ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް އާއި ކުރީގެ ރައީސް ނަޝީދާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ .--ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2025 - 11:55
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތާރީޚީ ހަފުލާއަށް ކުރީގެ ރައީސުންނަށް އެމްއޭސީއެލް އިން އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންފި އެވެ.
އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ވަނީ މިނިވަންކަމުގެ ރަމްޒެއްްގެ ގޮތުގައި ބިނާކުރި އާ ރަންވޭގެ ތަރައްގީގެ ބިޔަ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކުރީގެ ހުރިހާ ރައީސުންނަށް ވެސް ދައުވަތު ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެކަމަކު، ކުރީގެ ރައީސުންގެ ތެރެއިން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ، ނަޝީދާއި ވަހީދު އެކަންޏެވެ.
ނަޝީދަކީ ދައުލަތުން ބޮޑެތި އަދަދުން ލޯނު ނަގައިގެން އެއާޕޯޓު ތަރައްގީ ކުރުމުގެ ވިސްނުމާ ދެކޮޅު މި ފަހުން ވެސް އަޑު އުފުއްލަވާފައިވާ ބޭފުޅަކަށް ވީ ނަމަވެސް އެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ވެސް އާ ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ހަފުލާ އަށް އެ މަނިކުފާނު ވަޑައިގަތުމުން ގިނަ ބަޔަކު ތައުރީފު ކުރި އެވެ.
ޖުމްހޫރީ މައިދާނުގައި މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ނަޝީދު ވަޑައިގަތުމުން ފޮޓޯ އާއްމުކުރައްވައި، ގައުމީ މިފަދަ ހަފުލާތަކުގައި ހުރިހާ ރައީސުން ފެންނަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށްފައިވެ އެވެ.
މިނިވަން ދުވަސް ފާހަގަކުރަން އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭޢްވި ހަރަކާތްތައް ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިނިވަން ދުވަހުގެ ދިދަ ނެގުމާއި ޖުމްހޫރީ މައިދާނުގައި އޮތް ހެވިކަމާއި ކުޅިވަރުގެ އިތުރުން ރަސްމީ ޖަލްސާއަށް ވެސް ހުރިހާ ރައީސުންނަށް ސަރުކާރުން ދައުވަތު ފޮނުވި އެވެ. ދިދަ ނެގުމާއި ކުޅިވަރު ހަރަކާތްތައް ބައްލަވަން ވެސް ނަޝީދާއި ވަހީދު ވަޑައިގަތެވެ.
ހަތް ބިލިއަން ރުފިޔާގެ އާ ޓާމިނަލް ހުޅުވަން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހިއްސާ އޮތް ކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އާ ޓާމިނަލްގެ މަސައްކަތް ފެށީ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން 2018 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިނިވަން ދުވަހު އެއާޕޯޓުގެ އެންމެ ބިޔަ މަޝްރޫއު ހުޅުވީ، އިގްތިސާދީ މިނިވަންކަމުގެ މުހިއްމު ރަމްޒަކަށް ވާތީ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދު ފުޅާވެ، ކުރިއަރުވަން ކުރެވުނު ވަރަށް މުހިއްމު މަސައްކަތެކެވެ.
ޑްރޯން ޝޯ އާއި ހަވާ ބަލަން ގިނަ އަދަދެއްގެ ބަޔަކު މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާވެފައި. ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން މާލެ ވަށައި އެރުވި ހަވާ އިން ދައްކާލީ މިނިވަންކަމާއި އެއާޕޯޓުގެ ދިގު ތާރީހް
— Mihaaru (@Mihaarunews) July 27, 2025
ވީޑިއޯ: އަރޫޒާ ރަޝީދު | މިހާރު pic.twitter.com/4XIBHxGxd6
ޓާމިނަލް ހުޅުވުުގެ ކުރިން ޑްރޯން ޝޯއަކުން ރާއްޖެ އާއި މިނިވަންކަމާ ގުޅޭ އެކި މަންޒަރުތައް ދައްކާލި އެވެ. އަދި މާލެ ވަށައިގެން 19 ދިމާލަކުން ހަވާ އަރުވައި މުޅި އުދަރެސް ކުލަތަކުން ދިއްލައިލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަކީލްް
28 July 2025
ނަސީބެއްނު ނުދިޔަކަން ރައީސުން، ކުރިން ރައީސްކަން ކޮށްފަ ތިބި މީހުނަށް ކަމެއް ނުވިކަމަށް ބުނެ ބެވީ.
ކީއްކުރާނީ
28 July 2025
ކޮންމެ ގޮތެއް ވަރިހަމަ ދެމީހުން، ގައުމު އެންމެ ހަލަބޮލި ކޮށްލި ދެމީހުން.
ކޮރަލް
27 July 2025
އެއަރޕޯޓް ވިއްކާލި މީހާ އެއިނީ އެންމެ ކުރީ ސަފުގަ އެވެ.
