ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައި --- ފޮޓޯ/މިހާރު
19 މާޗް 2025 - 13:28
ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރިން ޝަކުވާ ހުށަހަޅަން ހުޅުވާލީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާތީ އެ މުއްދަތު އިތުރުކުރީ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
މިނިސްޓްރީން ބުނީ ކުރީގެ ސަރުކާރުގައި އާންމުކުރި ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި އޭރު ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލަށް ހުށަހަޅާފައިވާ ކަމަށެވެ.
ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި ހުރި މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ، އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެފަދަ ފަރާތްތަކުން ޕޯޓަލްގެ ތެރެއިން ތަފްސީލާއެކު ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެެވެ.
މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ. އަދިި ފްލެޓަށް އެދުނު މީހުން ޝަރުތު ހަމަނުވާ ސަބަބުތައް ވެސް މި ލިސްޓުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރޭ
19 March 2025
ބިރިގަނެ ކަންބޮޑުވަނީ ދުވަސް އިތުރުކުރިނަމަވެސް ޝަކުވާތަކަށް ނުބަލައި ހަދާނެ އެއްޗެއް ހަދާފާނެތީ. މި ވޯހާތަނަށް ހުރިހާ ސަރުކާރަކުންވެސް ކަންތައް ކުރަމުންދިޔައީ އެގޮތަށް. ތަފާތެއް ފެނިދާނެބާ? އުއްމީދު ކުރަން އެކަމަށް
ސައިންޓް
19 March 2025
ހާދަ ދެރަކަމެކޭ, ދެއަގައިން ވާހަކް ދައްކާ ބަޔެއް, މިމީހުންނަ އިތުބާރު ކުރުމަކީ މޮޔަކަމެއް. ކުރީން ނޭގޭތަ, މިހެންވާކަން.
ޓޮތޮލިބު
19 March 2025
މުއްދަތު އިތުރުކޮށްލަކޮއްލަ 5 އަހަރު ނިމޭނީ ތި ފުލެޓަށް މީހަކަށްނުވަދެވޭނެ. ލިސްޓ ދިގު ކަމުން.
ބުއްދު
19 March 2025
ހައިރާނާ، ޝަކުވާއާއެކު ޑޮކިއުމެންޓް ލެވޭނެގޮތަވެސް އެބަޖެހޭނުން ހަދަން!
އަފްރާސިޔާބު
19 March 2025
އެއްމަސް ދުވަހުގެ ތެރޭގައި ޙަވާލު ކުރަނީ. ފާއިތުވީ 2 މަސްދުވަސް ޝަކުވާ ހުށަހެޅުމަށް. ފާއިތުވީ. 3 މަސްދުވަސް އެ ސިޓީތައް ވިލުއޭޓް ކުރުމަށް. 4 މަސްދުވަސް ސިޓީބިޓީ ލިއުމަށް. އަހަރު ނިމުނީ އަންނަ އަހަރު ޙަވާލުކުރަނީ.
ގުއިއްޒު
19 March 2025
ސަރުކާރު އަބަދުވެސް ބަންދުކޮށްފަ ބާއްވަބަލަ.
ކޮލަމާހުއްޓާ
19 March 2025
ވެރިކަމަށްއައިތާ 2 އަހަރުވާން ކައިރިވަނީ. އަދިވެސް ކުރީސަރުކާރުން ދީފަ އިން ފްލެޓްލިސްޓަކުން ސަލާމަތް ނުވެވިގެން މިމީހުން މިއުޅެނީ. ލަދުން ބޯހަލާކު.
ޏޏޏޏޏ
27 March 2025
ބަލަ ކުޜީ ސަރުކާރުން ހަޑި ނުހާވާ ކޮރަޕްޓް ނުވެ ލިސްޓު ހަދާ ވައުދާ އެއްގޮތަށް ފުލެޓް ހަވާލުކުރިނަމަ، ޑަބަލް މަސައްކަތް ކުރާކަށް ނުޖެހޭނެދޯ.
ރަސްމާލޭ މުދިން
19 March 2025
ތިޔަގޮތަށް އެކިއެކިކަންކަން ދިގުދަންމަމުން ދިގުދަންމަމުންގޮސް މި5އަހަރު ނިމޭނީ ފުލެޓްކަންތައް އިބިލީހުގެ ކާވެންޏަށްވެގެން.