔާ ލިބޭ ފަރާތުން، އިންސާފު ހޯދުމަށް ދޮރުގައި ޓަކިޖަހާއިރު، އިންސާފު ހޯދަައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއިހުދުން ލިޔެފައި އޮންނަ ގާނުނުކަމާއި، އަދި މިވަގުުތު އެފަދަ ގާނޫނެއް ދިވެހިރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ."
ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅުވައި މީޑިއާގައި ރިޕޯޓްކުރުމާ އެކު ސަރުކާރުން މިއަދު ބުނީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމަނާފައި ނުވާ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހޮއްތުބެ
27 January 2025
މާލަސްވެއްޖެ.. ރެގިއުލޭޓް ކުރެވެންޖެހޭ ކަމެއްތީ. ރޯމަރު ދޮގުހެދުމާ ފިތުނަ އުފެއްދުން ހުއްޓުވަން ޖެހޭ.
ކިއްލާ2222
27 January 2025
މި މީހުންނަށް 2 ވަނަ ދައުރެއް ދީފިއްޔާ މި ގައުމު އަފްގާނިސްތާނަށް ހަދާނެ! ދިރިއުޅެން އެއްމެ އުދަގޫ ގައުމަކަށް ވާނެ ރާއްޖެ!
އުލްޔާ
27 January 2025
މި ސަރުކާރުން އެއްވެސް ބައެއްގެ މިނިވަން ކަމަށް ހުރަހެއް ނާލާނެ. އަޅާ ނަމަ މިހާރު އޮންނާނީ އަޅާފަ
ފާރިޝްް
27 January 2025
މިފަދަ ގަވާއިދުތަކާ އެކު ކުރިއަށް ދިއުމުގެ ވިސްނުމެއް ސަރުކާރުން ނެތް ކަމަށް އަޑު އިވުމުން ވަރަށް އުފާވޭ. ނޫސްވެރިކަމުގެ މިނިވަންކަމާއި އިންޓަނެޓަށް ހުޅުވާލެވިފައިވާ ވަސީލަތްތަކަކީ ކުރިއަރަމުން އަންނަ ކޮންމެ ޑިމޮކްރަސީއަކަށް ވެސް އަސާސީ ކަމެއް ކަމަށް މަ ދެކެނީ
ހީނާޚަލީލް
27 January 2025
ސަރުކާރުގެ ތިޔަ ވިސްނުމުގައި އިޚްލާސްތެރިކަމުގެ ޒައްރެއްގެ މިންވަރު ހުރިކަންވެސް ޤަބޫލުކުރާނީ ބިލް މަޖިލީހަށް ބަަލައިނުގަތިމަށް ސަރުކާރު ނިސްބަތްވާ ޕީއެންސީގެ މެމްބަރުންނަށް އަންގައި ތްރީ-ލައިން ވިޕެއް ނެރެފިއްޔާ އެކަނި! އެހެންނޫނީ ތީ ހަމަ އަމިއްލަ ހައިސިއްޔަތުން މެމްބަރެއްލާ ބިލެކޭ ކިޔައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން!!
އިއްޒަތު
27 January 2025
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ރެގިއުލޭޓް ކުރުމުގެ ނަމުގައި ކުރަންއުޅޭ ކަމަކީ ސަރުކާރު ބޭނުންވާގޮތަށް ޚަބަރާއި މަޢުލޫމާތާއި، ޚިޔާލު ފާޅުނުކުރާ މީހުންގެ އައިޑީތައް ބްލޮކްކޮށް ހެދޭނެގޮތެއް ހޯދައި ސޯޝަލް މީޑިއާގެ ބާރުވެރިކަން ސަރުކާރަށްނެގޭނެ ގޮތަށް ޤާނޫނެއް ވުޖޫދު ކުރެވޭތޯ ބެލުން. މިކަން ދަނީ ކުރިއަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ރައްޔިތުންނަށް ވަރަށް ސާފުވާނެ! ތެދެއް ހެދެން އޮއްވާ އަބަދުވެސް ބަލާނީ ދޮގެއްހެދޭތޯ؟
ރާވެރިބެ
27 January 2025
މީޑިއާ ކަސްތޮޅު އަޅަން ނޫޅުއްވާ! ރެގިއުލޭޓޭ ކިޔަސް ގަވާއިދޭ ކިޔަސް ތިއުޅުއްވަނީ މީޑިއާއަށް ހުރަސް އަޅަން. ސަރުކާރުތެރޭ ހިގާ ކޮރަޕްޟަންތަށް ފަޅާ އަރަނީ މީޑިއާ ހުޅުވިފަ އޮތީމަ. އެހެންވީމް އުދަގޫވާ ބައެއް އުޅޭނެ. ތިކަން ކާމިޔާބު ނުވާނެ!
މަ ބުނީ
27 January 2025
މަ ބުނީ ހުވަފެނުންނަމަވެސް ލިބުނު އާއިލީ ވެރިކަށް މިލިޓަރީ ރަސްކަމަކަށް ބަދަލުކޮށްގެންވެސް ދެމެހެއްޓުމަށް މީޑިއާ ވަޅުލުމަށްވުރެ މޮޅުދެވަނަގޮތެއް އެއްވެސް ޑިކްޓޭޓަރ ލީޑާރޝިޕްއަކަށް ފެނިފައެންނުވޭ މިއީ ދުނިޔެ ދެކިފައިވާ ހަގީގަތެވެ.
ސޮބާހް އަހްމަދު
27 January 2025
ނޫސްވެރިކަން ހަމަ ދޫކޮށްލަންވީ. އަހަރެން ތާއިދު މުއިއްޒްގެ ވިސްނުމާ މިކަމުގައި
އަޑެށް ކިޔާނި
27 January 2025
ބުނެފި އެއްނޫން ނޫނެކޭ. މިހާރު އެޔަގީންވީ ތިޒާތުގެ ކަމެށް ކުރަން އުޅޭކަން. ހިނގާ ބަލަން ތިބެމާ.