ތައުލީމީ އާއަހަރުގެ ފުރަތަމަ ދުވަހު ސުކޫލަށް ހާޒިރުވި އަމީނިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް އެސުކޫލުގެ ސިޑިން ފައިބަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
10 އެޕްރީލް 2025 - 14:07
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެންދާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ މިއަދުގެ ޝޯ ގައި ރައީސް ވިދާޅުވީ، ސްކޫލުތައް އޭސީކޮށްދިނުމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ކުރި ދަތުރުފުޅުތަކުގައި ގިނަ ބަޔަކު އެދުނު ކަމަށެވެ. ރަށްރަށް ވަރަށް ހޫނު ކަމަށާއި އޭގެ ސަބަބުން ކިޔަވަން އުނދަގޫވާނެތީ، ސިޔާސަތެއްގައި ހިމަނައި ކްލާސްރޫމުތައް އޭސީކުރަން މި ސަރުކާރުން ނިންމީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި ކްލާސްރޫމުތަކުގައި އޭސީތައް ހަރުކުރަން ފަންޑިން ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެމްވެ، މިހާރު އޮތީ ހަމައެކަނި އޭސީތައް ގަތުމުގެ މަސައްކަތްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ 217 ސްކޫލެއްގައި 3،604 ކްލާސްރޫމް އެބަހުއްޓެވެ.
ޕޮޑްކާސްޓުގެ މިއަދުގެ ޝޯ ގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މި ކްލާސްރޫމުތައް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަމާޒުކުރަނީ ސެޕްޓެމްބަރު މަސް ތެރެއަށް ދާންވާއިރަށް ކޮށްދެވޭތޯ. ހަމަ ގައިމު ވެސް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކުރެވިގެން ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު 800 އޭސީ ކްލާސްރޫމްތަކުގައި ހަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އިތުރަށް 9،000 އޭސީ ބޭނުންވާނެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ކްލާސްރޫމުތަކުގެ އިތުރުން ސްކޫލުގެ ހޯލުތައް ވެސް އޭސީކުރާށެވެ.
ރައީސް ވިދާޅުވީ ސްކޫލު ހޯލުތައް ބޭނުންކުރަނީ ހަމައެކަނި ސްކޫލު ބޭނުމުގައި އެކަނި ނޫން ކަމަށެވެ. އެ ތަންތަނުގައި ރަށު ފެންފަރުގެ ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަ އެވެ. ސްކޫލްތަކުގެ ހޯލުތައް އޭސީކުރަން ނިންމިއަސް ރައީސް ވިދާޅުވިގޮތުގައި މި އަހަރު އެކަން ހާސިލެއް ނުވާނެ އެވެ.
އެކަމަކު، އޭސީކޮށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓު ބޭނުންކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޭސްޓް ނުކުރައްވާ!
11 April 2025
ރާއްޖޭގެ ހުރިހާ ރަށެއްގެ ކްލާސްރޫމްތައް އޭސީކުރަންޖެހޭބާ؟ ގިނަ ރަށްރަށަކީ ގަސްގިނަ ހުސް ޖާގަ ބޮޑު ރަށްރަށް! މިކަހަލަ ރަށްރަށުގައި ދުވާލު މެންދުރުގަޑީގައި ވެސް ރަނގަޅު ވެންޓިލޭޝަން ހުރެއްޖެ ނަމަ އެވްރެޖް 27 ޑިގްރީ ސެލްސިއަސް ހުންނާނީ! މިހާރުވެސް މާ އިފެކްޓިވް ވާނެ ބްރީދަބަލް ނުވަތަ އުއި ހުދުފޮތި ޔުނިފޯމް ކުދިން ލައްވާފައި، ފްލޯ ލެވަލްގައި ވެންޓްތަކެއް ކަޑާފައި ފަންކާ ޖެހުން! އޭރުން އޭސީކޮށް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ރޯގާ ޖެހިފައި ތިބޭ ކުދިންގެ ސަބަބުން އެހެންކުދިން ރޯގާޖެހުން ވެސް ދުރުވާނެ! އަސްލުގައި އޭސީކުރަން ބޭނުންވާނީ މާލޭގެ ބައެއް ސްކޫލް، އޭދަފުށި، ތ.ގުރައިދޫ، ކުޑަހުވަދޫ، ދ.މީދޫ، ގދ.ތިނަދޫ، ހިންނަވަރު އަދި ނައިފަރު ކަހަލަ މަދު ރަށްރަށް!
މަރޭ މިތުރާ
11 April 2025
ސަރުކާރުންތަ ކްލާސްރޫމްތައް އޭސީ ކުރަނީ، އެކަމަކު ބެލެނިވެރިން އަތުން ތިކަމައް ފަންޑުހޯދަނީ. އިތުބާރުނެއް ވެރިކަމެއްވީމަ ބޭރު ބަޔަކު ލޯނެއްވެސް ދޭން ބޭނުންނުވާތީކަންނޭނގެ މިހާރު ބެލެނިވެރިން އަތުން ފަންޑު ހޯދައިގެން ގިނަ ކްލާސްރޫމްތައް އޭސީކޮއްފަ ހުރީ.
