ފުވައްމުލަކުގައި މަރުވި ޒުވާނާ.
17 އެޕްރީލް 2025 - 15:33
ފުވައްމުލަކުގައި ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ޒުވާނަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.
މަރުވީ ފުވައްމުލަކުގައި ދިރިއުޅޭ ރ. އަލިފުށި، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން، 27 އެވެ.
ފުލުހުން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު މެންދުރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ މިހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތުގައި ހުއްޓާ ޚަބަރު ހުސްވެގެން ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހާގެ މޫނަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަމްބޯލް
19 April 2025
ކޯވިޑް ވެކްސިނަށްފަހު ޒުވާނުން ކުއްލި މަރު ބޮޑު ތަނުން އިތުރުވެފައިވާކަން ފާހަގަ ކުރެވޭ
raajje
17 April 2025
"ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ" ތިދެންތިކަންނިމުނީ، ދިވެހިފުލުހުންގެ ތަހުގީގަކީ ބޮޑުޖޯކެއް
ޏާއްކޮ
17 April 2025
އަސްލުވެސް. އެދެން މައްސަލަ ހިނދުނީ އެ ހިސާބުން، ތި ތަހުގީގެއް ނުނިމޭނެ ދުވަހަކުވެސް ލޮލް