މީރާގެ އޮފީސް ހުންނަ އިމާރާތުގެ ކުރިމަތިން މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ: ކޯޓުގެ ހުކުމަކާ ގުޅިގެން މީހަކު ދައްކަންޖެހޭ ފައިސާތަކެއް ނުދެއްކި މައްސަލައެއް ފޮނުވި އިރު އެ މީހާ މަރުވެފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައި. -- ފޮޓޯ: މިހާރު
16 ޖުލައި 2025 - 12:54
މަރުވެފައިވާ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަނީ އެ މީހާގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުށަހެޅުމުން ކަމަށާއި އެ މީހާ މަރުވެފައިވާކަން އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.
ތ. ތިމަރަފުށީ މީހެއް ކަމަށްވާ މުއާވިޔަތު މޫސާ، 31، ގެ މައްސަލަ ކޯޓަށް ހުށަހަޅައި މިއަދަށް ތާވަލްކުރި އިރު އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު ތައިލެންޑުގައި މަރުވެފައި އޮއްވައި ފެނުނު މީހެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މުއާވިޔަތުގެ މައްޗަށް ވައްކަމުގެ މައްސަލައެއްގައި އޭޕްރީލް 12، 2022 ގައި ހުކުމްކޮށްފައިވެ އެވެ. އެ ހުކުމުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 42،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭ މީރާއަށް ދެއްކުމަށާއި 783 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމަށެވެ.
އެކަމަކު މި ފައިސާ މީރާއަށް ނުލިބޭކަމަށް ބަޔާންކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް، މުއާވިޔަތު މަރުވި ފަހުން ފޮނުވާފައި އޮތްކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދިން މައުލޫމާތުން އެނގެ އެވެ.
"މި ފައިސާ މީރާއަށް ނުލިބޭކަމަށް ބަޔާންކޮށް 17 ޖޫން 2025 ގައި މި އޮފީހަށް ހުށަހަޅާފައިވޭ. ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަދަބު މުރާޖައާކޮށްދިނުމަށް މި އޮފީހުން ހުށަހަޅާފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި މިއަދު ހެނދުނު 9:00 އަށް އޮންލައިންކޮށް ބާއްވަން ތާވަލްކުރީ މި މައްސަލައިގެ އަޑުއެހުމެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މުއާވިޔަތު މަރުވެފައިވާ ކަމަކަށް އެއްވެސް އިދާރާއަކުން އެ އޮފީހަށް އަންގައިފައެއް ނެތެވެ.
"ރަސްމީ އެއްވެސް އިދާރާއަކުން، މީނާ މަރުވެފައިވާކަން މިއޮފީހަށް އަންގާފައި ނުވޭ. މީހަކު މަރުވިކަމަށް މި އޮފީހުން ބަލަނީ މަރު ސާބިތުކުރި ލިޔުން މި އޮފީހަށް ލިބުމުން. ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެކަން މި އޮފީހަށް ކަށަަވަރުކޮށްދިނުމުން،" ޕީޖީ އޮފީހުން ބުންޏެވެ.
މިހާރު އެކަމާ ގުޅޭ ލިޔުންތައް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ވެސް ބުނީ މުއާވިޔަތު މަރުވެފައިވާ ކަމުގެ މައުލޫމާތެއް ކުރިން ކޯޓަށް ނުލިބޭ ކަމަށާއި އެކަމަކު އެކަން އާއިލާއިން އެންގުމުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން މެދުވެރިކޮށް އެކަން ބަލަމުން އަންނަ ކަމަށެވެ.