ސިޔާސީީ
27 July 2025
ގައުމީ ބޮޑެތި ކަންކަމުގައި ކުރީގެ ރައީސުން ބައިވެރި ނުވުމަކީ ވަރަށް ދެރަކަމެއް. ގައުމަކަށް ކުރިއަރައި ދެވޭނީ އެތަނެއްގެ ރައްޔިތުން ގައުމުދެކެ ލޯބިވީ ވަރަކުން. ގައުމުގެ މަސްލަހަތު އިސްކުރިވަރަކުން. ސިޔާސީ މަސްލަހަތުގެ މަައްޗަށް ގައުުމީ މަސްލަހަތާއި ގައުމީ ލޯބި އިސްނުކުރެވޭ ސިޔާސީ މީހުންގެ ކިބައިގައި ގައުމަށްޓަކައި އޮންނާނީ ކޮން ކުލުނެއް، ލޯތްބެއްތޯ ސުވާލު އުފެދޭ. މިފަދަ މީހުން ވެރިކަން ބޭނުންވަނީ ޖީބަށްޓަކައި ކަމުގައި ވުމަކީ ގާތްކަމެއް.
ސަލީމު އިދުރީސް
28 July 2025
ތިކިއެނީ އެއްބައި ނުލައި ތިބުނާ ގައުމީ ލޯބިޖެހޭގޮތްތަކެއް އޮންކަން ނޭގޭތޯ ފުރަތަމަ ކަމަކީ އަދުވެރި ދައުލަތެއް އޮތުން މިތާ އަދުވެރިކަން އޮތްކަމައް ގަބޫލު ކުރަނީ ކިތައް ރައްޔިތުންތޯ
ލޮޖިކް
28 July 2025
ސަލީމު އިދުރީސަށް ނޭނގެނީބާ ތިޔަ ކިޔާ "އަދުލުވެރިކަމަކީ" ސިޔާސީ ކޮންމެ މީހަކަށް ވަކިވަކިން ފަހަންޖެހޭ ކޯޓެއްކަން. އެކެއްގެ ފިކުރުކުރު އަދުލުވެރިކަން ވެފައި އޮންނަނީ އަނެކާގެ ފިކުރުގައި އޭގެ އިދިކޮޅަށް. މީ ވަރަށް ސިމްޕަލް ލޮޖިކް. ކޯޓުން ގާޒީ ކުރާ ހުކުމްވެސް ވާނީ ހަމަ މިހެން. އަމުދުން ޖީބަށްޓަކައި އުޅޭ ސިޔާސީ މީހުންނަށް ނޯންނާނެ ހެޔޮ އެއްގޮތެއްވެސް.
ހަސަންދީީ
27 July 2025
އެއާފޯޓް ވިއްކާލީ ކޮން ރައީސެއް؟
ކަރީމް ހައްނާން
27 July 2025
މިއަދުވެސް އެހެން ގައުމެއްގެ ދަރަނީގެ ތެރޭ ފިތިފަ އަމިއްލައަށް ކުރީމަ. ރިސޯޓްތައް ބޭރު ކުންފުނިތަކުން ޑިވެލޮޕްކޮށް ހިންގަން ރާއްޖޭގަ ދޭތީ ހިނިއަންނަނީ. 99 އަހަރަށް ދީފަ ހުރީވެސް. އެކަން އޯކޭ. 25 އަހަރަށް ޓާމިނަލް ހިންގާ ފަރާތުން އަޅާގޮތަށް ދިނީމަ ކަމުނުދިޔައީ. ވިޔަފާރި ހިސާބާ އަމިއްލަ ސިޔާސީ ކުރިއެރުމިގެ ހިސާބުމީ. އެއަރޕޯޓް ވިއްކާލީކަމަށް ކިޔައިގެން އަދި އިންޑިޔާ އައުޓް ގޮވައިގެންވެސް ވެރިކަމަށް އައުން މައިގަނޑު މަގުސަދަކީ.
ހަމްދާ ސައީދު
27 July 2025
މައުލޫމާތު ގޯސް. ރަނގަޅު ގޮތަކީ އެެއާޕޯޓް ދިނީ ކުއްޔައް
ދޯރި،
27 July 2025
އެއްވެސް ރައީސަކު އެެއްވެސް އިރެއްގަ ރާއްޖޭގެ އެއްވެސް އެއަރޕޯޓެއް ވިއްކާލިކަމަށް ރާއްޖޭގެ ރަސްމީ އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނެތް. ސިޔާސީ ގޮތުން ދެކެވޭ ވާހަކައަކީ އަބަދުމެ ހަގީގަތަކަށް ނުވާނެއެވެ.
