ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ބޭއްވި ޕެރޭޑު ބައްލަވާލެއްވުމަށް ރައީސް މުއިއްޒު ވަޑައިގެން ސިފައިންގެ އިސް އޮފިސަރަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
21 އެޕްރީލް 2025 - 11:31
ދިވެހި ސިފައިންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު ރާއްޖޭގެ މިނިވަންކަން ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ގައުމެއް މިނިވަންކަންމަތީ ދެމިއޮންނަނީ ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.
ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެކި ޒަމާނާއި އެކި ހާލަތްތައް ބަދަލުވަމުންދާ ދިއުމުގައި ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ މަސަލަސްކަމާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ސިފައިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިފައިންގެ ގައިގައި ލޭ ދައުރުވެ، ވިންދު ޖަހަމުންދާހާ ހިނދަކު މިނިވަންކަން ދެމި އޮންނަނާނެ އެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުން ކަމަށެވެ. އަދި ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި ގުރުބާނީ އާއި ނުގުޑާ އަޒުމުން ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސިފައިން އެ މީހުންގެ އަމިއްލަ ނަފުސާއި އާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތެވެ. ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރަ އުފުލުމުގައި އިސްނެގި ބަޔަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
21 April 2025
ސިފައިންނައް ލިބިފަވާ ބާރުތައް ބޭނުން ކޮންގެން ރަށުތެރޭގަ އުޅޭ ގޭންގުތަކާއި ޑުރަގު ނައްތާލެވިދާނެތޯ.... ނުވަތަ ނޫން ތޯ.......
ޏޫޑުލިސް
21 April 2025
ތީ ހުސް ނޫޑުލިސްކާ ޖެނެރަލުން. ޕޮލްކޯ ތަކާ ސިފްކޯ ތައް ހަދައިގެން ނޫޑިލިސް ކަނޫ ހަމަ.
އައިސަން
21 April 2025
އަޅެ ބަލަމާ...؟ ގައުމު އޮތް ހިސާބުން ހިޔެއްނުވޭ މާކަށް ގިނަބަކު ވިންދު ދޯކޮށްލަން ތިބިހެނެއް. ތި ވެދާނެ ކޮންމެސް ފޮތަކުން ބަލައިގެން ހީނާ ލިޔެފަ އޮތް އެއްތަކަށް
ގެދާނޯމޮސް
21 April 2025
އަޅުނގަޑުމެން ގެ ދިފާއުގައި ތިބި ބަޔެއް މިހާރުގެ ފުލުހުންނަކީވެސް ނަމަވެސް ވެރިޔަކުގެ ހީލަތް ތެރި ކަމުން ދިފާޢީ ބާރުން އެބަޔަކު އެކަހެރި ކޮށް ނިކަމެތި ކޮށްލުމާއި އެކު އެއީ މިހާރު ކުށްވެރިން ދެކެޖެހިލުންވާ އާދައިގެ ވަޒީފާގެ ބަޔަކަށް ވެއްޖެއެވެ. ކަމެއް ނުވީމާ ފުލުހުން ކަޑައެވެ. އެއްބަޔެއް ގެ ގޮތުގައި ތިއްބަސް އެމަގާމުތަށް ފުލުހުންނާއި ސިފައިންނަށް އަދާކޮށްދެވި ދާނެކަމުގައި ނިކަމެތި ރައްޔިތަކު އެބަގޮވާލަމެވެ.
ސަސި
21 April 2025
ހަމަ ކޮންމެ އެއްޗެއް ވެސް ބުނަންވީތާ.
ވިނުން
21 April 2025
މިހާރު މާއްދިއްޔަތަށް ލިބޭ އެއްޗިހި މާ ގިނަވީމާ އެ އެއްޗިހި ދޫކޮށްލާފަ ޤައުމޭ ކިޔައި ޝަހީދުވާން ބޭނުންވާނެ ބަޔަކު އުޅޭނެހެނެއް ހިޔެއް ނުވޭ، ވަރަށް މަދު މީހަކު މެނުވީ، ތިޔަ ތަނަކު. މަގެ ފުލެޓާ، މަގެ އައިންބާ، މަގެ އިންޝޫރަންސްތަކާ، މަގެ ކޮއްތާ، މަގެ ވެހިކަލާ، މަގެ ބޮޑު މުސާރަގަނޑާ، މަގެ މޭޒު ތަންދޮށުން ހޯދާ "އިނާޔަތްތަކާ"، މަގެ ރިޓަޔަމަންޓާ، މަގެ އޭގެ ފަހުން ލިބެން"ޖެހޭ" ބޮޑެތި މަގާމުތަކާ، މިހެން ގޮސް އެތައް ކަމެއް ދިރިތިބީންނަށް ހުރި އިރު؟
އަޅި އަލީ
21 April 2025
މާދަމާވެސް ބަޔަކު އަރައިފިއްޔާ އެންމެ ފުރަތަމަ ދުވެ ފިލާނީ ތިބައިގަނޑު! މަމެން ނިކުންނާންނަން ގައުމުގެ ދިފާއުގަ މާމަތި ފުއްޕާލާފަ! ވެރިކަން ވައްޓާލަން 7 ފެބްރުއަރީގައި ހެން ނިކުމެދާނެ ތިބައިގަނޑު!