ރައީސް ޑރ. މުހައްމަދު މުއިއްޒު: ޖުޑިޝަރީއަށް ބަޖެޓުން ވަކި ޕަސެންޓެއް ކަނޑައަޅަން އެމަނިކުފާނު ވަނީ ނިންމަވާފައި..-- ފޮޓޯ: ރައީސް އޮފީސް
11 ސެޕްޓެމްބަރ 2025 - 09:09
ޖުޑީޝަރީއަށް މާލީ ބާރުވެރިކަން ދިނުމަށް، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާއަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޖުޑީޝަރީ މިނިވަންކަމާ އެކު ހިންގުމަށް އެންމެ މުހިއްމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށާއި އެކަމަށް މަގުފަހިކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖުޑިޝަރީއަށް މާލީ ގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓާ އެކު ޖުޑިޝަރީއަށް ލިބިގެންދާނެ ބޮޑު ބަދަލެއް ގެނައުމުގެ މަޝްވަރާ ވަނީ ކުރެވިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން އިއްޔެ ނިންމަވާފައިވާ ކަމަށެވެ.
"އެގޮތުން ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި،" އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވި އެވެ.
ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާއިރު އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން…
— Dr Mohamed Muizzu (@MMuizzu) September 11, 2025
ރައީސް ވިދާޅުވީ އެ ޕަސެންޓަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގްތަކަށް ވުރެ ބޮޑު އަދަދަކަށް ވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ވެސް ރައީސް ވިދާޅުވި އެވެ.
ޖުޑީޝަރީއަށް މާލީ މިނިވަންކަން ނެތުމަކީ މިނިވަންކަމާ އެކު މަސައްކަތްކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި އެ ދާއިރާގެ ބޭފުޅުން އަބަދުވެސް ފާހަގަކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވައިކަރަދޫ އިދުރީސް
11 September 2025
ލައްކަ ވެރިކަން ފެނިއްޖެ. އެކަމަކު ކަމެއް ދާއިމަށް ހައްލުކުރަން އުޅޭ ވެރިއެއް މުއިއްޒު ނޫނީ ނުދެކެމު. ބްލޮކް ގްރާންޓް ދީގެން ސަރުއީ ދާއިރާއަށް ދިމާވެފައިވާ ފައިސާގެ ބޮޑު ގޮންޖެހުމަށް ހައްލު ހޯދޭނެކަންވެސް މި އެނގި ވަޑައިގަތީ މުއިއްޒުއަށް. އެހެންވީމައޭ ކިޔަވައިގެން ތިބޭ ވެރިން ހޮވަންވީ. ސާބަސް ރައީސްގެ ތިޔަ ކުޅަދާނަ މަސައްކަތަށް
×ޒ
11 September 2025
ސުޕްރީމް ކޯޓު ހުރި ބިން ގެސްޓް ހައުސް އަކަށް ބަދަލު ކޮއްފައި ޖުޑިޝަރީ އަށް ރުފިޔާ ހޯދާ
ވިލްދާން މުހައްމަދު
11 September 2025
ކުދިންނޭ މާލީ ބާރު ވެރިކަމަކީ މިނިވަން ވުމުގެ އަސްލު، ކޯޓުތަކަށް ދެކޮޅު ނުޖެހޭ ބަޖެޓެއް ފާސްކޮށް ދީފަ މި ކިޔައި ކޯޓުތައް މަސައްކަތް ނުކުރާ ވާހަކަ، މުވައްޒަފުންނާއި ފަނޑިޔާރުންނަށް އެކަށީގެންވާ ވަޒީފާގެ މާހައުލެއް ނުލިބި ކިހިނެއް މަސައްކަތް ކުރާނީ، ކޯޓުތަކުގެ އުމުރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް ކުރިއަރުވާނެ ގޮތެއް ނެތް ބަޖެޓުގެ ދަތިކަމުން. މާލީ މިނިވަންކަން ލިބިގެން ކޯޓުތަކަށް މިނިވަންކަން ލިބޭނީ.. ޝުކުރިއްޔާ ރައީސް ބެޓަރ ޗޭންޖް
ގޯހެއް
11 September 2025
ދިވެހިރާއްޖޭގެ މާލީހާލަތު އިންތިހާއަށް ދަށްވެފައި ބޭރުގެ ދަރަނި އަތްނުފޯރާފަށަށް މައްޗަށް ގޮސްފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ހެވެއްއެދޭނެ މީހަކު ތިއަފަދަ ކަމެއްކުރަން ހިތަސްވެސް ނާރުވާނެކަން ޔަގީން. މިހާރުވެސް ޖުޑިޝަރީއަކީ ބޮޑުމުސާރައާއި ގިނައެލަވަންސް ނަގައިގެންތިބެ ބޭއިންސާފުން ކަންކުރަމުންދާ ބައެއް. ތިގޮތަށް ގަނޑުކޮށް ފައިސާދީފިނަމަ ޝަރުއީދާއިރާގެ ހާލަތު ދަށަށްދާނެ. އެކަކުއަނެކަށް ތެޅޭނީ ލާރިނުކެވިގެން.