raajje
11 April 2025
ކޮންފަދަމޮޔަސަކަރާތެއްބާ ޑރ.މުއީޒުމިޖައްސަވަނީ؟ ތިޔައީ ދިގުދެމިގެންދާބޮޑުއިސްރާފަކަށްނޫނީނުވާނެ! އޭސީކުރުމަށް ފުރަތަމަ ކުލާސްރޫމުތަކުގެ ފާރުތައްރާނަންޖެހޭ، ކޮބާ މެއިންޓަނެސްއާއި ކަރަންޓުބިލު؟ ހޯލްތައް އޭސީކުރުން އޯކޭ، ނަމަވެސް ހުރިހާކުލާސްރޫމެއް އޭސީކުރުމަކީ އެއްގޮތަކަށްވެސް ބޭނުންކަމެއްނޫން، އެކަށީގެންވާވަރަށްވުރެން ބޮޑު ނިމުމެއްނެތް އިސްރާފަކަށްތިކަންވާނީ، ހޫނުގަދަނަމަ ވެންޓިލޭޝަން ރަނގަޅުކޮށް ކުލާސްރޫމްތައް އެކަށީގެންވާވަރަށް ފިނިކުރެވޭނެ
ހާސަރާ
11 April 2025
އޯކޭ ސެޕްޓެމްބަރުން ޑިސެންބަރަށް ބަދަލުކޮއްލީ. ދެން ބަދަލު ނުކުރާތި
ރަންނަ
11 April 2025
އަނގައެއް އޮތިއްޔާ ކާޅެއްނުކާނެ
raajje
11 April 2025
ރަންނަ: މީއަދި އަޑުނާހާ ޖުމުލައެއް، ކޮބައިތޯމާނައަކީ؟
ޓީޗަރެއް
11 April 2025
އަތޮޅުތެރޭ ރަށް ރަށުގައި ހަދަން ފަށާފަހުރި ކުލާސްތައް ނިންމޭނެ ގޮތެއް ވާނެބާ؟
ކިހާދެރަކަމެއް، ދެން މިކިޔަނީ ދަރަނިވަނީއޭ!
10 April 2025
ނެތްފެންވަރު ކުދިންނަށް ދަސްނުކޮށްދީ، މަދު އެއްޗަކުން ފުއްދައިގެން ކުރިއަށް ދާބަޔަކަށް ހަދާދީބަލަ؟
ޖިހާދު ކަރީމް
10 April 2025
ދަރިވަރުންނަށް ރަނގަޅު މާހައުލެއްގައި މީގެ ސަބަބުން ކިޔެވޭނެ. ނަތީޖާ ރަނގަޅުވާނެ މީގެ ސަބަބުން. ކިޔަވާ ހިތުން ކިޔަވާނެ. ކޮންސެންޓްރޭޓް ކުރެވޭނެ
raajje
11 April 2025
ޖިހާދު ކަރީމް: އޭސީނުކުރިޔަސް ކުލާސްރޫމްތަކެއް ކަމުނުދާވަރަކަށް ހޫނެއްނުވާނެ، ސަބަބަކީ އެއީވަށައިގެން އޯޕަންކޮށްހުންނަތަންތަން، ހޫނުވާނަމަ ވެންޓިލޭޝަން ރަނގަޅުކޮށްގެން އެމައްސަލަ ފަސޭހައިން ހައްލުކުރެވޭނެ، މިސާލަކަށް ވައިދައުރުކުރަން އެގްޒޯސްޓެއްލުން ފަދަކަމަކުން، ކުލާސްރޫމްތައްއޭސީކުރުމަކީ ނަތީޖާނުނެރެވޭނެ ބޮޑުއިސްރާފެއް، މެއިންޓަނެންސްއާއި ކަރަންޓުބިލަށްވިސްނާއިރު އަމުދުން މީކީވޯތުކަމެއްނޫން، ކުރަންހެޔޮވާވަރުކަމެއްނޫން
އާދިމް ރިޒާ
10 April 2025
އަޅުގަނޑުގެ ދަރިފުޅު އުޅޭ ސްކޫލްގެ އޭސީ މަސައްކަތް މިހާރު އެބަކުރޭ. ކުރިން ޖެހުނު 250ރ ދޭން. މިފަހަރު ނުބުނޭ
އެމްޑީޕީ މީހުން
10 April 2025
ކޮންމެހެން ދޮގު ހަދަ ހަދަ އިގެން ރައީސް މުޢިއްޒު ފަލީހަތް ކުރަން އުޅޭނެ ކަމެއް ނެތް ރަނގަޅަށް ކަމެއް ކޮއްދީފިޔާމު ބުނާނެ ތިމަނަމެންގެ ޓެކްސް ލާރި އޭ އެއީ އެހެންވީމާ އެކަން ކުރަނީ މުޢިއްޒު އެއް ނޫނޭ މަންމަ މާރިޔާ އޭ އެކަންކުރަނީ ބައްޕަ އިބުރާހީމޭ މާމަ ޖީހާނޭ ކާފަ ފައްޔާޒޭ އެކަން ކުރަނީ
އަސްލަމް ވަހިދު
10 April 2025
އެހެން ސަރުކާރުތަކުން ފަންޑު ފޮށި ބަހައްޓައިގެން ކުރުވި ކަންކަން ސީދާ ސަރުކާރުން މި ނިންނާލަނީ. މީ ތަފާތަކީ