މާލޭގެ މަގެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: މިހާރު
28 ފެބުރުއަރީ 2025 - 19:00
ރެއިން ފެށިގެން މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ދަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ހަރަކާތްތެރިވަމުންނެވެ.
އެއީ އައިޖީއެމްއެޗާއި ވެސްޓްޕާކް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގެ އިތުރުން ސަލްމާން މިސްކިތް ހުންނަ ސަރަހައްދެވެ.
މޫސުމާބެހޭ އިދާރާ (މެޓް) ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
އެހެންވެ، ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ދަތިތަކާ ގުޅިގެން ފިޔަވަޅުތައް އަޅަން ސަރުކާރުން ވެސް ވަނީ ފަށައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު އެކްސް ޕޯސްޓެއްގައި ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސްވަނީ މަސައްކަތް ފަށާފައި.
— Heena Waleed (@MvSpokesperson) February 28, 2025
އަދި މޫސުން…
އެގޮތުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާ ވެސް ފަސޭހަ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތަފްސީލު ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް މިއަދު ރީނދޫ އެލާޓް ނެރެފައިވެ އެވެ. އެގޮތުން ހަވީރު 4:00 އިން މިރޭ 8:00 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުރި ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
02 March 2025
މިނިސްޓްރީ އޮފް ޕަމްޕް އެންޑް ވޯޓަރ ޑީ ވޯޓަރިން އިފައްދަވަންޖެހޭދުވަސް އައިސްޖެހިއްޖެނޫންތޯ އެއިރުން ނޫންތޯ ރައްޔިތުން މަޖްލީހަށް މިނިސްޓަރ ހާޒިރުކޮށްގެން ޖަވާބުދާރީވެސް ކުރެވޭނީ
ސަފިއްޔާ
28 February 2025
މިފުރުސަތުގަ ފާހަނގަކޮށްލަން ބޭނުންވަނީ ރާއްޖޭގަ އެންމެ ހިތްހެޔޮ ރަހުމަތްތެރި މީހުން އުޅެނީ ހދ. ނޭކުރެންދޫގަ. ޝުކުރިއްޔާ
ގުދުގުދާބެއްޔާ
28 February 2025
އެއީ ފެނުގެ މަތީގައި ފިޔަވަޅުއަޅާ ވާހަކަތަ؟ އަބަދުވެސް ފިޔަވަޅު އަޅާވަހަކަ! ވެހިލާއިރައް ފެންބޮޑުވޭ! ހައްލެއްނުލިބޭ!
ލަތީފާ
28 February 2025
ކޮބާ އާޒިމާ؟ ކޮބާ ސިޔާސީ ބޮޑުން؟ ނުނިކުމޭތަ ފޮޓޯ ނަގަން؟ ކޮބާ މުއީޒް އަދި މުއްތަލިބު؟ އަޅެ މާލޭ ސިޓީ ކައުންސިލްއޭ ކިޔާފަ ކޮންމެވެސް ފިތުނައެއް ފަތުރަން މުއްތަލިބު ނޫޅޭތަ؟
ނުކުރާށޭ
28 February 2025
