ބާސާ އަށް ދެ ލަނޑު ޖަހައި ދިން ފެރާން ޓޯރޭޒް
17 މާޗް 2025 - 09:49
އެތުލެޓިކޯ މެޑްރިޑުން ނެގި ދެ ލަނޑު ލީޑަށް ނިމުން ގެނެސް 4-2 މޮޅުވެ ބާސެލޯނާއި ތާވަލުގެ އެއްވަނަ މަގާމު އަލުން ހޯދައިފި އެވެ.
މެޗު ނިމެންދެން އެއްވަނައިގައި އޮތީ ރެއާލް އެވެ. އެކަމަކު ވާދަވެރި އެތުލެޓިކޯއާ ދެކޮޅަށ ބާސާގެ ފެރާން ޓޯރޭޒް އާއި ލަމީން ޔަމާލް ދެއްކި މޮޅު ކުޅުމާ އެކު ބާސާއިން ނަތީޖާ އަނބުރާލި އެވެ.
ބާސާ އާއި ރެއާލް ވެސް ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. ދެ ޓީމަށް ވެސް 60 ޕޮއިންޓެވެ. ބާސާ އަށް ކުރި ލިބެނީ ދެ ޓީމުގެ ހެޑް ހެޑް ނަތީޖާއިން ކުރި ހޯދާފައިވުމުންނެވެ. ބާސާ މެޗު ކުޅެފައި ވަނީ ރެއާލް އަށް ވުރެ މަދުންނެވެ.
ލެވަންޑޯސްކީ އާއި ޔަމާލް އުފާފާޅު ކުރަނީ
އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކޯއިން ފުރަތަމަ ހާފުގައި ހޫލިއަން އަލްވަރޭޒް ޖެހި ގޯލުން ލީޑް ނެގި އެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި އެލެގްޒެންޑާ ސޯލޮތު އެތުލެޓިކޯ އަށް ދެ ލަނޑުގެ ލީޑެއް ނަގައި ދެވުނެވެ.
ބާސާއިން ފެށީ އޭގެ ފަހުން ންނެވެ. އެތުލެޓިކޯގެ ދެވަނަ ލަނޑަށް ދެ މިނެޓް ނުވަނީސް ރޮބަޓް ލެވަންޑޯސްކީ ބާސާގެ ފުރަތަމަ ލަނޑު ޖެހި އެވެ.
އޭގެ ފަސް މިނެޓް ފަހުން ފެރާން ޓޯރޭޒް ލަނޑުޖަހައި އެތުލެޓިކޯގެ ލީޑަށް ނިމުން ގެނެ އެވެ. ބާސާ އަށް މެޗުގައި ފުރަތަމަ ލީޑް ނަގައި އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޖެހީ ލަމީން ޔާމާލެވެ. ޓޯރޭޒްގެ ދެވަނަ ލަނޑު އޭނާ ޖެހީ އިތުރު ވަގުތުގެ އެއްވަނަ މިނެޓްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
17 March 2025
ރެއާލްމެޑްރިޑް ކޮޅަށް އެއްގޯލް ޖަހައިގެން ލީޑްގަ 120މިނެޓް ހިފަހައްޓާލިޔަސް ބާސެލޯނާކައިރީ އެހެން ބޭނުންހާ ކަމެއް ނުކުރެވޭނެކަން އެޔޮތީ ސާފުކޮށް ދައްކާލާފަ. ބާސެލޯނާއިން 4 ގޯލްޖެހުމަކީ މަމެން ކުޑަކޮށްވެސް ހައިރާންވާ ކަމެއްނޫން. މި ސީޒަންގަ ރެއާލްމެޑްރިޑް ކޮޅަށްވެސް ވަނީ 2 މެޗުން 9 ގޯލް ޖަހާފަ.
ސުހާނާ
17 March 2025
ބާސާގެ 3 ވަނަ ލަނޑު ޔަމާލް ޖެހީ އިތުރު ވަގުތުގެ ދެވަނަ (2 ވަނަ) މިނެޓުގަޔޯ. އެކަމަކު ބާސާގެ 4 ވަނަ ލަނޑު (ޓޯރޭޒްގެ 2 ވަނަ ލަނޑު) ޖެހީ އިތުރު ވަގުތުގެ އެއްވަނަ (1 ވަނަ) މިނެޓުގަޔޯ. 2 ވަނަ މިނެޓަށްވުރެ 1 ވަނަ މިނެޓުތަ ފަހުން އަންނަނީ؟ ސާބަސް މި އެއްޗެހި ލިޔާ ކުދިންނަށް.
ލެއްގިކޮމިޝަނަރ
17 March 2025
އެޓްލެޓިކޯއިން 2ލަނޑުގެ ލީޑެއްނެގުމާއެކީ ބާސާ ބަލިވާނެކަމަށް ނިއްމައިގެން ރެއާލްގެ ސަޕޯޓަރުންތައް އުފާފާޅުކޮށް ބާސާގެ ސަޕޯޓަރުންނަށް މަލާމާތްކުރަންފެށި. ލެއްގިކޮމިޝަނަރބުނިން އެޓްލެޓިކޯ ރެއާލްކޮޅަށް ލަނޑުޖަހާފަ 120 މިނެޓް ހިފަހައްޓާލިޔަސް ބާސެލޯނާ ކައިރީ އެހެންފާޑުފާޑެއް ނުދެއްކޭނެއޭ. އާހިރުގަ ކަންވެނިމުނުއިރު ރެާލްކޮޅަށްވެސް ލީގުގަ ލަނޑުޖެހި އަދަދަށް އެޓްލެޓިކޯވެސް ބަލިކޮށްފަ މެޗްނިންމާލީ. އެހެންވެ މިބުނަނީ ބާސާއަކާ ނުކުޅެވޭނެ.
ށކސިިސ
17 March 2025
މަބުނީ ކޮމެންޓޭމެންނަށް ހެޑިން އޯކޭތަ؟؟
ރަދީފްއޮފިޝަލް
17 March 2025
6 ބޭސް. ދުނިޔޭގެ އެންމެ ގަދަފަދަ 1 ކްލަބް ބާސާ.އެހެންނޫން ތޯ.!
ރަފައިދާ
18 March 2025
މެޗުތަކުގެ ނަތީޖާ ބަދަލުކުރުމަށް ރެފްރީންނަށް ފައިސާ ދިން ކަމަށް ސާބިތުވެ ފިޔަވަޅު އަޅާފައިވާ ހަމައެކަނި ޓީމު އެހެންނޫންތޯ