ހެލްތު މިނިސްޓްރީ: މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމިފައިވާ ކަމަށާއި ބަލި ޖެހިފައިވާ އިތުރު މީހަކު ނެތް ކަމަށް އެޗްޕީއޭ އިން ބުނޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ޖޫން 2025 - 11:30
މެނިންގޯކޮކަލް ބަލީގެ ޒުވާނަކު ރާއްޖެ އިން ފެނުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެ އިން ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މެނިންގޯކޮކަލް ބައްޔާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު، މެލޭޝިއާ އަށް ކުރި ދަތުރުރަކަށް ފަހު އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނަކު ރާއްޖެ އައި ތަނާ މި މަހުގެ 7 ގައި މަރުވުމާ ބައެއް މީހުން ގުޅުވި ނަމަވެސް އެޗްޕީއޭ އިން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
ނޭވާލާ ނިޒާމުގެ ޒަރިއްޔާ އިން ފެތުރޭ މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ނިންމައި، އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައި ނުވާ ކަމަށާއި ބަލި ޖެހިފައިވާ އިތުރު މީހަކު ވެސް ނުފެންނަ ކަމަށެެވެ.
"މިހާތަނަށް ބަލި ޖެހިފައިވާ އިތުރު އެއްވެސް ކޭސްއެއް ފެނިފައި ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ކޭސް ފެނުމާ ގުޅިގެން، ހައިރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރި ކަމަށް އޭރު ބުނެފައިވެ އެވެ.
ރާއްޖޭގައި އެ ބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ މީހުންނެވެ. މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ބޮލުގައި ރިއްސުމެވެ.
ބަލީގައި ބޮޑުވަރުވުމުން ސިކުނޑި އަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެ އެވެ. މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހަކާ އެކު، ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1-10 ދުވަހާ ދެމެދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޮން
14 June 2025
ޙަޤީޤަތުގައި ޒުވާނެއްގަޔަށް ރޯނުބައި އިންޖެކްޝަނެއް ހުޅުމާލޭ ހޮސްޕިަޓަލުން ޖަހައި އެ ޒުވާނާ މަރުވީމާ އެ ކަމުން ސަލާމަތްވާންވެެގެން ހަދާލި ބޮޑު ދޮގެއްމީ، އެ ޒުވާނާ މަރުވުމުން ޖަނާޒާގެ ކަންތައްތަކާއި ހުރިހާ ކަމެއް ކުރިޔަށް ދިޔައިރު އެއްވެސްކަހަލަ ފިޔަވަޅެއްނާޅާ އެ ޒުވާނާގެ ޢާއިލާމީހަކުވެސް ކަރަންޓީނުވެސް ނުކުރޭ، މީޑިއާ ކޫލް ކުރަން ހެދި ބޮޑު ދޮގެއް. ތިބުނާ ބައްޔެއް އެ ޒުވާނާއަށްނުޖެހޭ. މި ރާއްޖެއަކު ތި ބައްޔެއް ނެތް. ވަރަށް ސާފުކޮށް މި ބުނީ.
ބްލަޑް
14 June 2025
ހާދަ ޔަގީންކަމާއެކު ތިބުނެލަނީ
ޚިމް
14 June 2025
މިހާރު ނޫހުން ބަލާލަދީބަލަ އަޅެ ޓެސްޓު ކުރިތޯ މި ކޭސްގަ.