ހ. ރެދަން، ފަވާޒު ކަޅުތުއްތު
31 ޖުލައި 2025 - 19:00
އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރު ކޮށްފައިވާ މީހަކު ބިރު ދައްކައިގެން ފޭރުނު މައްސަލައެއްގައި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހު މާލޭގެ ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން، އެ ފިހާރައިގެ ވަތްގަނޑުގައި ހުރި 700ރ. ފޭރުނު މައްސަލާގައި ދައުލަތުން ދައުވާކުރީ އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކުރި ހ. ރެދަން، ފަވާޒް ކަޅުތުއްތުގެ މައްޗަށެވެ.
އެ މައްސަލާގައި ފަވާޒުގެ މައްޗަށް ކުރީ ފޭރުމުގެ ދައުވާ އާއި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ދެ ދައުވާއަށް ވެސް އޭނާ އިއުތިރާފްވުމުން ފޭރުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އޭނާއަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އަދި ތޫނު ހަތިޔާރު ގެންގުޅުނު ކުށުގައި އޭނާއަށް ހަ މަސް ދުވަހުގެ ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހެނީ ތިން މަހުގެ ޖަލު ހުކުމެކެވެ.
ފަވާޒަކީ ކުރިން ސައިކަލެއްގައި ރޯކޮށްލި މައްސަލައެއްގައި 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައި އޮތް މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަމްރޫދު
03 August 2025
36 އަހަރު 52 ފަހަރު ހައްޔަރު ކީދޯދެންބުނާނި މިފެންނަނީ ގައުމުގެ ހާލަތު ގައުމު ފެއިލްވެފަ އޮތްމިންވަރު މާދަމާ އަޑުއިވިގެންދާނީ 53 ވަނަފަހަރު ހައްޔަރު
ހަސަންބޭ..
02 August 2025
ނިންމާލި ޕެރެގްރާފްގައި އެބަ އޮތް 15 އަހަރަށް ޙުކުމް ކޮށްފަ އޮތް ވާހަކަ ވެސް.. އެކަމް މަގުމަތީގައި ކުށްކުރުމުގައިބާ ނޫނީ މީގެ ކުރިން 15 އަހަރު ޖަލުގައި ހޭދަކޮށްފައި ވާ ވާހަކަ ބާ އެބުނަނީ..
ވާންޗޯ
01 August 2025
އެމެރިކާ ގެ ބައެއް ސްޓޭޓް ތަކުގާ 3 ވަނަ ފަހަރަށް ހަޔަރު ކޮށްފިޔާ އުމުރަށް ޖަލަށްލާ، މީ ވެސް އަމަ ހަދާގެން އުޅެ ގާނޫނެ އޮންނަތަނެތް، ދެން އެގޮތައް ހަދަންވީޔެން
ވާންޗޯ
01 August 2025
އަޅެ އިސްލާމީ ޝަރިއެއް ގައިމުކޮށްބަލާ.
ހަންނަ
01 August 2025
އަސްލު ނަންތަ ތީ ހަމަ؟
ގައުމިއްޔަތު
01 August 2025
ކަޅުތުއްތު އެވެސް މީހުންނަށް ކިޔާ ނަމެއްތަ؟
އެދުރުު
01 August 2025
މިކަމުން ހެކި މިދެނީ ދިވެހިރާއްޖެ އަކީ ކުށްކުރަން ބޭނުންވާ މީހުންނަށް އޮތް އަމާން މަންޒިލެއްކަން. ކުޑަ ކުށަކަށް ބޮޑު އަދަބު، ކުށްގިނަ ނޫނީ ބޮޑު ކުށެއް ފާޅުގައި ކޮށްފިއްޔާ ބޮޑެތި މާގާމާއި ނުފޫޒުގެ ބާރު ލިބި މިނިވަނަކަށް.
ޖަލު
01 August 2025
52 އަހަރައް ޖަލައް ހުކުން ކޮއްބަލަ ނޮހޮރުއްޕާން ނުކޮއް
ރަސްރީތި
01 August 2025
މިހަބަރުން ހީވަނީ 52 ފަހަރުގެ ތެރެއިން 51 ފަހަރު އޭނާ ހައްޔަރު ކުރެވުނީ ކުށެއްނެތް މީހެއްގެ ގޮތުގާހެންނެވެ.
ބޮޑުހަސަންބޭ
01 August 2025
މިއަކީ އަދި ކޯޗެއް. ދިވެހި ރާއްޖޭގެ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައުމު ވިއްކާހުސްކޮށް ގައުމަށް ހިޔާނާތްތެރިވެފައި ތިބޭ ބޮޑެތި ވަގުން ނެރެ އަތުގައި ހިފައިގެން ސަލާމަތްކޮށްގެން ގައުމުގައި ހުންނަ ވެރިން ދައުރުހަމަކޮށްފައި އެކުގައިގެންދާ ގައުމެއްގައި 100 ފަހަރު ބަންދުކުރިމީކަހަށް އެންމެދުވަހަކު ޖަލަށް ނުލައިވެސް ހިގައިދާނެތާ.