ކްރިމިނަލް ކޯޓު ކައިރިން ބަޔަކު ހިނގާފައި ދަނީ: މަރުވެފައި އޮތް މީހެއްގެ މައްޗަށް ޝަރީއަތެއް ހިންގަން މިއަދު އެ ކޯޓުން ތާވަލްކުރި. -- ފޮޓޯ: އޭއެފްޕީ
16 ޖުލައި 2025 - 11:45
މިދިޔަ އަހަރުގެ އޯގަސްޓް މަހު މަރުވެފައިވާ މީހެއްގެ މައްޗަށް ދައުވާލިބޭ މައްސަލައެއްގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފި އެވެ.
ތ. ތިމަރަފުށީ މީހެއް ކަމަށްވާ މުއާވިޔަތު މޫސާ، 31، ގެ މައްޗަށް ކޮށްފައިވާ ހުކުމެއްގެ އަދަބު ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައި އޮންލައިންކޮށް ބާއްވާ ގޮތަށެވެ. މިއީ ވައްކަމުގެ މައްސަލައެއްގައި ކޮށްފައިވާ ހުކުމެއްގެ އަދަބު ތަންފީޒުކުރުމުގެ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަތަކުގެ ރެކޯޑް އޮންނަ މުއާވިޔަތު މަރުވެފައި އޮއްވައި ފެނުނީ ތައިލެެންޑުގެ ބެންކޮކަށް ގޮސް އުޅެނިކޮށް އެތަނުގެ ހޮޓަލެއްގެ ތެރެއިންނެވެ.
ކްރިމިނަލް ކޯޓުން ބުނީ މުއާވިޔަތު މަރުވެފައިވާ ކަމަށް އެ ކޯޓަށް ކުރިން މައުލޫމާތު ލިބިފައި ނެތް ކަމަށެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް މައްސަލަ ހުށަހެޅީ ވެސް މި އަހަރު ކަމަށް ބުންޏެވެ. އެހެން ކަމަށްވާ ނަމަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކޯޓަށް މައްސަލަ ފޮނުވި އިރު ވެސް މުއާވިޔަތު ދުނިޔެއަކު ނެތެވެ. މައްސަލައިގެ ގަޒިއްޔާ ނަންބަރުން ވެސް އެނގޭ ގޮތުގައި އެއީ މި އަހަރުގެ މައްސަލައެކެވެ.
މިކަމާ ބެހޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ކޯޓުން ބުނީ މުއާވިޔަތުގެ އާއިލާއިން ކޯޓަށް ގުޅައި އޭނާ މަރުވެފައިވާ ކަމަށް ބުނެފައިވާތީ އެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ދައުވާ ލިބޭ މީހަކު މަރުވެއްޖެ ނަމަ ދައުވާ ބާތިލުވާނެ އެވެ.
މުއާވިޔަތު މަރުވި މައްސަލައިގައި އޭނާގެ އާއިލާއާ ހަވާލާދީ މީޑިއާގައި ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުއާވިޔަތު ތައިލެންޑަށް ދިޔައީ އޭނާ ފުރަން އުޅޭކަން އެނގުމުން އެކަން ހުއްޓުވަން ޕާސްޕޯޓް ފޮރުވުމުން، އާ ޕާސްޕޯޓެއް ހަދައިގެންނެވެ. މުއާވިޔަތަކީ ވަޒީފާއެއް އަދާނުކުރާ އަދި އަތުގައި ފައިސާ ވެސް ނުހުންނަ މީހަކަށް ވާއިރު ބަޔަކު އޭނާ ގޮވައިގެން ދިޔައީ ކަމަށާއި އަދި މަރާލީ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
ތައިލެންޑު ފުލުހުން އޭނާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު އެ ގައުމުގައި ވަނީ ވަޅުލައިފަ އެވެ. އެ ޕޯސްޓްމޯޓަމްއާ ބެހޭ މައުލޫމާތެއް ފަހުން ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
16 July 2025
ކީކޭ ދެންބުނާނީ ހައްޕް
ސާބަހ
16 July 2025
ގައުމުގެ ހަބަރުތައްވެސް ކިޔާ ނޫޅޭހެން ހީވަނީ. ވަޒީފާއަދާކުރުމުގަ ގެންގުޅޭ މައްސަލަތަކުގެ މީހުންނާ ބެހޭ ހަބަރު އަޑުއިވޭއިރު ރޭކާނުލާވަރުވެފަތަ ތިބެނީ
ޢަބްޑޫޅް +
16 July 2025
ޙޫމް. ކަލޭމެންގެ ރަށަކީ ދިވެހިރާއްޖެ ޔޭ. އަހުރެން މި ކަމާ ހައިރާންވާން ޖެހޭތަ؟ ޕޮސް. ޕޮސް، ޕޮޕޮސް ޕޮސް. ޙޫމް.
ޕިސް ޕިސް
16 July 2025
ހާދަ މަޖަލޭ ކަލޭގެ ކޮމެންޓް.. ހީ ހީ ހަލާކު ވެއްޖެ!!!
އަލީި
16 July 2025
އޮންލައިން ކޮށް ވީމަ ފަހަރެއްގައި ކުރިޔަށްގެންދެވިދާނެ.
ކޮރަލް
16 July 2025
މިހާރު މީހަކު މަރުވި ކަން އެމީހުންނަށް އެނގޭނެ އެވެ. ނޫހުގަ ޖަހައިފި އެވެ. ދެން ޒިންމާ ވާނެ މީހަކު ނުހުންނާނެ އެވެ.
އެކޮއި
16 July 2025
ޝަރުޢީ ދާއިރާގެ ޢިއްޒަތްތެރި އެންމެހާ މުވައްޒަފުންގ މުސާރަ ކުޑަކަމުން ތިފަދަ މައްސަލަތައް ދިމާވަނީ. އެމީހާ ކަށްވަޅުން ނަގައިގެން ނަމަވެސް އެބަޖެހޭތާ ތިޔަ ޝަރީޢަތެއް ކުރިއަށްގެންދަން. 4 ލައްކަ ހަމަނުވާ އާބާދީއެއްގައި ކަންތައްތައް ނުބެލެހެއްޓޭ. ފުކެއްބޮޑުވަރު މީ
އިމާރާތް
16 July 2025
މިއޮތްހާ ދުވަހު ދެއްކީ ޝަރީޢަތް ކުރާނެ އިމާރާތެއް ނެތިގެން ޝަރީޢަތް ނުކުރެވޭ ވާހަކަ. އިމާރާތެއް ލިބެން އުޅޭ ވާހަކަ މިހާރު އެބަ ދައްކާ. އިމާރާތެއް ދިނީމާ ވަޅީގެ ތުނޑެއް ނެތޭ ކިޔައިގެން ދެންވެސް ތިބުން ކަމެއް ވެއްޖިއްޔާ ކިތަންމެހައިވެސް ނަސީބު.
ފޮކުސް
16 July 2025
ތައިލެންޑުން ނާންގައެއްނޯނާނެ
ޕީޖީ އޮފީސް އުވާލާ
16 July 2025
ޕީޖީ އޮފީސް މިއަށްވުރެ ޒިންމާދާރުވާން ޖެހޭ. ދައުވާއެއް އުފުލާއިރު ދުނިޔޭގަ ހުރިތޯ ބަލަންޖެހޭ
ކީކޭ ބުނާނީ
16 July 2025
ދިވެއްސަކައް ވީތީ ފަހުރު ވެރިވަން.