އަފްރާސިޔާބު
11 September 2025
އޭކީއްވެ؟ ދައުލަތުގެ އޮންނަނީ 3 ބާރު. އެއީ ވެރިކަންކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލުއިންސާފުގެ ބާރު. މިއޮތްހުރިހާ ދުވަހު ރައްޔިތުންދޭ ފައިސާގެ މައްޗަށް ބާރުފޯރުވާފައިވަނީ ވެރިކަން ކުރުމުގެ ބާރުން. އެހެންވީމާ 3 ބަޔަށް ރައްޔިތުންދޭ ފައިސާ ބަހާލުމަކީ ވަރަށް ރައްޔިތުން ބޭނުންވާކަމެއް.
ބްރޯސް
11 September 2025
މާލީ މިނިވަންކަމަކީ ކޮބާ ކަމެއް ކޮމަންޓު ކުރާ ބައެއް މީހުންނަކަށް ނޭނގޭ . މާލީ މިނިވަންކަން ނެތުމުން ކޯޓުތަކުގެ މަރާމާތާ އަދި ފަރުނީޗަރު ހޯދަންވީމާ ވެސް ކޯޓުތަކުން ފިނޭންސް މިނިސްޓްރީގައި އިންނަ ސިޔާސީ މީހަކަށް ގުޅާ އާދޭސްކުރަން އެބަ ޖެހޭ. ސިޔާސީ މީހުން ބޭނުންވާ ޙުކުމެއް ނެރެ ނުދޭނަމަ ބަޖެޓް ނުދީ ހިފަަހައްޓަން ފުރުސަތު އޮވޭ. މިފަދަ ނުފޫޒުތަކުން ކޯޓުތައް ދުރުކުރަން މާލީ މިނިވަންކަން ބޭނުންވަނީ.
ޟީހސހަހަ
11 September 2025
ޜަށްރަށުގަ 1000 ހަމަނުވާ އާބާދީތަކުގަ އުޅެ ފަޑިޔާރުންނަށް އަހަރެއް ތެރޭ މައްސަލައެއް ނާންއިތުވެސް 43000 ރުފިޔާ އެބަދޭ
ޝަނީނު
11 September 2025
ޝުކުރިއްޔާ ރައީސް، ޖުޑިޝަރީއަށް އާމުދަނީ ވެއްދޭނެ ގޮތެއް ހޯދަދޭން އެބަޖެހޭ، ވީމާ މޯލްޑިވްސް ޖުޑިޝަރީ ކޯޕަރޭޝަން ގެ ނަމުގަ ވިޔަފާރި ކުންފުންޔެއް އޮތުން ވަރަށް މުހިއްމު ކަމެއް. އޭރުން ޖުޑިޝަރީ އަށް ބޭނުންވާ ޑޮލަރު ހޯދަން ޖުޑިޝަރީ ކުންފުނިން ޓޫރިޒަމްގަ އިންވެސްޓް ކުރެވޭނެ/ މިކަމަށް ބޭނުންވާ ފައިސާ ޖުޑިޝަރީއަށް ފަސޭހަ ކަމާއި އެކު ހޯދުމުގެ ގާބިލްކަން ގާއިމު ކުރުމުގަ ރައީސްގެ ތިނެންމެވުން ފުދޭނެ.