ޝުކުރިއްޔާ އަންނި
27 July 2025
ރައީސް ޑރ މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގައި ރައީސް ނަޝީދުގެ ލޯރު ވަރަށް ބޮޑު. ޚާއްޞަކޮށް "ރޫޅާލާނަން" ކަހަލަ ބަސްތަކަކީ ރައީސް ޞާލިޙުގެ ތާޢީދު ދަށްވުމުގައި މުހިއްމު ރޯލެއް އަދާކުރި ބަސްތަކެއް.
އެއާ ޕޯޓަކާއި ކީއް
27 July 2025
މިކަމަކާއި އެއަރ ޕޯޓަކާއި ކީއް
ރަދީފު ބިން ރަފައިދާ
27 July 2025
އަދިވެސް އެމަނިކުފާނުން ތުރުކުރައްވަނީ ނޫ ޓައީކޮޅުތޯ؟ އައިރުޅީގާ ހުރީއެއްޗެއް އުކައިލީމާ އަނެއްކާ އެމަނިކުފާނުން މިޖެހުނީ ޓައީއާ ގަމީހަށް ޝޮޕިންކުރާންދާކަށްނު.
މަހޭބެ
27 July 2025
ނަޝީދަކީ ބޮޑުގުޅަ ކޮންމެތަނަކަށް ބޭނިގަންނާނެ ފުންކޮށް ވިސްނާލައިފިއްޔާ އެގޭނެ ނަޝީދަކީ މިގައުމުގެ ހަލާކު، ކުރީގައި އޮތް މީހުންނަށް އިހްތިރާމްކުރުމާއި ގަދަރުކުރުމާއި ރީތި އަޚްލާޤާއި މާތް ސިފަތައް މިގައުމުގެ މީސްތަކުންގެ ކިބައިން ފޮހެލީ ސީދާ ކެނެރީގެ ނަޝީދު. ގައުމުގެ އިޖްތިމާޢީ ފޭރާންވަނީ އެއްކޮށް ހަލާކުވެ ވީރާނާވެފަ. މިއަދު މިގައުމު މިތަހައްމަލްކުރާ ހިތްދަތިކަމަކީވެސް ސީދާ ކެނެރީގެ ނަޝީދުގެ ސަބަބުން ދިމާވިކަމެއް. ވިސްނާބަޔަކަށް ރަގަޅަށް އެގޭނެ.
ބަލަކް
27 July 2025
ކުރީގަ ބަޔަކު އިހްތިރާމް ކުރަނީ ބިރުން. ނުކޮށްފިޔާ އަނދަގޮނޑި ޖަހާނެ. އޭރުވެސް މިހާރުވެސް އުޅެނީ ހަމަ ދިވެހިން. ދިވެހިންގެ ގައިގައި ހުންނަ ސިފަތަކަށް މާބޮޑު ބަދަލެއް އައިސްފަނުވޭ އަދި. ކުރީގަ ތިބުނާ އިހްތިރާމެއް ކުރިބަޔަކަށް ކުރީ ބިރުން. އާންމުން ތެރޭގަ އޭރާ އަދި މިހާރުވެސް އޮންނަ އިހްތިރާމެއް ވެއްޖެޔާ އޮވޭ. ކަލޭ ހަމަ ވަކި މީހަކަށް އިހްތިރާމް ނުކުރުމަކީ ވެސް އަންނިގެ ކުށެއްދޯ؟
މީހަމަ ދެތެއް
27 July 2025
މީހަމަ ވަރަށް ދެތު ވާހަކައެއް. މުޅި އިޖްތިމާއީ ފޭރާން އިރާލި. ހުޅަނގުގެ ބޮވެންޖެހޭން ގޮތް ފެތުރީ. ދެންވެސް ބޭނުމެއްނޫން ވެރިކަމުގަ ތިޔަ ރައީސް ނަޝީދުއެއް.
މަރީނާބީ
27 July 2025
ހިތުހުރި އެއްޗެއް ގޮވާފަ، އަދި ގޮވާތަން އަޑުއަހަން މަ ނަމަވެސް ނުދާނަން! ސިޔާސީ ކަންކަމުގައި ރައީސް މުއީޒް އަދި ޓީމް ވަރަށް ޒާތީ އަދި ޅަ!
43434
27 July 2025
ހަސަދައާ ނަފްރަތުން ރޭގެ ޖަލްސާ ބަލާލަން ނުކުރުނުދޯ؟ އަޑު އެހިނަމަ އެނގުނީސް ޑރ މުއިއްޒު ކުރީގެ ވެރިންނަށްކުރި ތައުރީފާ އިހްތިރާމް.
ގުޖި
27 July 2025
އިބޫ މީ ބޮޑު ފިނޑިއެއް ކަމަކާ ޖެހުނީމަ މި އިނގެނީ
ފިނޑިމީހާ
27 July 2025
އިބޫ ނެއް ރާޖެޔަކު އެހެންވީމަ ނުދެވުނީހެން ހީވަނީ