ހެލްތު މިނިސްޓްރީ.-- ފޮޓޯ: މިހާރު
07 ޖޫން 2025 - 16:01
މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މެނިންގޯކޮކަލް ބައްޔަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާ އިން ފެތުރޭ ގައިންގަޔަށް އަރާ ބައްޔެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ބަލީގައި މާލޭގައި ނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ނިޔާވީ މެލޭޝިއާ އަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި ތަނާ އެވެ.
އެޗްޕީއޭއިން ބުނީ އެ ކޭސް ފެނުމާ ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް ކޮންޓެކްޓް ޓްރޭސިން ހަދައި، ހައިރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ ސީރިއަސް ބައްޔެކެވެ.
ރާއްޖޭގައި އެ ބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ މީހުންނެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި:
- ހުން އައުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން
- ބޮލުގައި ރިއްސުން
ބަލީގައި ބޮޑުވަރުވުމުން ސިކުނޑި އަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެ އެވެ.
މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހަކާ އެކު، ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1-10 ދުވަހާ ދެމެދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
08 June 2025
ކޮން ފިޔަވަޅެއް އެޅީ؟
ކުޑަކުއްޖާ
07 June 2025
މީހެއްގެ ކުއްޖެއް ގަޔަށް ހުޅުމާލޭ ހޮސްޕިޓަލުން ހުންޖެހިގެންދިޔާމަ ނުބައި އިންޖެކުޝަނެއް ޖަހާފައި ވީނުވީ ނޭގުނީ، ދެން ޕްރެޝަރ ކުޑަކުރަން ދޮގެއް މި ހަދާލީ.
ދަލޭކަ ދައިތަ
07 June 2025
ވ ދެރަ، ނިޔާވި އާއިލާއަށް ހެޔޮއެދޭ ވ ގިނަ މީހުންވަނީ ސަހަރާއަށް މޫނު ބަލަންގޮސް މަރުވި މީހާއާ ގާތުން އުޅެފަ ވާ އާއިލާ މީހުންނާ ގައިގޯޅިވެފަ. އެޗްޕީއޭއިން ކީއްވެގެންބާ ފުރަތަމަ އަޅަންވާ ފިޔަވަޅު ނާޅާ ފަރުވާ ކުޑަކޮށްފައިވަނީ މިހާ ސީރިއަސް ކަމެއްގައި.
ޢެޑްމުންޑޯ
07 June 2025
ވަރަށް ދެރަ ، މިބަލި ޖެހުނު ދެޒުވާނުންވެސް ނިޔާވެގެން އެދިޔައީ ، މިފަދަ ނުރައްކާތެރި ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރުމުގެ ގާބިލުކަން ކިހާވަރަކަށް ރާއްޖޭގެ ހޮސްޕުޓަލްތަކުގައި އެބަހުރި ބާވައޭ ހިތަށް އަރަނީ
ރކއސޓ
07 June 2025
ވަރަށް ބޮޑު އެދުމެއް، މިބަލިން ދިފާއުވާން ވެކްސިން މިރާއްޖެއިން ލިބެން ހުރިތޯ ބަލާދިނުން؟ ލިބެން ހުންނަ ކަމުގަ ވާނަމަ ކޮންބަޔަކަށް ކޮންގޮތަކަށްތޯ ވެކްސިން ޖަހައިދެނީ؟
ޢައިމޯ
07 June 2025
ވެކްސިން ލިބެން ހުންނާނެ ދަމަނަ ވެށީގައި ، 5 އަހަރު ދުވަހަށް ރައްކާތެރި ކޮށްދޭނެ ، ކޮންމެ 5 އަހަރަކުން ޖަހަންޖެގޭނެ
ލޮލްސް
07 June 2025
ކަމެއް ވާއިރަށް ވެކްސިންއެއްގެ ފަހަތުން ދުއްވައިގަމެވޭތޯ ތިބަލަނީދޯ.
އަޙުގެ ޙިޔަލު
07 June 2025
ބަލީގެ ޝައްކެއް ނެތް އެންމެން ގޭގަ ބަންދުކުރޭ
ފދދފގފ
07 June 2025
ދިވެހިން ވެސް ލުބޯ ހުތް ޖަހައިގެން ރޯ މަސް އެބަކައި... ކީކޭ ބުނާނީ؟
ވާނޫދު
07 June 2025
ދިވެހިން ޖާހިލު ވުމުގެ ޒިންމާ ނަގާނީ ކާކު
ަދފަފވސ
07 June 2025
ސްކޫލު، ކޮލެޖް، ޔުނިވަރސިޓީތައް އެހުރީ... ކިޔަވައިދެނީ ހިލޭ ޑިގްރީއާ ހަމައަށް. ސާނަވީ ތައުލީމު ހޯދަން ސްކޫލަށް ދަރިން ފުނުވުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ޤާނޫނު ލާޒިމު ކުރާ ކަމެއް. އެކިއެކި ދާއިރާއިން ދަރުސް އެބަ ބާއްވާ، ޓީވީތަކުން އެބަ ދައްކާ.... މިހުރިހާ ކަމެއް މިހެން ހުރި އިރުއިރު ކާކުގެ ބޮލުގައި ޒިންމާ އަޅުވަން ތިއުޅެނީ؟
ރައްކައުތެރިކަމަށް
07 June 2025
ހައްޖުންއަންމީހުން ބަލާ އެއާޕޯޓަށް އާއިލާގެ އެއްމެން ނުދިޔަސް ވާނެ.
ޑެބީ
07 June 2025
ތިމާގެ މީހުނާއި ދުރުތާ ތިމާގެ މީހުނާއި ގޭދޮށުމީހުނާއި ރައްޓެހިންނާއި ދުރުތާ ރައްޓެހިންވެސް ހަމަޖެހޭނެދާން.
މަބުނީ
07 June 2025
ހައްޖުން އެނބުރި މީހުން އަންނަ ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ބުއްދިވެރި.
ޢެޑްމުންޑޯ
07 June 2025
މަބުނީ ހައްޖުން އެކަނި ނޫން ، މިޒުވާނާ އަކީވެެސް މެލޭޝިޔާއިން އައިޒުވާނެއް ،