ސްކޫލު ދަރިވަރަކު ރިޕޯޓް ފޯމް ހިފައިގެން ބެލެނިވެރިއާއެކު ދަނީ: ކިޔެވުން ދެން ފެށޭނީ އޭޕްރިލް 7 ގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ފެބުރުއަރީ 2025 - 10:19
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.
ރާއްޖޭގެ 216 ސްކޫލެއްގައި މިއަދު ކުދިންނަށް ރިޕޯޓް ފޮތް ދީ، އަހަރީ ޗުއްޓީ ފަށާފައި ވާއިރު ދެން އަލުން ކިޔެވުން ފެށޭނީ އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެހެންވެ، ކުރިއަށް އޮތް ރޯދަމަސް އެއްކޮށް ސްކޫލް ކުދިންނަށް ކިޔެވުން ބަންދުވާނެ އެވެ.
މުޅި ރާއްޖޭގައި މި އަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 96،000 ކުދިން ވަނީ ތައުލީމު ހާސިލުކޮށްފަ އެވެ. އެއީ 40،300 އަންހެން ކުދިންނާއި 42،700 ފިރިހެން ކުދިންނެވެ.
ސަރުކާރުގެ ސްކޫލުތަކުގައި މި އަހަރު 12،662 ޓީޗަރުން މަސައްކަތް ކުރި އެވެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ފެށޭ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ. ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު 28 ގަ އެވެ.
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ ކަރީމް
27 February 2025
އޯ ލެވެލް އިމްތިހާނަށް ތައްޔާރުވާ ކުދިން ވެސް ޗުއްޓީން މަހްރޫމް ނުކުރައްވާ. ހުރިހާ ސްކޫލަކަށް ދަރިވަރުން ގެންގޮސްގެން ޗުއްޓީގައި ކިޔަވައިދިނުން މުޅިން އެޑިއުކޭޝަން މިނިސްޓްރީއިން މުޅިން މަނާ ކުރަންޖެހޭ. ޗުއްޓީ ވާންޖެހޭނީ ކުދިންނަށްވެސް ޓީޗަރުންނަށް ވެސް ޗުއްޓީއަށް
ދިރާސީ
27 February 2025
ފެށޭ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެނަމަށް އިންޓަރނޭޝަނަލް އިތުރުކުރަންވާނެ. ކޭމްބްރިޖް ސިލަބަސް އަށްކިޔަވައިދީ އޯލެވެލް ހައްދާތީ. އިންޓަރނޭޝަނަލް ކިޔަނީ ކޮންމެ ފާރެއްގައި ތަފާތު ކުލަޔަކުން ދަވާދުލުމުން ކަމަށް އޮންނަ އޮތުން ބަދަލުކުރަންޖެހޭ.
އިމް
27 February 2025
އޯލެވެލް ކުދިންނަށްވެސް ޗުއްޓީތޯ؟
ނުރަބޯ
27 February 2025
ޗުއްޓީ ނުދީ ސްޕޫން ފީޑުކުރަން ބައިތިއްބަންވީ ދޯ؟ މި ރާއްޖޭގައި އެކަނި ސްކޫލް ނިޒާމުގައި އިންތިހާނު އޮންނަ ދުވަހުގެ ކުރީ ރޭގައި ކިޔަވައި ދެނީ. ދަރަވަރުން އަމިއްލަ ޒިންމާ ނަގަންވީ އިންތިހާނަށް ރެޑީވާން.
ނީމްމީ
27 February 2025
އާން މިސަރުކާރުން ބުނީ 5 ދުވަހު ކިޔަވަދިނީމަ ވާނެޔޭ. އިތުރު ދުވަހަކަށް މުސާރައެއް އެލަވަންސެއްނުދޭ. އެހެންވީމަ އޯލެވެލް ކުދިންވެސް ނިމުނީ. ތަންކޮޅެއް ގޮތްދޫކުރާ މީހުންގެ ބަސް ގަބޫލުކުރާ ޒާތްކޮޅު ކުޑަ ވެރިއަކާއި އައުވާނުން އައީމަ ރަނގަޅުވާނީ. މިހާރު މިދާ ގޮތުން، މި އަހަރު ކުދިންގެ އޯލެވެލް ނަތީޖާ ސޮއްސާލާނެ.