މުއާވިޔަތު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު ތައިލެންޑުގެ ބެންކޮކުގައި ހުންނަ ހޮޓަލެއްގެ ކޮޓަރިންނެވެ. އާއިލާއިން ތުހުމަތުކޮށްފައިވާ ގޮތުގައި، އަތުގައި އެއްވެސް ފައިސާއެއް ނެތް މުއާވިޔަތަށް ހަރަދުކޮށްގެން ބަޔަކު ތައިލެންޑަށް ގެންދިޔައީ އެވެ. މުއާވިޔަތު ފުރައިގެން ދިޔައީ އެކަން ހުއްޓުވަން ޕާސްޕޯޓް ފޮރުވުމުން އާ ޕާސްޕޯޓެއް ހަދައިގެން ކަމަށާއި އޭނާ ތައިލެންޑުގައި މަރާލީ ކަމަށް ވެސް އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހމމމމމ
17 July 2025
ސުވާލަކީ ކޯޓު ހުކުމެއް އޮތް މީހަކަށް ޖޫރިމަނާ ފައިސާ ނުދައްްކާ އޮއްވާ ޕާސްޕޯޓު އާ ކުރެވުނީ ކިހިނެއް ބާއޭ؟
ގާސިމް
17 July 2025
ދައްކަން ޖެހޭ ފައިސާ ނުވަތަ ދަރަނި، ދަރިންގެ ހަރަދު، ޖުރިމަނާ ނުވަތަ ޓްރެފިކް ވައިލޭޝަން އޮތްނަމަ ރާއްޖެއިން ނުފުރޭގޮތް ހަދަންވީ. ތިމާމިހާ ދައްކަންޖެހޭ ފައިސާ ނުދައްކާގޮސް ބެންކޮކުގަ މަރުވާނާ ބޯން މިތިބެނީ.
ސަރުކާނު
16 July 2025
މަރުވިުަސް ދަރަނި އަދާކިރަން ޖެހޭނެ ދަޯ؟
ރރރރރރެ
16 July 2025
ރާއްޖޭގެ އެންމެ ޒިންމާދާރުވާންޖެހޭ މުއައްސަސާ އިން މިބުނަނީ މީރާއިން ފޮނުވިއްޔޯ އެހެންވީމަ މީރާއިން އޮޅިގެން ފޮނުވިޔަސް ދައުވާކުރާނެތާ، މީރާއިން ފޮނުވަިއިފިއްޔާ ބަލަން ނުޖެހެނީތާދޯ ދެން ކިހިނެތް އިތުބާރު ކުރާނީ ކަމެއް ދިމާވީމަ ޒިންމާ ވާންޖެހޭވަރުބަޔަކުވެސް ނެތް
ބުރްކީނާފާސޯ
16 July 2025
އަހަރުމެން ގަބީލާތަކުގަވެސް މީހަކު މަރުވީމަ ކަމާބެހޭ އޮފީސްތަކައް އެނގޭނެ.ސޭކުސްތާނުގަ އެވަރުވެސް ނުވެޔޭ ތިޔަ ވިދާޅުވަނީ ދެއްތޮ.؟؟
މޮޑަން
16 July 2025
މޯލްޑިވްސް 2.0 ގެ ކުލަވަރު ތިފެންނަނީ. ބޭރު ގައުމެއްނަމަ ސަރުކާރެއްގެ ހުރިހާ އިދާރާއެއް ހުންނާނީ ގުޅިފަ. މީހަކު މަރުވާއިރަށް އެމީހެއްގެ މަސްލަހަތު އޮތް ހުރިހާ އިދާރާއަކަށް އެކަން އެނގޭނެ. ބޭންކަކަށްވިޔަސް ކޯޓަކަށް ވިޔަސް. މިރާއްޖެ މިއުޅެނީ އަދިވެސް ކާތިބުން ލޮގްފޮތް ބެލެހެއްޓި 80އިގެ ތެރޭގަ. މިވަރު ތަނަކަށް 2.0 ގެންނަން މިއުޅެނީ.
ކަތީ
16 July 2025
ކަތީބުން ލޮގްފޮތް ބެލެހެއްޓި ޒަމާނުގަ ކަންކަން ގޮސްއޮންނީ ރަގަޅަށް. އޭރުގަ އަންގަންޖެހަެ ހުރިހާ ތާކަށް އަންގާނެ.
