މީގެ ކުރިން މާލޭގެ މަގެއް މަތީގައި ފުލުހުން ފޯރި މަރަނީ: ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ އަންނަނީ ބަލަމުން.-- ފޮޓޯ | މިހާރު
08 ފެބުރުއަރީ 2025 - 12:07
ރ. މީދޫގައި ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މީދޫގެ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުން ދިޔަ ކުދިންތަކަކަށް، އެގޮތަށް ކަންތައް ނުކުރުމަށް އޮފް-ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެ ކުދިން ދެކޮޅު ހަދާފައިވާ ކަމަށެވެ.
އެކަން ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.
ޒާތީ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދައި، ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން އެތަނުން ކުއްޖަކު ހަމަނުޖެހުން ހިންގައި ފުލުސް އޮފިސަރަށް ހަމަލާދީފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެތަނުން ކުއްޖަކަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރާތީ އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.
ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހެދުމުގެ މަސައްކަތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފެންމަތިވީ ފުލުސް އޮފިސަރަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ އެ ކުއްޖާ ކޮންޓްރޯލް ކުރަން އޮފިސަރު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
09 February 2025
އިތުރަށް އަޅުގަނޑު ފާހަގަކޮށްލާނީ ރަށްރަށުގައި އުޅޭބައެއްފުލުހުންވެސްއުޅެނީ ވަރަށްފުއްޕާފަ، ނުބެހޭކަމެއްނޯވޭ، ނުބެހެވޭނެ ހުރިހާކަމަކާދޯ!، ބަޔަކު ސަކަރާތްޖަހާ އަޑުގަދަކުރާތީ އެކަންކޮންޓުރޯލުކުރަންޖެހިގެން އެކަމަށް އެޓެންޑުވާނަމަ ވާންޖެހޭނީ ޑިއުޓީގައިތިބިފުލުހުން ޔުނީފޯމުގައިއައިސް ރަސްމީކޮށް، އަމިއްލައަމިއްލައަކަށްނޫން، ޕުރޮފެޝަނަލްގޮތަކީއެއީ، ތިޔަކަމުގައި ހިމެނެނީކުޑަކުދިންނަކަށްވެސްނުވާނެ، ބޮޑެތިފިރިހެނުންނަށްވާނީ!
މެސީ1
09 February 2025
ވަރައްރަނގަޅު، ކަލޭ ގެ ދަރިއެއް ގެނބެނިކޮއް ފެނިއްޖެނަމަ ފުރަތަމަ ސިފައިންނާ ޕޮލިހުން ދާނީ ޔުނީފޯމު އަޅަން
ނުންތައަޅެ
09 February 2025
ދެން ތި ޖެހުނީ މަޑި ދަށުގަ ޔުނީފޯރމެއް ބާވަން؟
raajje
09 February 2025
މެސީ1: ކުއްޖަކު ގެނބެނިކޮށްސަލާމަތްކުރުމާ މަގުމަތީގައި ސަކަރާތްޖަހާ އަޑުގަދަކުރާބަޔަކާ ކުރިމަތިލުމާ އެއީމުޅިންތަފާތުދެކަމެއް، މިދެކަމުގެ ރިއެކުޝަންވެސްއަންނާނީ މުޅިންތަފާތުކޮށް، ކޮމަންސެންސުހުރެގެން ރިޕުލޭކޮށްބަލަ
ޖަލީލީ
09 February 2025
މަސްފަލަ ފިރިހެނަކު ނަގާ ބިންމައްޗަށް ނުޖެހޭނެ ކުޑަ ކުއްޖަކަށް. އިސްލާމް ދީނުގައިވެސް އޮންނަނީ ބާލިޤް ވުމުން ތަކްލީފް އުފުލަން ޖެހޭ ގޮތަށް. ހުޅަނގުގެ ވަލައީ ގާނޫނުތަށް ގެނެސްގެން ވީ މޮޅެއް ނެތް. ތަން ފަސާދަވީ.
raajje
09 February 2025
އަހާ މީއުފާކުރަންޖެހޭކަމެއްނޫންތޯ؟ ބަލަގަ ސުކޫލުތަކުގައި މިހާރުކިޔަވާދެނީ ކުދިންނަށް ކުދިންގެހައްގުތައް، ކުދިންނަށް އަދަބެއްނުދެވޭނެ، ނަފުސާނީގޮތުންގެއްލުންވާތީޔޯ! ދެން ޓީޗަރުންނަށް ކުދިންނާދިމާލަށްބާރަށް އެއްޗެއްނުބުނެވޭނެ، ޓީޗަރުގެވަޒީފާ ގިނަފަހަރުގެއްލޭނީ، ޓެކުސްފޮތްތައްވެސްވަނީ އޮޅުންބޮޅުންކޮށް ގަޑުބަޑުކޮށްފަ، ކިޔަވާފޮތްތަކަށް ހެޔޮބަދަލެއްގެނައުމުގެނަމުގައި އެމްޑީޕީސަރުކާރުން ހަޑިހޭވީ ނަމަވެސްއެކަމަށްވާފައިސާ ޖީބުތަކަށްލިބުނު
ރާއްޖެ
09 February 2025
ފުރަތަމަ ބަލަން ވީ ތިކަހަލަ “ކުޑަކުދިން” ބަލާ ބޮޑުކުރާ މައިންބަފައިންގެ މައްސަލަ. ފުރަތަމަ ފެއިލް ވަނީ އެމީހުން. އޭގެ ފަހުން އެހެން މީހުންގެ މައްސަލަ ބަލަންވާނީ.
