ރައީސް ޑރ. މުހައްމަދު މުއިއްޒު: ދުންފަތުން ދުރުވާން އަޒުމު ކަނޑައެޅުމަށް ރައީސް ގޮވާލެއްވި.- ފޮޓޯ: ރައީސް އޮފީސް
04 ފެބުރުއަރީ 2025 - 09:25
ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި އެ ބަލިން ސަލާމަތްވުމަށް އެކަމާ ދުރުހެލިވުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް އެ ކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ މަނިކުފާނު ވަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި އެ ނުބައި އާދައިން ދުރުވުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލައްވައިފަ އެވެ.
ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމުގައިވާތީ، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައަޅަމާތޯ! pic.twitter.com/dlLf48nuGS
— Dr Mohamed Muizzu (@MMuizzu) February 4, 2025
ކެންސަރު ބައްޔަކީ ރާއްޖޭގައި ގިނަ ބަޔަކު ތަހައްމަލުކުރަމުން އަންނަ ބައްޔެކެވެ. ކެންސަރު ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވެސް 1،400 އަށް ވުރެ ގިނަ ބަޔަކު މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ.
ކެންސަރަކީ ދިރިއުޅުމުގެ އެހެން ވައްޓަފާޅިތަކާ ވެސް ގުޅިފައިވާ ކަމަކަށް ވާއިރު، ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން މަނާކޮށްފަ އެވެ. ބޮޑެތި ޖޫރިމަނާތައް އަންނަ ގޮތަށް، ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާ އެކު، އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުމާއި ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 50 ޕަސެންޓު ބޮޑުކޮށްފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިގިރޭޓެއްނޫން
04 February 2025
ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެއް ނޫން. ޕްރޮސެސްޑް ޝުގަރ ބޭނުންކުރުން. އެތެރެކުރުން މުޅިން މަނާކޮށްދެއްވާ.
ގޮއްޔެ
04 February 2025
ހަމައެކަނި ދުންފަތާދުރުވުމަކީ ޙައްލެއްތޯ؟ އަގުބޮޑުކޮށް ބާޒާރުން ގަނެގެންއަންނަ ތަރުކާރީކޮޅާއި މޭވާގައި މިއޮންނަނީ އިންތިހާއަށް ކެމިކަލް. ކާންލިބޭ އެއްގަމުމަސްކޮޅު ފިނިކޮށް ފިނިކަނޑުވާ އެއްފިހާރައިން އަނެއްފިހާރައިން ކޮށްފައި އޮންނަނީ ކިތައް ދަތުރުކަމެއް އަހަރެމެންނަކަށް ނޭނގެ. ކާންލިބޭ ކަނޑުމަސްކޮޅުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. ބާޒާރުގައި އެތަކެތި ދޮންނަނީ ނަޖިސްފެނުން. މިހެންގޮސް ކިޔާނެކަމެއްނެތް. ސަލާމަތުން ކާންލިބޭ އެކައްޗެއްވެސް ނެތް.
ނަން..
04 February 2025
4ކ ކެންސަރު ޖެހިފައި ހުރިމީހުންގެ ޑޭޓާ ރިލީސް ކޮއްބަލަ އެެއިން ކިތައް މީހުންތޯ ސިގިރޭޓް ބޮނީ. %10 ހަމަ ނުވާނެ. ރާއްޖޭގައި ކާބޯތަކެތި ހާއްސަކޮއް ޕޮރެސެސްޑް ފުޑްސް ރެޑްމީޓް އަދި ކެމިކަލް ތަރުކާރޫ މެވާ ރެގިއުލޭޓް ގޮވަން ގޮވިނަމަ ރަގަޅު. މިއީ ނުވަދިހަގައި ތި ބައްޔަށް ބޭސް ކޮއް ވޭންދެނިވި ފަރުވާއިން ރަގަޅުވެފަ ހުރި މީހެއް މިހެން މިކިޔަނީ.
ދެއުޅިއެއްނުވާ
04 February 2025
ސިގަރެޓް ގިނައިން ބުއިވަރަކަށް ދުންފަތާ ދުރުވެވޭނެތޯ. ދުންފަތާ ދުރުވާށޭ ކިޔާފަ ސިގަރެޓް ހުއްދަކޮއްފަ ވޭޕް މަނާކުރީމަ އަހާލީ.
ހަންދާ
04 February 2025
ރޫޓު އޯކޭ. ދުންފަތް ކަޑަ
މީރާ
04 February 2025
ފާސްޓް ފުޑް އަދި ޕްރޮސެސްޑް ފުޑް އަދި މީގެ އިތުރަށް ހަކުރު ގިނަ އަދަދަކަށް ހިމެނޭ އެއްޗެހީގެ ޑިއުޓީ ބޮޑުކޮށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށްދޭކަށް ނުވޭތޯ؟
އަލީ އަފްރާހް
04 February 2025
ރައީސް ގެ މިކަހަލަ ބޮޑެތި ނިންމުން ތަކުގެ ނަތީޖާ މުސްތަގްބަލުގަ ވަރަށް ފޮނި ވެގެން ދާނެ. ބަޔަކު ކިތަންމެ ނޫނެކޭ ބުނި ކަމުގަ ވިޔަސް މި ގައުމުގަ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ބޮޑު ތަނުން މަދު ވެއްޖެ. ވޭޕް މަނާ ކުރުމާ އެކީ ބޮޑު ޖެނެރޭޝަނެއް ދުންފަތުން ސަލާމަތް ވެގެން ގޮއްސި. މިކަމަކީ ކޮންމެ ކޮންމެ މީހަކަށް ނަގަން ކެރޭ ވަރުގެ ޑިޒިޝަންތަކެއް ނޫން. ގަޓު ހުރި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް މި ނޫނީ ނެތް
މޫސާ ފަތުހީ
04 February 2025
އަސްލުވެސް. ހުރިހާ ގޮތަކުން ބެއްޔަސް މިކަން ހުއްޓާލަން ޖެހޭ. ސިއްހަަތައް ބެއްޔަސް އަދި އަތުން ހަރަދުވާ ބޭކާރު ހަރަދަށް ބެއްޔަސް މިކަން ހުއްޓާލަން ޖެހޭ
އައްބާސް އާދިލް ރިޒާ
04 February 2025
ތިމާގެ ދަރިންނާ އެއްމެނަށް ވިސްނައިގެން އެބަޖެހޭ މިކަން އެއްމެން ހުއްޓާލަން. ރައީސް އެބުނީ ހަމަ ރަނގަޅު ހެޔޮ ވާހަކަ ފުޅެއް.
ރާވެރިބެ
04 February 2025
5 އަހަރަށް ވެރިކަމަށް ހޮވޭ މީހަކު ބެހެން ޖެހޭ ކަމެއް ނޫން. މީހުންގެ ޒާތީ މިނިވަންކަން ދޯ! ސަރުކާރަކީ މައިން ބަފައިންނެއް ނޫން!