ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ).-- ފޮޓޯ: މަޖިލިސް
01 މާޗް 2025 - 11:35
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަކީ އެ ކޯޓުގައި "ތަޅު އެޅުވުން" ކަމަށާއި އެހެންވެ އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
"ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކުރުމަކީ އެ ކޯޓުގައި ތަޅު އެޅުވުމެވެ. ކުއްލި ނުރައްކަލުުގެ ހާލަތު މާދަމާ އިއުލާނުކުރިޔަސް، ރައްޔިތުންގެ ހައްގުތައް ގެއްލޭނެ އެވެ. ގާނޫނުއަސާސީގެ ބާރު ދިޔައީ އެވެ." އިބްރާ ލިޔުއްވާފައިވެ އެވެ.
މިހާރު މި އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާ މި މައްސަލަ ހުށަހަޅުއްވާފައި މި ވަނީ އިންތިހާބުވި އިރު ހުރި ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން ފެށުމާ އެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުންނެވެ.
ސަސްޕެންޑްކޮށްފައި ވަނީ ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
"ސިޔާސީ ކަންކަމަށް ހައްލު ހޯދާނީ ސިޔާސީ ދާއިރާއިންނެވެ. ގާނޫނުއަސާސީ އާއި ޖުޑިޝަރީ އުވާލައިގެންނެއް ނޫނެވެ." އޭނާ ލިޔުއްވާފައިވެ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލަން ފަށާފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު 7 އިން 5 އަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި މިހާރު ވަނީ މަޖިލީހުން އެ ބިލް ފާސް ވެސް ކޮށްފަ އެވެ. ބިލް ތަސްދީގުކުރާތާ ހަތް ދުވަހުގެ ތެރޭގައި، ވަކިކުރަންޖެހޭ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަން ލާޒިމްކޮށްފައިވެ އެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ގާނޫނަށް ގެނައި އިސްލާހު ވެސް ގާނޫނުއަސާސީއާ ހިލާފް ކަމަށް ވިދާޅުވެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ލަފާ ދެއްވާފައި ވާއިރު ބާ ކައުންސިލާއި އެ ފަންނުގެ އެތައް ބަޔަކު ދަނީ އެ އިސްލާހާ މެދު ސުވާލު އުފައްދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
02 March 2025
ބަދަލުގެ ގޮތުގައި މިސަރުކާރުން ވެސް ބިޔަ އަދަދުގެ ފައިސާ ހޯދަން ތައްޔާރުވަނީ ކަމަށް ފެންނަނީ
ދ.ރައްޔިތެއް
02 March 2025
މިރާއްޖޭގައި މިހާރު މިއޮތް ފެހި ޤާނޫނު އަސާސީއަކީ ތިންބާރު ވަކިކޮށް އެއްބާރުން ހިތުހުރި ގޮތަކަށް އަނެއްބާރުގެ މައްޗަށް ނޭރޭގޮތަށް ރައްޔިތުން ހަދާފައިވާ ޤާނޫނު އަސާސީއެކެވެ. މިކަން މިދެންނެވި ޤާނޫނު އަސާސީ ކިޔާލުމުން އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް އެނގެއެވެ. އެންމެ ބުއްދިވެރި ރަނގަޅު ގޮތަކީ މިދެންނެވި ޤާނޫނު އަސާސީއަށް ހުރިހާ ފަރާތަކުންވެސް ރަަނގަޅަށް ޢަމަލު ކުރުން ކަމަށް ދެކެން.
ރުންކުރު
01 March 2025
މި ވަރުގެ ހިތްވަރެއް ކޮށްލަން ކެރޭ މީހުންވެސް އަހަރެމެންގެ ތެރޭގައި މަދުވާނެ. އަހަރެމެން އެންމެންގެ ޙައްޤުތައް ސަލާމަތް ކުރަން ތެދުވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ
ރާވެރިބެ
01 March 2025
އިބްރާ ތިވާހަކަ ދައްކާނެ ކަމެއްނެތް. ގާނޫނު އަސާސީ އިސްލާހު ކުރިއިރު ޑްރާފްޓިން ކޮމިޓީގެ މުގައްރިރަކަށް ހުރެގެން މުޅިން ކުރިކަމަކީ މަޖިލިސްއަށް ބާރު ޖަމާކުރަން މާއްދާތަށް އިތުރުކުރީ. ނަތީޖާ އެބަފެނޭނުން. މިހާރު އެއޮތީ 3 ބާރު އެކެއްގއ އަތްމަތީގަ! ދެން ނޭގޭ ބަދަލުކުރާނެ ކަމެއް.
ހަމަދު ސަލީމް
01 March 2025
އިބުރާ، ތިހެން ނަހައްދަވާ، މާދަން ހައިކޯޓްގެ ފަނޑިޔާރުން ސަސަޕެންޑް ކޮއްފާނެ. ކޯޓްތައް އުވާވެސްލާފާނެ. މިއޮތީވާ ސަރުކާރެއް.
ޥައްޑޭ
01 March 2025
އިބުރާ ހުށަހެޅި އެތި ތަޅު އެމީހުން ކިޔާނެ ކަމެއް ވެސް ނޭގޭ؟ ފެންނަ ފެނުމުގައި ހުޅުވޭ އިރަށް ތަޅު ބޭރު ކުރާނެ ކަމަށް ބެލެވެނީ.
ނަގޫސޭސަރު
01 March 2025
މައުމޫނަށް ކެހިދޭން ޤަނޫނު ޑްރާފްޓް ކުރި "ފަހުމުނާމާ" އެކުލަވާލި. އެންމެ މޮޅު މީހާ މިހާރު މިނުކުތީ. އޭރުކީ މަޖިލީހަށްވުރެ ބާރު ގަދަ ތަނެއް ނޯންނާނޭ. މިހާރު މިހީކުރަނީ ކޯޓުން ހުކުމް ކުރީމާ ދެން ދައްކާނެ ވާހަކައެއް ނޯންނާނޭ. ހުރިހާވެސް ކަމަކީ އެމްޑީޕީގެ ބޯވަގެ ފައި އޮންނަންވާނޭ ދިވެހިދައުލަތުގެ ކޮންމެ ހަރަކުވެސް. ތިޔައީ މިޤައުމުގެ ހަލާކު.
ބޱބޱބޱބ
01 March 2025
ހައިކޯޓުން ތިމައްސަލަ ނުބަލާނެ! ޔަގީން
އިބުރޮ
01 March 2025
އިބުރާމެން ހޮޅި ނިހިއްލައި ތިބޭށެވެ.
ޖަގޭ
01 March 2025
ހަމަ ހަގީގަތައްވެސް އެ އޮތީ ތަޅުއަޅުވާފަ އެކަން ގަބޫލުކުރިޔަސް ނުކުރިޔަސް މިސަރުކާރުން އެކަން އެއޮތީކޮށްފަ ...