ކޮރަލް
16 July 2025
ޕީޖީ އޮފީހުގެ ޒިންމާ އެއް އޮންނާނެ އެވެ. ހަމަ ބަޔަކު އެއްޗެއް ފޮނުވާ އިރަށް ތަނެއް ދޮރެއް ނުބަލާ ކޯޓް އަށް ފޮނުވާކަށް ނުވާނެ އެވެ. ޒިންމާ ނަގަން ޖެހޭ މީހާ ކޮބާ ތޯ އެވެ؟
×ޗ
16 July 2025
ދައުލަތުގެ އިދާރާތަށް ލޯމެރިފައި ތިބޭ ވަރު
ބޮޑުގޮހޮޑާ
16 July 2025
ރަނގަޅޭ ރަނގަޅޭ. އެއްވެސް މީހަކު ނުބުނޭ ތިތަންތަނުގެ އިހުމާލެއް ތިކަމުގަ އެބަ އޮތެކޭ. ރައްޔިތުންގެ ފައިސާއިން މުސާރަ ދީ، ވަސީލަތްތަަކަށް އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ބަޖެޓުން ހޭދަކުރާ ތި މުއައްސަސާތަކުން ތިކަމުގައި ކުރާނެ އެއްވެސް ކަމެއް ނެތެވެ. މީހަކު މަރުވީމާ އެކަން ތިޔަ ތަންތަނަށް އެންގުމަކީ އެމަރުވިމީހެއްގެ ޒިންމާއެކެވެ. އެއްއޮފީހުން އަނެއްއޮފީހަށް މައްސަލެއް ފޮނުވާއިރު ތީގެން އެއްވެސް އޮފީހަކުން އެވަރު ވެސް ބަލާލާކަށް ނެޖެހޭނެއެވެ.
އަމީތާބު
16 July 2025
މީރާގެ ފަރާތުން ވަކާލު ކުރަން ކޯޓުތަކައް ފޮނުވާ ބޭފުޅުންގެ އަހުލާގު ހަމަ ސުމެއް ނޫނީ އޮފީހުން އެކުދިން ކާރީބުނާގޮތަކައް ކޯޓުތަކުގަ ބަސްބުނަނީ މިމީހުންނައް ހީވާކަހަލަ ފާއިސާ ނުދެއްކީމަ ކޯޓައްގޮސް އެމީހާ އުލުބޭންދުނީމަ މިމީހުން އުމުރު ދިގުވަނީހެން ނޫނީ ޒުވާންވަނީހެން ވާއެއްޗެއް ސާފުކުރަން އެބަޖެހޭ
ރޭކާ
16 July 2025
ބޭފުޅާ ރަނގަޅަށް ޚަބަރު ކިޔާލައްވާ . ޕީ.ޖީއިން ދައުވާއެއްކޮށްގެން މިއުޅެނީ ވައްކަމުގެ މައްސަލައެއްގަ ދައްކަންޖެހޭ ޖޫރިމަނާ އެއް ނުދައްކައިގެން. މީރާގެ މައްސަލައެއް ނެތް މިކަމުގަ. މީރާއަށް ލާރި ނުދައްކާ އޮތީމަ އެވާހަކަ މީރާއިން ބުނީ. ކޮމެންޓް ކުރެއްވުމުގެ ކުރިން ކަމުގެ ހަގީގަތް ބައްލަވާލެއްވުން ރަނގަޅު. ވަރަށް ސަލާން.
ޝާހުރަކު
17 July 2025
މީރާއަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް ފައިސާއެއް ދައްކަން ޖެހެންޏާ އެ ފައިސާއެއް ދައްކަން ވާނެ. އެތައް ގޮތަކަށް މަސައްކަތްކޮށް ފައިސާ ނުލިބިގެން މިހާރު ބަޔަކު ކޯޓަށް ދާނީ. ކޯޓުން ވެސް ކުރެވޭ މާ ބޮޑު ކަމެއް ނޯވޭ މިހާރު. އަޅުގަނޑަށް ވެސް ލިބެންޖެހޭ ފައިސާ ނުލިބިގެން އެތައް އާދޭހެއްކޮށް ނުލިބުނީމަ ދަނީ ކޯޓަށް. ދެން ބުނަންވީ އުލުބޭންދީއޭތޯ. އަމީތާބުމެން ދޭން ޖެހޭ ފައިސާ އެ މީހަކަށް ދިނީމަ ކިހާ ސިމްޕަލްކޮށް އެކަން ނިމޭނެ.