13 އޯގަސްޓް 2025 - 18:26
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މިފްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށާނެ ކަމަށާއި އެ ރަށުން މަސް ގަތުމުގެ އިންތިޒާމު ދާއިމީކޮށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މިފްކޯ އިން ބުނީ އެ ރަށުގައި ހަދަމުން އަންނަ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރު އޮޕަރޭޝަނަލައިޒްކޮށް، ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ބުނީ މިފްކޯއާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ކުންފުނީގެ މަސްކިރާ ބޯޓެއް ފުވައްމުލަކުގައި ދާއިމީކޮށް ބާއްވަން ހަމަޖައްސައި، މަސް ކިރޭނެ އިންތިޒާމު މި މަހު ހަމަޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މަސް ގަނެ ރައްކާކުރެވޭނެ ގޮތަށް ސްޓޯރޭޖް ފެސިލިޓީގެ ހިދުމަތް މި އަހަރު ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަން ދިން ކަމަށް ސިޓީ ކައުންސިލުން ވެސް ބުންޏެވެ.
މިފްކޯއިން ވަނީ އައްޑޫން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަން ވެސް ތައްޔާރުވެފަ އެވެ. އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ނިހާމް
14 August 2025
މުއިއްޒް ވަރެެއް ނެތް. ކަންކަން މިދަނީ ހީނުކުރާ ވަރަށް ބާރަށް ރަނގަޅަށް.
ބިންގަރާސް
14 August 2025
ތީގެން ދައުލަތަށް ލިބޭ ފައިދާއަށްވުރެ ބޮޑުވާނީ ލިބޭ ގެއްލުން، ނަމަވެސް މުސާރަދީފައި ތިބޭ މީހުން ބައެއްފަހަރު ތިކަހަލަ ކޮމެންޓް ކުރަންޖެހިދާނެ، ނުވަތަ ތީގެ ސަބަބުން ސީދާގޮތުން މާލީ ފައިދާއެއް ލިބޭތީވެސް ތިކަން ރަގަޅުކަމަށް ފެނިދާނެ،
ކައްޓެޅި
14 August 2025
މި ރަށަކީ މަސްކިރާ ވަރަށް މަސްބާނާ ރަށެއް ނޫން، މި ރަށުގައި މަސް ފެކްޓާރީ ހަދައި ދާއިމީ ބޯޓެއް ބޭއްވުމަކީ ބޮޑު ވޭސްޓެއް، އައްޑޫގެ ދޯންޏެއް ނާންނާނެ، ހުވަދޫ އަތޮޅު ބޯޓެއް އައިސްދާނެ އެކަމަކު އެއީ އެމީހުންނަށް ވެސް ބޮޑޫ ޚަރަދަކަށްވާނެ. އަދި ތީގެ ނަތިއްޖާއަކަށް ވާނީ މިހާރު ވެސް އަގުބޮޑުކޮށް ރައްޔިތުންނަށް ލިބޭ މަސްކޮޅު އިތުރަށް އަގުބޮޑުވުން. މީގެ ކުރިންވެސް ތި ހިތި މި ރަށު މީހުން ތަޖުރިބާކޮށްފައިވަނީ.
ބޮއްކުރަ
14 August 2025
ވެދާނެދޯ މިރަށުގައި ބަހައްޓައިގެން ސަރުކާރުން މުސާރަދޭން މަޖުބޫރު ބަޔަކު އުޅޭތީ އެމީހުންނަށް ވަޒީފާއެއް ހަދައިދެނީ ކަމަށްވެސް،