އެޗްއާރުސީއެމްގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި.
26 މާޗް 2025 - 00:42
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިޒަމް މީހުންނާ ގުޅޭގޮތުން ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށް، މީޑިއާތަކުން މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދޭއިރު އެއްވެސް މީހެއްގެ އިންސާނީ ހައްގާއި ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް އަމަލު ކުރަން އިލްތިމާސްކޮށްފި އެވެ.
"ކާލާބައިސާ" ގެ ނަމުގައި ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އެކަން ބަލަމުންދާ ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކޮންޓެންޓުތަކާ މެދު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
އޯޓިޒަމް މީހުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އެ ޕްރޮގްރާމުގައި ވާހަކަ ދެއްކި މައްސަލާގައި އެޗްއާރުސީއެމުން "އެކްސް" ގައި ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑައިމީސްކޮށް އަދި އެއީ ދަށް ބައެއްގެ ގޮތަށް، މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަ ދައްކާފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.
އެޗްއާރުސީއެމުން ފާހަގަކުރި ގޮތުގައި، މުޖުތަމައުގެ އެހެން މީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އިންސާނީ ހައްގުތައް އެއްހަމައެއްގައި ލިބިދީފައިވެ އެވެ.
"ކޮންމެ މީހަކަށް ވެސް އަބުރުވެރިކަމާއި ކަރާމާތްތެރިކަމާ އެކު، ދިރިއުޅުމުގެ ހައްގު ލިބިދީފައިވެ އެވެ. އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ގެނެސް ދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސް ކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
"އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ގޮވާލަމެވެ،"
އެ ޕްރޮގްރާމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެ ޓީވީން ވެސް ރޭ ވަނީ މާފަށް އެދިފަ އެވެ.
ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ރައްދުވާ ގޮތަށް އަދި އެ ކުދިންގެ ހައްގަށް އަރައިގަނެވޭ ގޮތަށް މޮސްޓާ ވާހަކަ ދައްކަވައި، ޕާޕާ އަށް މޮސްޓާ ހިތްވަރު ދެއްވި މައްސަލާގައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަހުއްތު
26 March 2025
މަހަކު އެއްފަހަރު ބަޔާނެއް ނެރެލައިގެން މުސާރަ ހަލާލު ކުރާ ބައިގަނޑު ހޭލީ.
ކަށަވަރޭ
26 March 2025
ދެވަނަ ދައުރެއް ޔަގީން ކޮށްލަނީ
އަޖައިބުހީވޭ
26 March 2025
އަހަރެން ހިތަށްއަރަނީ ސިޔާސީ ކީމާ ކޮންފޮތަކުން ބާވައޭ މީހުންނަށް ފުރައްސާރަ ކުރުމާ، ތޯތޯ ވާހަކަތައް ފަތުރާ، ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކޮށް، މީހުންގެ އަބުރާއި އިއްޒަތް ކަތިލަން ދީނުގައި ހުއްދަ ކުރައްވާފައި އޮތީ! ރާއްޖޭގަ މިހުރި ގިނަ ޓީވީ ޗެނަލްތަކުގައިވެސް އެއްވެސް އިލްމީ، ފަންނީ އުފެއްދުންތެރިކަމެއް ނެތި ކުރާހާވެސް ކަމަކީ ގޮނޑިއެއްގައި ބަޔަކު ބައިތިއްބައިގެން އަނގަތެޅުވުން. އެވެސް އަދި ސިޔާސީ ހަސަދަ. މިއޮތީވާ ގައުުމެއް!