ހުރިހާ ސަރުކާރު ތަކުން އެއް ހިއްސު މަދު އުަސޫލުން ރާއްޖެތެރޭގައި ކައުންސިލަރުން ކަންކުރާ އުސޫލުން މާލޭގެ މަގުމަތީގައި ހެދޭ ފެން ހިންދަން އެމެން ގޮވައިގެން އެމެން ބުނާ ގޮތަށް ހިޔަންޏަށް މުޑިނަގައިގެން އެކަން ކުރާތީއޭ މާލޭގެ މަގުމަތީގައި ވާރޭ ކޮޅެއް ވެހިލާއިރަށް ފެންބޮޑުވަނީ މާލޭގެ މަގުމަތީގައި 365 ދުވަހު 1 މީޓަރު ބޯމިނަށް ދުވާލަކު 23 ގަޑިއިރު ވާރޭ ވެހުނަސް އެންމެ ފެންކޮޅެއް ނޯންނަ ގޮތަށް ވެސް ހެދޭނެއޭ ސަރުކާރުން އެއް ހިއްސު މަދުއުސޫލުން ކަންކަން
އޮނަރަބްލް އަފީފު ދީދީ
28 February 2025
މަހެއްގެ މައްޗަށް 18 މިލިޔަން ރުފިޔާ އަށް ވުރެން ބޮޑު އާމްދަނީ އެއް ތިރަށު ކައުންސިލަށް ލިބޭއިރު ކީއްވެގެންތޯ ކައުންސިލުން ތިރަށުގެ މަގުތަކުގައި ހުރި ކާނުތައް ކޮންމެ 6 މަހަކުން ސާފު ނުކުރަނީ؟! މާލޭ ކައުންސިލާއި ތިރަށު ކަތީބެއް ކަމަށް ހީކޮށް އޭނާގެ ވިސްނުން ހަމަ އެކަނި ތިރަށުގެ މައްޗަށް ހުއްޓިފައި ހުންނަ ބޭޅާ އާއި އެބޭޅާގެ ވަޒީރުން ބޭނުންވަނީ "ކާނު ސާފުނުކޮށް މިފަދަ މަންޒަރު ދައްކައިގެން" ބޭރުގެ އެހީ ހޯދައިގެން ތިރަށަށް އެފައިސާ ތަޅަން.
ނުވިއޭނުވިއޭދޯ
28 February 2025
ސަރުކާރު ފެއިލްވެއްޖެ ކަމުގެ ނިޝާން ތަކޭ މިފެންނަނީ މާލޭގައި ފެންބޮޑުވުން މާލޭގައި ކަންކަން ފުނިޖެހިފައިވާ ކަން މުއިއްޒު އަށް އެނގިހުރެ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ރާއްޖެތެރެއަށް އޭނާގެ އަންހެނުން ބުނެގެން އެގޮތަށް ދަތުުރުކޮށް ފައިސާ ބޭކާރު ގޮތުގައި ޚަރަދުކޮށް މަޖާ ކުރާއިރު މިހިރީއޭ މުލަ ރޯދަ ދުވަހު ރައްޔިތުން އުޅޭ ހާލު މުއިއްޒު އަށް މާލޭގައި ފުނިޖެހިފައިވާ އެއްވެސް ކަމެއް ހައްލު ނުވާނެއޭ އޭނާގެ މޭޔަރު ކަމުގައި ވެސް ނުވިއޭ
ގުދުގުދުލީބެއްޔާގެ ތެދުބަސް
28 February 2025
ކޮބައިތޯ އަޖީއެމްއެޗްދޮށުގާ އެޅުވި އޭގެ ދެވަނައެއްނުވާ ސިސްޓަމް؟ މިހާރު އެ މިހާއަވަހަށް ފޭލިވީތޯ؟
ޥިސްނާ
01 March 2025
އައިޖީއެމްއެޗް ކައިރީގަ ފެންބޮޑެއްނުވޭ
ބަލާށޭ
28 February 2025
މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ނުކުރެވޭނެއޭ އެންމެ މަގެއްގައި އެކަން ކޮށްގެން އެކަން ވާނީ މުޅި މާލެ އަށް ފޯކަސް ކޮށްގެން މާލޭގެ ހުރިހާ މަގުތަކަކީ އެއީ އެކި ސާރކިޓްސްގެ ގޮތުގައި ހޮޅި ލައިން އަޅާ ލިފްޓިންގް ސްޓޭޝަންސް ތައް ބަހައްޓާ ލިފްޓިންގް ސްޓޭޝަން ތަކުން ސީދާ ކަނޑަށް އެ ފެން ބޭރުކޮށްގެންނޭ މިސާލަކަށް މަޖީދީ މަގު އެއީ އެއް ސާރކިޓް އެ ބޭރުކުރަން ޖެހޭނީ ދެކޮޅުންނޭ އެމަގުގައި ހުރި ހުރިހާ މިސްކިތް ތަކުގައި ލިފްޓިންގް ސްޓޭޝަން ބެހެއްޓޭނެއޭ
ފަލަފޫ
28 February 2025
ކޮބާ އީފޫ!؟