ދަރުމަވަންތަ ހޮސްޕިޓަލްގެ ރިސެޕްޝަނެއް ކައިރީގައި މީހަކު މަޑުކޮށްލައިގެން.--- ފައިލް ފޮޓޯ: މިހާރު
22 ޖުލައި 2025 - 17:01
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާވިސް އަށް ދާ ބަލިމީހުންނާއި އެ މީހުންގެ އެހީތެރިންނަށް މަރުހަބާ ކިޔައި، އެހީތެރިވުމަށް ހާއްސަ ވަޒީފާއެއް އުފައްދައި، އެ ވަޒީފާ އަށް 55 މީހަކު ހޯދަން އައިޖީއެމްއެޗުން އިއުލާންކޮށްފި އެވެ.
"ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓާ" ގެ މަގާމަށް ހޮވާ އެ މީހުންގެ އިންޓަވިއު މާދަމާ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އިއުލާނުގައިވާ ގޮތުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
ވަޒީފާގެ ޝަރުތަކީ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމާފައިވުމާ އެކު، އެ ވަޒީފާއާ ގުޅޭ ދާއިރާއަކުން ހަތަރު އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުމެވެ
1- ހޮސްޕިޓަލަށް ދާ ބަލިމީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔުމާއި މަގުދެއްކުމުގައި އެހީތެރިވުން.
2- ކުރިމަތިވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީ، އެ ކަމެއް ހައްލުކޮށްދިނުން.
3- ފުރިހަމަ މައުލޫމާތު ދިނުން.
4- ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރުން.
5- އެކި ފަރާތްތަކުގެ ހިޔާލު އެއްކޮށް، ތަޖުރިބާތައް މޮނިޓާ ކުރުން.
6- އޯގާތެރިވުމާއި ހަމްދަރުދީވުމާއި ހިނިތުންވުމާ އެކު މުއާމަލާތް ކުރުން.
7- ހޮސްޕިޓަލްގެ ސިޔާސަތުތައް ހާސިލް ކުރުމަށް ކުރާ މަސައްކަތްތަކުގައި ފުރިހަމަ އަށް ބައިވެރިވެ އަދި ރަސްމީ މަސައްކަތުގެ ދާއިރާ އިން ހަވާލު ކުރާ ކަންކަން ކުރުން.
ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުން ސީވީ އާއި އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާގެ ސިޓީތައް ހުށަހަޅަން ޖެހެނީ [email protected] އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކޮއި
23 July 2025
އަހަރެމެންނަށް މަރުޙަބާ ކިޔާނެބަޔަކު ނޫން ނުލިބިގެން މިއުޅެނީ. ޑޮކްޓަރުން ނެތިގެން މިއުޅެނީ. އައި.ޖީ.އެމް.އެޗްގައި އެޕޮއިންޓްމަންޓަކަށް އެދިގެން 3 މަސްވެގެންދާއިރުވެސް ކިޔޫގައި. އަނެއްކާ އެތައްދުވަހެއްވާއިރުވެސް ކިޔޫއިން ތަންކޮޅެއްވެސް ކުރިއަށް އަރާކަމަކަށްނުވޭ. ޓެސްޓެއް ހަދަންޖެހުނަސް ހަމައެފަދަ. ޕާޓީކުދިންނަށް ވަޒީފާދިނުމުގެ ބޭނުމުގައި ކޮށްގެންއުޅޭކަމެއް ތީ
ދަލޭކަ ދައިތަ
23 July 2025
ގޭތެރެެއިންނާ ސްކޫލުން އެބަޖެހޭ ދަރިން ބޮޑެތިކުރާއިރު ހިނިތުންވުމާއެކު އަނެކާއާ މުއާމަލާތްކުރަން ދަސްކޮށްދޭން. ކަސްޓަމަރަކަށްވެހުރެ ވ އޯގާތެރިކަމާއެކު ހިނިތުންވެ ހުރެ ކަސްޓަމަރ ސަރވިސްދޭ ތަންތަންތާ ތިބޭ މުވައްޒަފުންނާ ވާހަކަ ދައްކާމީހަކަށްވީއިރުވެސް ގިނަ އަންހެންކުދިން ތުންދަމާފަ ތިބޭކަން ފާހަގަ ކުރެވޭ. ދެން މި 55 މީހުންގެ އޯގާތެރިކަން ހުރިވަރެއްވެސް އެގިދާނެތާ!!
