އައިޖީއެމް އެޗު ސަރަހައްދުގައި ފެންބޮޑުވެފައިވާ ދުވަހެއްގަައި މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ.
02 މާޗް 2025 - 08:26
މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ހިނގައިބިނގާވެ އުޅުމަށް ދަތިވެފައިވާތީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ.
އެކަމަކު، އައިޖީއެމްއެޗުން ބުނީ، އެ ހަތަރު ހޮސްޕިޓަލްގައި ވެސް އައިޕީޑީގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ތިން ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކުރީ ހޮސްޕިޓަލް ސަރަހައްދުގައި ފެން ބޮޑުވެފައިވާތީ ބަލި މީހުން އެ ތަންތަނަށް ދިއުމުގައި ތަކުލީފަކަށް ވާނެތީ ކަމަށެވެ.
އައިޖީއެމްއެޗާއި ދަރުވަމަންތަ ހޮސްޕިޓަލް ހުންނަނީ މާލޭގައި އެންމެ ފެންބޮޑުވާ ސަރަހައްދުގައި ކަމަށް ވާއިރު، އިއްޔެ އާއި ރޭ ކުރި ވިއްސާރައިގައި ވެސް އެ ސަރަހައްދުގެ މަގުތައް އޮތީ ފެނުއަޑީގަ އެވެ. ހާއްސަކޮށް އައިޖީއެމްއެޗު ހުންނަ މަގުގެ ހާލަތު ވަކިން ގޯހެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، އެކި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ރަޝީދު މޫސާ
02 March 2025
މި މައްސަލައަށް އަވަސް ހައްލެއް ލިބިގެން ދިއުމަކީ އުފާވެރި ކަމެކެވެ. މީ ފާއިތުވެ ދިޔަ ވެރިކަންތަކުގައި ކުރަން ނުކުޅެދިފައިވާ ކަމެކެވެ.
މިއީ މީގެ ކުރިން ދުވަހަކުވެސް ވީކަމެއް ނޫން!
02 March 2025
މީގެކުރިން ވެސް މާލޭގައި ފެންބޮޑުވެފައި އެބަހުއްޓެވެ. އެކަމަކު ވެސް މާލޭގެ މައި 4 ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ އެއްފަހަރާ ބަންދެއް ނުކުރެއެވެ.
ބކރ ތނއ
03 March 2025
އަދިވެސް މުސާރަބޮޑުކޮއްދޭށޯ!! މިވެރިން އައް ނުވޭ މިޤައުމުގެ ސިފައިންއާއި ފުލުހުންނައް ވާވަރުވެސް! ހުރިހާ ތަނެއް އެއްފަހަރާ ބަންދު، ވަކާލާތުކުރާ އިންސާނިއްޔަތުކަމާ އޯޤާތެރި ކަން އިންތިހާއޭ. ރަނގަޅޭ! އައި.ޖީ.އެމް.އެޗް ޓިރިއޭޖުގަވެސް މިވެރިންގެ ކަރަމާތެއް އުނި ކަމެއް އައިސްދާނެތީ އިންޒާރުގެ ބޮޑު ނޯޓިސް އިންނާނެ، އޯކޭވާނި ބަލިމީހާ ކަލް ދޯ ބަޖޭ އާއޯ! ކކކކ.
ފެހިސިގްނަލް
02 March 2025
އެެއްވެސް މީހަކު މިއަދު ބަލިވެއްޖިއްޔާ ޓެކްސީއެއްގަ ރަސްމީ ބޮޑުފާލަން ބަލާލަންދޭ. އޭރުން ހިތްހަމަޖެހޭނެ. ހިތްހަމަޖެހުނީމަ ބަލި ރަގަޅުވާނެ. ހާދަ ނަލަ ފާލަމެކޭ އެއީ.
ސުއާދު ސައީދު
02 March 2025
ސްޕްޝިލިސްޓް އޯޕީޑީ ވިއްޔާ ނެތްތާ މައްސަލައެއް. އެމެޖެންސީ ހިދުމަތް ލިބޭ.
ރާވެރިބެ
02 March 2025
ލިބޭ މެސެޖަކީ ރައްޔިތުން މިއަދު ބަލި ނުވައްޗޭ! ބަލި ވެއްޖިއްޔާ ގޭގަ ސައިތަށްޓެއް ބޯލައިގެން އޮންނާށޭ! މިއަދު ބަލިވިޔަސް ދައްކާނެ ޑްކްޓަރެއް ނެތޭ! އޯކޭ؟ ބީ ހެޕީ.