ގުލްމާ
26 March 2025
ތިވާގޮތް ކިޔާދީ ފާނަމެވެ.ބޭފޫޅާ ތާއީދު ކުރާ ވެރިކަމެއް އައީމާ ދެން ކޮންމެ އެއްޗެއްބުންޏަސް ވަނީ ފުރައްސާރައަށެވެ.، މިހާރުވެސް އެހެން ވެރިކަމެއް އަންނައިރަށް ތިބާ ގެ އަނގަ ފަޅާ ހަމަ އެދަރަޖަ އަށް ދެއެވެ. މީ ކަންހިގާ ގޮތެވެ. ތިބާ ވެސް އިސްލާހް ވާންޖހެއެވެ،
ޙަޑަ
26 March 2025
މިއީ ކީއްކުރާ ތަންތަނެއް. ޚަރަދު ކުޑަކުރަން އެންޓިކޮރަޕްޝަަން، ހިއުމަން ރައިޓްސް، އިންޓަރގްރިޓީ ، މިހެންގޮސް ކިޔާނެ ކަމެއްނެތް ނަންހުސްކޮށް އުވާލާ. ބޭނުން ހިފޭތަންތަނެއް ނޫން
ބީޔޫޖީބީ
26 March 2025
އަސްތާ ހަބީބޫ... އެބަ އުޅެން އޮތަ؟
އަފްރާސިޔާބު
26 March 2025
ހަބީބޫ އަކީވެސް އެއިރަކު އޮންނަ ވެރިކަމެއްގެ ހުންނަ ގޯސް އެއްވެސްކަމެއް ފެންނަ މީހެއްނޫން. މައުމޫނުގެ ވެރިކަމުގައި އެވަރެއް ނެތް. ދެން ނަޝިދުގެ ވެރިކަން. ހަމަ އެފަދަ. ދެން ވަހީދުގެ ވެރިކަން. އެކަމުގައިވެސް ގޯސްކަމެއް ނުފެނުނު. ދެން ޔާމީނުގެ ވެރިކަން. އެވަރުގެ ހެޔޮ ވެރިކަމެއްނުފެނުނު. ދެން އިބޫގެ ވެރިކަން. އޭގެ މާތްކަމުގެ ވާހަކަ ހެވީ ނުދެއްކިއްޔާ. ދެން މިވެރިކަން. ދީލަތިކަމާއި އިންސާނިއްޔަތުކަމުގެ ނިޔާހަޔަތު. ކޮންމެ މުޖުތަމަޢެއްގާވެސް އުޅޭނެމިބައި
ބަޔާން ކޮމުޝަން
26 March 2025
ހަބީބު އެކަންޔެއް ނޫން ކަލޯ. މުނާ މޫމިނާ ސިފާއަތު ސަމާ 5 މީހުން ބަޔާން ނެރުނީ
ލޫނާ
26 March 2025
އެޗްއާރުސީއެމް ތިކިޔާދިނީ ޖޯކެއްތަ ނުބެހޭށޭ ކިޔާފައި. އެވާހަކަ އެދެއްކީ ބުއްދި ސަލާމަތުން ތިބި މީހުން، ބެހުނީ ކަމާ ނުވެސް ގުޅޭ، ބެހެންވެސް ހުއްދަ ނެތް ބަޔަކާ، ބުއްދި ފިލާ ދިޔައީތޯ މާފަސޭހަ ޖުމްލައަކުން ތި ރެކޭގޮތަށް ކުށްވެރި ކޮށްލީ!
ޭައަލްޓިކޯ
26 March 2025
މިހާރު ނޫހުން 3 ފަހަރު މި ޚަބަރުކީފަހުން އަދި ކިރިޔާ އެރޭކާލީ ތާހިރެއްނު ހުރިހާމީޑިއާ ތަކަށް އިލްތިމާސް ކުރަމޭ. ކާކު ކޮންކަމެއް ކޮށްގެންތޯ އެފަރާތަކާ ސުވާލު ކޮށް ކަންވީގޮތުގެ ތަފްސީލެއްވެސް ނޮހޯދާ. ބޮޑު މުސާރަ ހޯދަން ބޮޑު އޮފީސް މިސަރުކާރުން ހޯދަން އުޅޭ އެއްބައެއްމިވެސް.ނަމުގަ އިންސާނީ ކަރާމާތް ރައްކާކުރާ ކޮމިޝަން.