އަފްރާސިޔާބު
23 July 2025
ބަލިމީހާ އަތުގައި ހިފައިގެން ޑޮކްޓަރަށް ދާނޭ މީހަކުވެސް ހޯދަންޖެހޭ. އެމީހުންގެ އަތުގައި 24 ގަނޑިއިރު ގުޅޭގޮތަށް ފޯނެއްވެސް އޮންނަންވާނެ. ހަމަ ގުޅާއިރަށް ޑރ. އަށް ދައްކައި ބޭސްނަގައި ކާންދީ ނިންދައި ދަތްއުނގުޅައި ނާސްތާދީ ހިނގާލަންގޮސް މަންޒަރު ދައްކައި ފޮޓޯނަގައި އަލްބަމަށް ލައްވައި އެ ދައްކައި ހީސަމާސާ ކުރާންވެސް މުވައްޒަފުން ލައްވަންވާނެ.
ޢަދުން
23 July 2025
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު
ބަކުރުު
23 July 2025
ސްކޭނެއް ހައްދަން ދިއުމުން ބުނީ ސިޓީގެ މުއްދަތުއޮތީ ހަމަވެފައޭ. ސިޓީޖެހޭނީ އާކުރާށޭ. ސިޓީދިން ޑިޕާޓްމަންޓަށް ދިއުމުންބުނީ ސިޓީލިޔެދެއްވި ޑޮކްޓަރމިވަގުތުވީ ރާއްޖޭން ބޭރުގައޭ. ދެން ފޯނުނަންބަރު އަތުލާފާ ބުނީ ގުޅާނެޔޭ.ހަފްތާއެއްވީފަހުން ޚަބަރެއްނުވެގެން ގޮސްބުނީމާ އެތާއިންކުއްޖާބުނީ މިތަނަކުނެތޭ ތިޔަހަދަންލީކަމަކަށް. އަނެއްދުވަހު އެތަނަށްގޮސް ބުނެފިން ވެގެންއުޅޭގޮތް. މިއަދުއިނީ އެހެންކުއްޖެއް. ބަލާފާ އެދިނީ ޕްރިންޓްކޮށްލާފާސިޓީ. މިހިރީކަން ހުރިމަގީ.
މޮހޮނު123
24 July 2025
ޓެސްޓް ހަދަން ދިނުމުން، އެ ނުހަދާ ދިނަދުވަސްވުރުމަކީ ކާކުގެ މައްސަލައެއް؟ ސިޓީގެ މުއްދަތަކީ 3 މަސް، އެ ތިންމަސްވެގެން ދިޔައިރު ތިމާގެ ޒިންމާއެއް ނެތްދޯ؟
އަހްމަދުު
23 July 2025
ލެބޯޓަރީން ޓެސްޓްހަދާ ރިޕޯޓް ނިމުމުން ކުރީގައި ހޮސްޕިޓަލުން ރިޕޯޓް ނަގަން އެމީހަކަށް މެސެޖް ފޮނުވާ. މިހާރު އެމެސެޖެއް ނުފޮނުވާ. ޚިދުމަތުގެ ފެންވަރު މިދަނީ ލުއިފަސޭހަވަމުންތޯ ނޫނީ އުނދަގޫ ވަމުންތޯ؟
ށސ11
23 July 2025
ތާކުންތާކު ނުޖެހޭ ކަންތައް ނުކޮށް އެމަޖެންސީ ހިދުމަތް ރަނގަޅުކޮށްބަލަ ހެޔޮނުވާނެ!!
ކަޅޭ1
23 July 2025
ބޭސް ލިބެން ނެތް ވާހަކަ ބުނެދޭން 55 މީހުން ބޭނުމެއް ނޫން.
ބަކުރުު
23 July 2025
ޝަރުތު ކަނޑަ އަޅާފައި މިއޮތީ ހާދަ މޮޅަށޭ. ގްރޭޑް10ނިމެނީ ވަޒީފާއާ ގުޅުންހުރި ދާއިރާ ތަކުގެ ތަޖުރިބާ ހޯދާފައިތޯ؟ ގުރޭޑް7އާ 9އަކާ ދެމެދު އެއްވެސް ކަހަލަ ތަޖުރިބާއެއް ނޯންނަނީތޯ؟ މީ ވަކިބަޔަކަށް ވަޒީފާދޭން ކަނޑައަޅާފައިވާ ޝަރުތު ތަކެއްތޯ؟
ކޮރަލް
23 July 2025
މިއީ ވ ރަނގަޅު ކަމެކެވެ. މީގެ ފަސޭހަކަން ކޮމެންޓް އަކުން ކިޔާ ނުދެވޭނެ އެވެ. އެކަމު އާކަމެއް ވީމަ ގިނަ ބަޔަކު ފާޑު ކިޔާ ފާނެ އެވެ.