ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް ދަރިވަރުންތަކެއް ވަންނަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 އޯގަސްޓް 2025 - 10:10
ދެ ހަފުތާގެ ޗުއްޓީ އަކަށް ފަހު، މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޮތް ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
ދަރިވަރުންނަށް ދެން އެންމެ އަވަހަށް ލިބޭނީ މިޑް ޓާމް ބްރޭކެވެ. އެއީ، އަންނަ މަހުގެ 21-25 އަށް ހަފުތާއެއްހާ ދުވަހެވެ.
މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22އާ ހަމައަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން މި ސަރުކާރުން ބަދަލުކޮށް ޖެނުއަރީ މަހު ކިޔެވުން ފަށާގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ. އެހެންވެ، އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ ދިރާސީ އަހަރުގެ ކިޔެވުމާ އެކު ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭނެ އެވެ.
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންމައެއް
10 August 2025
ހަގީގަތުގައިވެސް ސްކޫލްތައްހިގަނީ ކިހިނެއްތޯއާއި ކިޔަވައި ދިނުމުގެ ފެންވަރު މަތިނުވާން ދިމާވާ މައްސަލަތަކަކީ ކޮބައިކަންބަލާ ކަންކަން ރަގަޅުކުރުމުގެ ވިސްނުމެއް ސަރުކާރުން އެއްގޮތަކަށްވެސް ނުގެންގުޅެއެވެ. ސަރުކާރުން ކުރާ ކަމަކީ ނޫސްބަޔާން ނެރުމާއި ވެރިމީހާއަށް ސަނާކިއުމެވެ. ޕްރިންސިޕަލުން ކުރާކަމަކީ ސަރުކާރަށްތާއީދުކޮށް ސިޔާސީ ކަންކަމުގައި ޝާމިލްވެ އުޅުމެވެ.
މަންމައެއް
10 August 2025
ދެވަނަ ޓާމުގެ ކިޔެވުން ފެށިކަމުގައި ވިޔަަސް ކިޔަވައިދިނުމާއި އުގަންނައިދިނުމުގެ ހުނަރާއި ތަޖްރިބާނެތް (ޓީޗިން ނުހަދާ އޮންލައިންކޮށް ވަކިމާއްދާއަކުން ސެޓްފިކެޓް ހޯދާފައިތިބި) މީހުންނަށް ވަޒީފާދީގެން އެމީހުންލައްވާ ކިޔަވައިދިނުމުގެ ސަބަބުން ނަތީޖާތައް މިވަނީ ބައެއް ސްކޫލްތަކުގައި ވަރަށްބޮޑަށް ދަށަށްދާން ފަށާފައެވެ. ދަށަށްދާން ޖެހުނީ މިދެންނެވި ސަގާފަތް ސްކޫލްތަކުގައި އަށަގަނެ އެޑިއުކޭޝަޏުން މިކަށް ވަކިއެއްޗެއް ނުބުނެ ޢަމަލުކުރާތީއެވެ.
ކޮރަލް
10 August 2025
12އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަ އެވެ. ބިދޭސީ މީހާ ފްލައިޓް އިން މާލެ ފައިބާ ގޮތަށް ފިހާރަ، ހޮޓާ ކެފޭ، ގޮޅި ފަދަ ތަންތަނުގެ ކޭޝިއަރު ކަން ލިބެ އެވެ. އިނގިރޭސި ނޭނގުނަސް ދިވެހި ނޭގުނަސް ވަރިހަމަ އެވެ. ގިނަ ވިޔަފާޜި ތައް ހިންގަނީ އެއްވެސް ދިވެއްސަކު ނެތި އެވެ. މަހަކު ފައިދާ އަށް ދެލައްކަ ރ ލިބުނަސް ބޮޑޫ މުސާރަ އެއްގަ ދިވެއްސަކަށް ވަޒީފާ ނުދެއެވެ. ކިޔަވާ ނިމޭކުދީން ބިކަ ވެއްޖެ އެވެ.
ޓީޗަރޫ
10 August 2025
މި ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ކޮންމެ 10 ނުވަތަ 12 ދަރިވަރަކަށް ޓީޗަރަކު އެބަހުއްޓެވެ. ދެން މި ވާގޮތެއް އެޑިޔުކޭޝަނުން އެބަ ހާމަކުރަން ޖެހެއެވެ. އެއީ ބިދޭސީ ޓީޗަރުން ނުގުނައި ކޮންމެ ދޭސީ ޓީޗަރަކަށް 12 ދަރިވަރުންނެވެ. ބިދޭސީ ޓީޗަރުންނާއެކު ހިސާބުޖެހީމާ ކޮންމެ ޓީޗަރަކަށް 10 ދަރިވަރުންނެވެ.
އެހެންވޭ
11 August 2025
ހުރިހާ ރަށެއްގައި ދަރިވަރުން ތިބެނީ އެއްވަރަކަށް ނޫން. މާލޭ ސްކޫލު ތަކުގައި ކުލާހެއްގައި 30އަށް ވުރެ ގިނަ ކުދިން ތިބޭނެ. ގިނަ ރަށްރަށުގައި ގުރޭޑެއްގައި 15 ކުދިން ހަމަ ނުވޭ. ގުރޭޑެއްގަ މާއްދާއެއް ކިޔަވަން ދެ ކުދިން ހުއްޓަސް އެކުލާހަށް ޓީޗަަރަކު ދާނެ. އެހެންވީމަ ތިއަދަދާމެދު ޝައްކެއް ނުކުރެވޭ.
އަމް
10 August 2025
އަޅުގަނޑު ވަރަށްއަދަބުވެރިކަމާއިއެކު އެޑިޔުކޭޝަން މިނިސްޓަރަށް މިދަންނަވަނީ މަޑަވެލީ ސްކޫލްގެ ބައެއް ޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރުދަށްވުމުން ގިނަކުދިން މިއަހަރު ޖީ.ސީ އޯލެވެލްއިން ފާސްވާނެކަމަށް ނުބެލެވެއެވެ. އަދި ޕްރިންސިޕަލްއަކީވެސް ވަރަށް ފަރުވާކުޑަ ބޭފުޅެއްނޫނެވެ. ސްކޫލަށްވުރެ އިސްކަންދެނީ ވިޔަފާރިއަށެވެ. ދެ ހަފުތާގެ ޗުއްޓީ އަކަށް ފަހު، މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިކަމުގައިވިޔަސް ބެލެނެވެރިންނަށް އުފަލެއްނެތެވެ.
ރާއްޖެތެރެ 02.0
10 August 2025
މިހާރު މާލޭ ކުދިން ކޮޅު ތިބޭނީ ރާއްޖެތެރެއަށް އައިސް ދަތުރު ގޮސް ގޮސް ކަޅުވެފައި.