ކުޅިވަރު / އެފްއޭއެމް އިލެކްޝަން

ހާއްސަ މުނާސަބަތާ ދިމާވާ އިންތިހާބަށް ފަހު ފުޓްބޯޅައަށް ހަރުދަނާ އިސްލާހުތަކެއް ގެންނާނެކަމުގެ އުއްމީދުގައި

އެފްއޭއެމުން މާޗް މަހު ބޭއްވި ކޮންގްރެސްގައި، ތޯރިގް އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

26 ޖުލައި 2025 - 14:41

ރާއްޖޭގެ ފުޓްބޯޅައިގައި މިހާ ނާޒުކު ދަނޑިވަޅެއް އަދި މިހާތަނަށް ކުރިމަތި ނުވާ ކަމަށް ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ފުޓްބޯޅައިގެ މައި އިދާރާގެ ގޮތުގައި 1982 ގައި އެފްއޭއެމް އުފެދުނު ފަހުން ވެސް މިހާ ގޮންޖެހުން ބޮޑު ހާލަތެއް އެ އެސޯސިއޭޝަނަކަށް ކުރިމައްޗެއް ނުވެ އެވެ. މި ހާލަތުން އަރައިގަންނަން މިއަދު ބާއްވާ އިންތިހާބަކީ އާ ފެށުމަކަށް ވާނެ ކަމަށް ކޯޗުންނާއި ކުޅުންތެރިން އުއްމީދު ކުރެ އެވެ.

ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެ ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން އިންތިހާބު ބާއްވަން ތާވަލު ކުރީ މިއަދަށެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ، އިންތިހާބު ބާއްވާ ދުވަސް ދިމާވުމަކީ އިއްތިފާގަކަށް ވެދާނެ އެވެ.

އެކަމަކު މިއީ ކޮރަޕްޝަނާއި އެތަކެއް އިހުމާލަކާ އެކު މީގެ ކުރިން ހިންގަމުން ދިޔަ އެސޯސިއޭޝަން، އެ ތުހުމަތުތަކުން މިނިވަންކޮން ހާމަކަން ބޮޑު ނިޒާމަކަށް ހިންގުން ބަދަލުވާން ޖެހޭ އިންތިހާބަށް ވާނެ ކަމަށް ކުޅުންތެރިންނާއި ކޯޗުން އުއްމީދު ކުރ އެވެ. ހަމައެކަނި މާލެ އަށް ބަރޯސާވެފައިވާ ފުޓްބޯޅަ، އަތޮޅާއި ރަށްރަށް ގެންދާނެ ކަމުގެ ވައުދާ އެކު އިންތިހާބަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓަކީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް (ޓޮމް) އެވެ.

އިންތިހާބަށް އުންމީދެއް

ތަޖުރިބާކާރު ކޯޗު އާތިފް މުހައްމަދު (އާތީ) ބުނީ، މިއަދުގެ ކޮންގްރެސްގެ ނަތީޖާއަށް ފަހު އެންމެ ދެކެން ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅަ އަލުން އާއްމު ހާލަތަކަށް އައިސް، އެފްއޭއެމާ ހަވާލުވާ ފަރާތްތަކުން ގައުމުގެ ފުޓްބޯޅައަށް އިތުރު ކުރިއެރުން ހޯދައިދޭން އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދޭތަން ކަމަށެވެ.

"ގައުމީ މި ހާއްސަ މުނާސަބަތާ ގުޅިގެން އެފްއޭއެމްގެ ހާއްސަ ކޮންގްރެސް ބޭއްވުން މިއީ ފުޓްބޯޅައަށް ވަރަށް ހާއްސަ ކަމެއް. އެކަމަކު އަސްލު ހަގީގީ އުފަލަކަށް ވާނީ މިއިން ނުކުންނަ ނަތީޖާއާ ގުޅިގެން ގައުމުގެ ފުޓްބޯޅައަށް ބޭނުންވާ ހެޔޮ ބަދަލު ގެނެވޭ ނަމަ،" އަންހެން އަދި ފިރިހެން ފުޓްބޯޅައިގެ ވެސް ތަޖުރިބާކާރު ކޯޗު އާތީ "މިހާރު" އާ ވާހަކަ ދައްކަމުން ބުންޏެވެ.

"އުންމީދަކީ ވީހާވެސް އަވަހަކަށް މި އަނދަވަޅުން އަރައިގަތުން. ގައުމީ ޓީމުތަކާއި ކުލަބްތަކާއި ގްރާސްރޫޓް ފުޓްބޯޅައަށް އަދި އަންހެން ފުޓްބޯޅައަށް ވެސް ހެޔޮ ބަދަލެއް ފެންނަން ފަށާ ހިސާބުން އަސްލު ހިތްހަމަޖެހުމެއް ލިބޭނީ. ލީގާއި މުބާރާތްތައް ވެސް އެ އޮންނަ ހަރުދަނާ އުސޫލެއްގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ހަމަހަމަ އުސޫލަކުން ކުރިއަށް ގެންދާތަން ފެނުން އެންމެ ބޮޑު އެދުމަކީ."

ނޯމަލައިޒިން ކޮމިޓީގެ މަސައްކަތްތަކުގައި ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އެ ކޮމިޓީން ބުންޏެވެ. އެފްއޭއެމް އާއްމު ހާލަތަކަށް ގެނައުމުގެ އުއްމީދުގައި އެ ކޮމިޓީން މިހާރު މިވަނީ ފީފާ އަދި އޭއެފްސީގެ ގަވައިދުތަކާ އެއްގޮތްވާނޭހެން އިންތިހާބު ބޭއްވުމަށް ތައްޔާރީތައް ވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454