މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުން.
12 މާޗް 2025 - 11:20
މަސްތުވާތަކެތި ވިއްކައިގެން ލިބުނު ކަމަށް ބެލެވޭ ދެލައްކަ އަށް ވުރެ ގިނަ ރުފިޔާއާ އެކު، ވިލިމާލެ އިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ތ. ގާދިއްފުށީ، ކެނެރީގޭ އިބްރާހިމް އިމާދު، 30، އާއި މ. ވިންޑްސްޓާ 1. މުހައްމަދު ސިމްރާހު، 43 އަދި ގދ. ރަތަފަންދޫ، ޒަމާނީއާގޭ ސަލާހު ޝިހާބު، 45 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނުނެވެ. އެ ތަކެތީގެ ބަރުދަނުގައި 57.78 ގްރާމު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށް ވުރެ ގިނަ ރުފިޔާ ވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސިމްރާހާއި ސަލާހުގެ ބަންދަށް 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އިމާދު ވަނީ ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި އެހެންކަމުން، އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައިވާ ކަމަށް ވެސް ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
12 March 2025
އެކަކު ދޫކޮށްލީ ކީއްވެ؟
ހޭޓަރސް
12 March 2025
އޭ ކޮބާ މިފަހަކުން ރިޕޯޓްކުރާ ޑްރަގާއި ވައްކަމާއި މާރާމާރީގެ އެއްވެސް ކަމެއްގައި އައްޑުއަށް ނިސްބަތްވާ މީހުން ނެތްކަން އެއްކަލަ އައްޑުއާއި ހިތާވެފަ ތިބޭ ބައިގަނޑަށް ނޭނގެނީ ތޯއްޗެއް؟
ކާއްޓޭ
12 March 2025
އައްޑޫގޮލައެއް ނެތަސް ސުވައިދީބު ގޮލައެއް އެބައިނެއްނު.
ރަދީފްއޮފިޝަލް / އައްޑޫ މީހަށް
12 March 2025
އައްޑޫ މީހުންނާއި އެހެން ނިކޮޅޭހެއް.ބަލަ އަފިރިންނަކީ ޕައުންޑުގެ އަހުލުވެރިއެ.ބްރޯ ކެހެނަކަށް.