ގެއްލިގެން ހޯދަމުން އަންނަ "ބްރިލިއަންޓް ކެރިއާ" ދޯނި.-- ފޮޓޯ: ޕޮލިސް
28 އެޕްރީލް 2025 - 21:10
އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލާދީ، ފުލުހުން ދެންމެ ބުނީ، ރޭ ފަތިހު ފަހެއް ޖަހާކަންހާއިރު ލ. އަތޮޅު ތެރެއިން ދޯނި ފެނިފައިވާ ކަމަށް. އެކަމަކު، އެ ދޯނީގެ އިންޖީނު ހުއްޓިފައިވާ ކަަމަށާއި ދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް. "ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު،" ފުލުހުން ބުންޏެވެ.
ފަސް މީހުންނާ އެކު ގދ. ގައްދޫން ފުރައިގެން ހުޅުމާލެ އަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ރޭ 8:00 ހާއިރު ގައްދޫން ފުރައިގެން ހުޅުމާލެ އަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަ "ބްރިލިއަންޓް ކެރިއާ" ދޯނި.-- ފޮޓޯ: ޕޮލިސް
އެ ދޯނީގައި ތިބީ ފަސް މީހުން ކަމަށާއި އެއީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
ދޯނިފަހަރު ޓްރެކް ކުރާ "ފޮލޯ މީ" އެޕްއިން ދައްކާ ގޮތުގައި، އެ ބޯޓުގެ ޓްރެކިން ސިގްނަލް ކެނޑިފައި ވަނީ ގއ. އަތޮޅު ހުރަސްކޮށް، ހުވަދޫ ކަނޑުގެ ވަކި ހިސާބަކަށް ދިޔަ ފަހުންނެވެ. އެއީ ރޭ 8:04 ހާއިރެވެ.
ފުލުހުން މިރޭ ބުނީ އެ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭގެ ދަންވަރު 2:40 ގައި ކަމަށެވެ.
"އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވެ އެވެ،" ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
"މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރެވި، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފަ އެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސް
29 April 2025
ތިޔަ ކިޔާ އެއްޗެއް ދިމާވޭބާ. ޓްރެކިން ކެޑުނީ 8.04 ގައި ހުވަދޫ ކަނޑުން، އޭގެ މާނައަކީ މޮބައިލް ސިގްނަލް ނުލިބޭ ހިސާބަށް ދޯނި ދިޔުން، އެވްރެޖްކޮށް ބަލަންޏާ ގަޑިއެއްހާއިރުގެ ދުއްވުން، ނަމަވެސް އޭގެ 6 ގަޑި އިރު ފަހުން ކެޕްޓަން މި ބުނަނީ ހުވަދޫ ކަޑަށް ނުކުތްތާ މާގިނަ ވަގުތެއް ނުވާކަމަށް، ތި ގަޑިތަކަކީ ރަގަޅު ގަޑިނަމަ، ކެޕްޓަނަށް ގުޅުނު އިރު ދޯނި އޮންނާނީ ލާމު އަތޮޅުގަ،
ދަޅުކަން
29 April 2025
ކޮބައިތަ ޑުރޯނު ގަނޑު؟ އެޔަށް ފެންނަވަރަށްވުރެ ބޮޑީތަ މި ދޯނި؟
މޫސާަސް
29 April 2025
މިވެސް ޚަބަރެއް. ދޯންޏާ ގުޅުނު. އެކަމު ވީގޮތެއް ނޭނގުނު. ކަނޑެއް ފަޅެއް ވަތްކެއް ނުވޭ މި ކިޔާފަ
ކަނޑާލީތަކެނޑުނީތަ
28 April 2025
8:04 ގަ ޓްރެކިންސިގްނަލް ކެނޑުނީ. 2:40 ގުޅުނުއިރު ނުބުނޭބާ ޓްރެކިންކެނޑުނީކީއްވެތޯ.
ތަހުގީގު
29 April 2025
ހުވަދޫ ކަނޑުގަ ރޭންޖް ނުލިބޭނެ. ޓްރެކާ ވޯކެއްނުކުރާނެ ދިރާގު ނޫނީ އޫރިދޫ ރޭންޖް ނުލިބޭހިސާބުތަކުގަ. ދޯނީގަ ސެޓެލައިޓް ފޯނު ހުރިތޯ ބަލަންޖެހޭ ހުރިނަމަ އެބޭނުން ކުރެވޭނެ ރޭންޖް ނުލިބޭހިސާބު ތަކުގަ
ހިތި އަސަރު
28 April 2025
ސާރޗް އެންޑް ރެސްކިއު ގެ އޮަރޭޝަންނަށް ސިފައިންގެ ޔޫއޭވީ އުދުއްސާލާނެ ކަމަށް ބެލެވެ. ދުއާއަކީ ދޯނިއާއި މީހުން ފެނުން އަސްކަރިއްޔާއަށް އަށް ޒަމާނީ ވަސީލައްތަށް ހޯދަނީ މިހެންވެ.ޓީބީޓޫ އަކީ މެނދުނުކެޑި 27 ގަޑިއިރު ސާވައިލެންސަށް ދުއްވޭ އެއްޗެއް. ޑިފެންސިވް މެނޫވާ ނަގަން ޖެހިއްޖެ ހާލަތެއްގަ އަލިފާނުގެ ބާރު ހުރި ވައިގެ އުޅަނދެއް.