ހަބީބު.
02 March 2025
އަދިވެސް ރަސްމީފާލަން ހަދަން 33 މިލިޔަން ހަރަދުކުރޭ އަދި ކުލަބޮތްކާ އެއްޗެހި އެތެރެކޮއް ބޭރުގަ ސަފީރުންތަކައް ދައުލަތުން ބޮޑެތި ހަރަދުކުރޭ ރާއްޖޭގަ ހަމަނެތީބާ ރަނގަޅު އިންޖިނޭރެއް ހަމަގައިމުވެސް އެނގޭހާވެސް އެއްޗަކީ ފެނަކީ އަޑިދިމާލައް ދަތުރު ކުރާ އެއްޗެއްކަން ވީމާ މާލެ މެދުތެރެއިން ފެށިގެން ބޭރު މަގާ ހަމަޔައް ވެލިއަޅާ ފެންފަހި ކޮއްފަ އަލުން ގާއަޅަންވީނޫންތޯ އެއީ ނޫންތޯ ދާއިމީ ހައްލަކީ
ހަސަންބޭ..
02 March 2025
އޮޅިގެން ނަމަވެސް މަގު ހެދިފަ ތީއޮތީ މުހިންމު ސަރަޙައްދުތަކެއްް ފެނު އަޑިއަށް ދާގޮތަށް. އެކަމަކުވެސް ހަމަ ހައްލެއް ނެތްތާދޯ.
ކައޕަތި
02 March 2025
އަދިވެސް މަސްދަޅު ކޭސް ބަހާ، ކުލަ ބޮކި ލާން 28 މިލިއަން ހަރަދުކޮށްލާ. މާލޭގެ އަސާސީ ކަންކަން ހުރީ ބޮއްސުންލާފަ. ޥެރިންގެ ނެތް އުޅުމެއް އަހްލާގެއް.
އޮނަރަބްލް އަފީފު ދީދީ
02 March 2025
މާލޭގެ މައި 4 ހޮސްޕިޓަލެއްނޫން ރާއްޖޭގެ މައި 4 ހޮސްޕިޓަލް. މިފަދަ ކަންތައް މިހެންވެދާނެތީ ދިވެހި ރާއްޖެއަކީ ހަމަ އެކަނި ކ.އަތޮޅު މާލެ ކަމަށް ބަލައިގެން ރާއްޖޭގެ ހުރިހާ މުައްސަނދި ކަމާއި ވަސީލަތް ކ.އަތޮޅު މާލެ އަށް ޖަމާކޮށްގެން ނުތިބެ، އަދި ކުރިއަށް އޮތްތަނުގައިވެސް ގެންގުޅުމަށް ތިޔަ ވިސްނަވާ "އެއްރަށް ދައުލަތް ސިޔާސަތު ބަދަލު ކުރުމަށް ފަހު" ޙަޤީގީ މާނައިގަ ރާއްޖެ ޑީސަންޓްރެލައިޒް ކޮށް އިދާރީ ޤާނޫނީ 3 ރީޖަނެއްގެ މައްޗަށް ހިންގުން ބަދަލު ކުރާންވީ.
އޮނަރަބްލް އަފީފު ދީދީ
02 March 2025
ފަސް އަހަރު ފަހުން މިފަދަ ޙާދިސާއެއް ކ.އަތޮޅު މާލެސަރަޙައްދުގައި ހިގައިފިނަމަ، ރާއްޖޭގެ (ރާއްޖެއަކީ ކ.އަތޮޅުމާލެ) މައި 6 ހޮސްޕިޓަލުގެ އޯޕީޓީ ވެސް ބަންދު ވެއްޖެކަމަށް ނޫސްތަކުގެ ސުރުޙީގައި އަޅާންޖެހޭނެ. އެހެންވާންވީ އިންޑިޔާސަރުކާރުން ލ.އަތޮޅުގައި އަޅަމުންދިޔަ ކެންސަރު ހޮސްޕިޓަލް (މާލޭމީހުނަށް ލ.އަތޮޅަށްދިއުން ދަތިކަމަކަށް ވާނެކަމަށް ބުނެ) ކ.މާލެއަށް އަދި ހަމަ ޗައިނާއިން ތިލަދުންމަތީގައި އަޅާން އުޅުނު ހޮސްޕިޓަލް ކ.ވިލިގިއްޔަށް ބަދަލު ކޮށްފައިވާތީ.