މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އެ މަގާމުގެ ހުވާ މިިދިޔަ މަހުގެ ހަ ވަނަ ދުވަހު ކުރެއްވުމަށް ފަހު، ރައީސް މުއިއްޒާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
11 ސެޕްޓެމްބަރ 2025 - 18:33
ޝަރުއީ ދާއިރާ އަށް މާލީ ބާރުވެރިކަން ދިނުމަށް، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާ އަށް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެކު، ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުވިވާނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ޖުޑިޝަރީ އަށް ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ނިންމެވިކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިއަދު ހެނދުނެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާ މިނިވަންކަމާ އެކު ހިންގުމަށް އެންމެ މުހިއްމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށް ވާތީ އެ ކަމަށް މަގުފަހިކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޖުޑިޝަރީ އަށް މާލީ ގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓާ އެކު، ލިބޭނެ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
އެ ނިންމެވުމާ ގުޅިގެން ސުޕްރީމް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޖުޑިޝަރީ ހަރުދަނާކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމުކުރުމަށް އެޅި މުހިއްމު ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުމުން އުފާކުރާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް 1/4 https://t.co/SxPGfBfcne
— Supreme Court of the Maldives (@SCMaldives) September 11, 2025
ރާއްޖޭގެ އެންމެ މަތީ ކޯޓުން ބުނީ، އެ ނިންމުމަކީ ދެމެހެއްޓެނިވި ނިމުމަކަށް ހެދުމަށްޓަކައި ގާނޫނީ ބާރުވެރިކަން ލިބިގަތުމަށް ރައީސް މުއިއްޒު މަސައްްކަތްޕުޅު ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް ޝުކުރުއަދާކުރާ ކަމަށެވެ.
އެ ކޯޓުން ސިފަކުރި ގޮތުގައި މިއީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ނިންމެވި ތާރީހީ މުހިއްމު ނިންމެވުމެކެވެ.
"މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީ އަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތްޕުޅަށް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށް އުއްމީދުކުރަމެވެ،" ސުޕްރީމް ކޯޓުގެ ޕޯސްޓުގައިވެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީގެ ވަކި ޕަސެންޓެއް ޖުޑިޝަރީ އަށް ކަނޑައަޅާއިރު، އެ ޕަސެންޓަކީ މިހާތަނަށް ޖުޑިޝަރީ އަށް ކަނޑައަޅާފައިވާ ބަޖެޓު ސީލިންގުތަކަށް ވުރެ ބޮޑު އަދަދަކަށް ވާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެ އެވެ.
އެ މަނިކުފާނު ވަނީ އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޖުޑީޝަރީ އަށް މާލީ މިނިވަންކަން ނެތުމަކީ މިނިވަންކަމާ އެކު، މަސައްކަތް ކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި އެ ދާއިރާގެ ބޭފުޅުން އަބަދުވެސް ފާހަގަކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާސަންދަ ޒީނިޔާ
13 September 2025
އަދުލުއިންސާފުގެ ކިތަށް ޕަސަންޓުތޯ ލިބޭނީ ބަޖެޓުން ޕަސަންޓެއް ދިނީމަ. 1:1 ދޯ
ސަތޭކަ
12 September 2025
100% މުސްލިމް ގައުމެއް. 100% ޣައިރު މުސްލިމް ގާނޫނެއް އޮތް ގައުމެއް.
ގާނޫނީ މޯހިރު
12 September 2025
ބައްލަވާ ސްޕްރީމްކޯޓްވެސް ދައުލަތުގެ ކުންފުނިތަކުގެ ހާލަތަށް ވެއްޓުނީތޯ، ވެރިމީހާ ކުރާކަންތައްތަކަށް ސަނާ ދަންނަވާ ހިސާބަށް ދިޔާމަ ތިޔަ ކޯޓު މަސައްކަތް ކުރާނެތޯ މިހާރު ސުވާލު އުފެދޭ، ޝަރުއީ ދާއިރާގެ ބަޖެޓަށް ވަކި އަދަދެއް ކަނޑައެޅިއަސް % އެއް ކަނޑައެޅިއަސް އެއަކުން ކުރާނެ ފައިދާއެއްނެތް، ބަޖެޓްގައި ހިމެނޭ ފައިސާ ދައުލަތަށް ނުލިބި އަދި ޝަރުއީ ދާއިރާގެ ބަޖެޓްގއި ހިމެނޭ ފައިސާ ދައުލަތުން ދޫނުކުރާނަމަ % އަކުން ކުރާނެ ފައިދާއެއް ނޯންނާނެ،
ކަޅުމުޅޯށި
12 September 2025
* އަތޮޅު ކައުންސިލް އުވާލާ ރަށު ކައިންސިލަރުން މަދުކޮށްފަ ދެން އެޚަރަދު މިދުއްވާލާނި ކޯޓް ތަަކަށް ވައިޖަހަންދޯ!!1! * ރާއްޖެތެރޭގެ ވޯޓް މާ މިހުންމެއް ނުވާނެ ތާ ދޯ؟ * ދައުރު ދަންމާލަފަ ދެން ރާއްޔިތުން ސްޕްރީމް ކޯޓަށް ދިޔައިމާ މައްސަލަ ބަލާނުގަނެ ފޮނުވާލާ ޑީލެއް ނޫންބާ !