ނޫން ނޫން ނޫން-ގޯސް ވިސްނުމެއް
09 February 2025
ކޮންމެ ހާލެއްގަވެސް ކުއްޖާއަށް ނޭއްގާނީކޮށް ކަންތައްކޮށް އަނިޔާ ނުކުރެވޭނެ. ކުޑަކުދިން ކިޔަނީ ކަމެއް ވެގެން. މައިންބަފައިން ހަމައަކަށް އެޅުވުމާ ތަރުބިއްޔަތު ދިނުމުގެ ވާހަކަ އަދި ވަކިން ހަމަޖައްސާ. އެކަންކަން ހުރިގޮތާ ބަލާފަ ކުއްޖަކާމެދު ނޭދެވޭ ގޮތަށް ޢަމަލުކުރުމުގެ މައްސަލަ އޮއްބައިނުލެވޭނެ
ނަށީދު
09 February 2025
ކުޑަކުދިން ސަކަރާތް ޖަހާ އަޑުގަދަވެސް ކުރާނެ. އެހެން މީހެއް ޝަކުވާ ނުކުރަންޔާ އެކުދިންނާ ނުބެހުނީމަ ވީއެއްނު. ކޮންމެހެން ފުލުހެއްގެ ހުރި ވަރު ކުޑަކުދިންތަކަކަށް ދައްކާލަން ޖެހޭތަ؟ ބޮޑުވަރު!
ޅޮލ
09 February 2025
ބިހޭވް ކުރަން ނޭނގޭ "ކުދިން"
ބަބޫ
08 February 2025
ފުލުހުންގެ ތަންރީނުދޭއިރު ބޭނުންކުރާ ގޮތެއް ފުލުސްމީހާ ބޭނުންއެކުރީ. މި ކަމުގައި ފުލުސްމީހާ ކުއްވެރި ވެެއްޖިއްޔާ ފުރަތަމަ ފުލުހުންގެ ތަމްރީނު ރިވިއު ކުރަންޖެހޭނެ..
ސަނީސައިޑްބޮންޑް
08 February 2025
މިހާރުމިއުޅޭ "ކުޑަކުދިން" ނަކީ އެއްވެސްވަރަކަށް އާންމުމިންގަނޑަށް ފެތޭގޮތަކަށް ތަރުބިއްޔަތުވަމުންދާބައެއްނޫން. އެހެންދޯވާނީ ޑިމޮކްރަސީމިއޮތީ ހުޅަނގުގަ އޮތްވަރަށްވުރެވެސް ފައްކާވެފަ.
އާލް
08 February 2025
ތީ އެއްވެސް ގޮތެއް ފޮތެއް ހުންނަ ކުއްޖެއް ނޫން. އެއްޗެއް ބުނީމަ ބުނާ މީހާ ގޯސް ވާނީ. މައިންބަފައިންނާ ގޯތި އެންމެންނަށް އަދި މުޅި ރަށު ރައްޔިތުންނަށް އެނގޭނެ އެއީ ވިޔާނުދާކޮށް އުޅޭ ކުއްޖެއްކަން. ދޮންފުތު ކޮށްގެން އެހެން ވެފައިވެސް އެހެރީ.
އލށފތ
08 February 2025
ގިނަ ފުލުހުންނަކީ ރައްޔަތުންނާއި ޑީލްކުރަން ދަންނަ އަޙުލާގެއް ހުރި ބައެއް ނޫން. ހަޤީގަތެއް މީވެސް.
raajje
09 February 2025
އލށފތ: ތީހަގީގަތެއްނޫން، ވައިއަނގަތިތަޅަނީ، ތަނެއްދޮރެއްނޭންގި، ފުލުހުންގެ ތެރޭގައިވެސްއުޅޭ ތަންކޮޅެއް ފުއްޕާމީހުން، ނަމަވެސް އެއީމަދުބައެއް، ގިނަފުލުހުންނަކީ އެކަހަލަބައެކޭ ބުނެވޭނެއެއްވެސްގޮތެއްނެތް
ގަބު
08 February 2025
އާއިލާއަށް މިފެނުނީ ކުއްޖާ ހުއްޓުވަން އުޅުނު ފުލުސް މީހާގެ މައްސަލަ. ކުއްޖާ މަގުމަތީވަ އުޅުނުގޮތެއް ނުފެނުނު. ދެން ކިހިނެތް މިގައުމު ރަނގަޅުވާނީ؟