މިސްޓަރ ވާން
12 September 2025
ތިވާނީ މުއިއްޒުގެ ޚަރަދު ކުދަކުރުމުގެ ޕްރޮޖެކްޓަކަށް.ޖު ކޯޓްތަކަށް އަތް ބޭނުމުގެ ޕްރޮޖެޓ އަކަސް ނުވާނެ ދޯ؟؟؟ހެހެ
ގޮނުއަނގަ
12 September 2025
ތިޔަކަމަކުން މަސައްކަތަށް އަންނާނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ. އެކަމަކު މުސާރައަށް އަންނަ ބައިވަރަށް ބޮޑުތަން އިތުރުވެގެންދާނެ. ތަން އުފެދުނީއްސުރު ނުނިމި ހުރި މައްސަލަތައް އެހުރީ ފުނިޖައްސާފަ. މަނިކުފާނުގެ އަތްޕުޅު ނުބީއްސަވާނެތީ ނިމެނީ ވަކި ބައެއްގެ މައްސަލަ. ވަކީލުންނަށާ ލޯފާމުތަކަށް ކުރިޔަށް ދީފައިހުރި ފައިސާތައް އެހުރީ އަގު ނުކުރެވުފައި. މިތަން ބަލާ އޮޑިޓް ކުރާނެ ބަޔަކުވެސް ނެތް. އިންސާފުގެ ގޭތެރޭގައި ވަނީ ބޭއިއންސާފު
ޢެމް. ޓީ.ވީ
11 September 2025
ޢަހަރެމެން ސަނާ ކިޔަސް، އެކްސްގައި ސްޕްރީމްކޯޓުން ރައީސަށް ވައި ޖަހާ ސަނާ ކިޔާ ހެދުމަކީ ތިޔަ ކޯޓުގެ އެއްވެސް މިނިވަންކަމެއްވެސް ބާރެއް ނެތްކަމެއްކަން. ދުވަހަކުވެސް މިދަރަޖައަކަށް ސުޕްރީމްކޯޓު އަދި ނުވެއްޓޭ މީހާއާއި އެކަށީގެމނުވާވަރުގެ ވަޒީފާ ލިބުނީވާ ވަޒީފާ ދެވެހެއްޓީ ތިހެން. ޕޮރޮފެޝަނަލް ލެވެލް މީހުންނަށް ދައްކާ މަސައްކަތުގެ ކޮލިޓީ ނުދެއްކެންޔާ ދާނީ ތިމަގުން.
×ޒ
11 September 2025
ސުޕްރީމް ކޯޓު ހާދަ ސިޔާސީ އޭ. ބަލަ ސަނާ ކިޔާ ޕްރޯމޯޓް ކުރާކަށް ނުޖެހޭ.
ޢިންސާފުހަމަ
11 September 2025
މިގައުމުގައި އިންސާފު ލިބެނވަކިބަޔަކަށް.ފްލެޓް ދިނުމުގެ މަސައްކަތް ދަނީވެސް އެމަގުން.މިހާރު ބޭނުންވާ ބަޔަކަށް 76އަށްވުރެ ޕޮއިންޓް މައްޗަށް ޖައްސަމުން ގޮސް ފްލެޓްގެ އަދަދު ހަމަކުރަނީ.ދެން 10ވަރަކަށް ފްލެޓް ބާކީ ކުރާނެ. ޢެ 10 ފްލެޓަށް 75 ގެ މީހުންގެ މެދުގައި ގުރުއަތު ނަގާނީ.އެގްރީމަންޓް އެގްރީމަންޓްގެ ޝަރުތު ހަމަވަނީ ސަފްހާގެ އަދަދުން. މާލޭގެ މުއްދަތު ގުނާގޮތް އޮތީ ބަނޑުގައި.އިންސާފު ހިނގަނީ އެވަގުތު ގައުމާއި ހަވާލުވެތިއްބަވާ ވެރިންގެ ހައްގެއް
ހަގީގަތުގައިވީގޮތް
11 September 2025
މިއީ ޝަރުޢީ ދާއިރާގެ ޢާންމު އިދާރީ މުވައްޒަފުންގެ މުސާރަ މި އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުކުރަން ވީ ވައުދު ނުފުއްދަންވެގެން ކުރިކަމެއް. ޝަރުއީ ދާއިރާއަށް ބަޖެޓެއް ނުލިބިގެނެއް ނޫން މައްސަލަތައް ނުހިނގަނީ. ތާކުންތާކު ނުޖެހޭ މީހުން ކޯޓުތަކުގެ ފަނޑިޔާރުންނަށް އައްޔަންކުރީމާ މައްސަލަތައް ލަސްވެގެން އުޅެނީ. ހުސްނުއްސުއޫދުމެން ޝަރިއަތްތައް ނިންމާލަނީ 3 ހަފްތާގެ ތެރޭގައި. ބޯދާ ފާޑުގެ މީހުން 5 އަހަރުން ނިންމާނީ