މަރިޔަމް މާހީ
11 September 2025
މިހާރުވެސް ޖުޑީޝަރީގެ މުސާރަތައް އިންތިހާއަށް ބޮޑެވެ. ސިވިސލްސަރވިސް ގެ އިދާރީ މަޤާމުތަކަށް އެންމެ 6000ރ 70000ރ ގެއަށްގެންދަން ނުލިބޭ!!! މީތޯ މުސާރައިގެ ހަމަހަމަ ކަމަކީ. އެއްބަޔަކު ފައިސާއިން ހިތްފުރާލުމަށް ދުނިޔެއިން ބޭރަށް އުދުހެނީ< އަނެއްބަޔަކު މުސާރަކޮޅު ހިފައިގެން ކަންމަތީ ފިހާރައަށް ދަރަނިދައްކަން. މުސާރަކޮޅުން ދެކޮޅު ނުޖެހޭ!!
މޮޔަފުޅުނުވޭ
11 September 2025
މޮޔަފުޅުވީތޯ. މުސާރަތައް ހުރީ ދެ ދާއިރާގަ އެއްވަރަށް. 2009 ގެ ފަހުން ޝަރުއީ ދާއިރާގެ މުސާރަ ބޮޑެއް ނުވޭ. ކިތައްފަހަރު އެހެން ދާއިރާތަކަށް ބޮޑުކޮށްފިތަ؟؟؟ މީހަމަ؟ ޖުޑީޝަރީގަ އިތުރަށް ދެނީ ނޮންޕްރެކްޓިކަލް އެލަވަންސެއް. އެއީ އެމީހުންނަށް އިތުރު މަސައްކަތްތައް ކުރުން މަނާކޮށްފަ އޮންނާތީ. އެހެން މީހެއްގެ ވަޒީފާއެއް އަދާކުރުން މަނާކޮށްފަ އޮންނާތީ/ އެގޮތަށްތަ ސިިވިލް ސާރވިސްގަ؟ ބޭނުންވަޒީފާއެއްގަ އެތައް މިތާ އުޅެންވީ. މަނާކަމެއްނެތް.
ބަޖެޓުކައްޕި
11 September 2025
މަނިކުފާނު ދައުލަތުގެ އާމްދަނީ މާނަކުރައްވަނީ ކިހިނެއްތޯ، ދައުލަތަށް ލިބޭ އާމްދަނީތޯ ނުވަތަ އަންދާޒާ ކުރާ އާމްދަނީތޯ، ލޯނާއި ހިލޭ އެހީ ހިމަނައިގެންތޯ ނުވަތަ ނުހިމަނާތޯ، މި ސުވާލުތަކުގެ ޖަވާބު ލިބުނީމަ އެގޭނީ ތީގެން ކުރާނީ ހެޔޮ އަސަރެއްތޯ،، އަޅުގަނޑަށް ތިޔަކަންތައް ފެންނަނީ ޖުޑިޝަރީގެ ބަޖެޓް ސަރުކާރުން ބޭނުންވާ ގޮތަކަށް ބައްޓަން ކުރަން ހުޅުވާ ދޮރެއްހެން، ބަޖެޓް ކުރާއިރު ދައުލަތުގެ އާމްދަނީ ފިނޭންސް މިނިސްޓަރ ބޭނުން ގޮތަކަށް ހެދިދާނެތާ،
ޕާޓީއަށް ދޭ % ކަނޑާލާ
11 September 2025
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުގެ % ކަނޑައަޅާ ދެނީ ކީއްކުރަން ކޮން މޮޔައެއް ވެގެން؟ ރައްޔިތުންނަށް ގެއްލުމާ ހަލާކު ދޭބައެއް އެއީ. ގައުމު ފިތުނަކޮށް، ގައުމުގެ ޓޯޓަލް ޑިވެލޮޕްމަންޓް ހުއްތުވާބައެއް އެއީ. އިޖުތިމާޢި ފޭރާނަ ހަލާކުރާ ބައެއް އެއީ. ގައުމު ހަމަނުޖެހުމަށް ވައްޓާލާ ބައެއް އެއީ. އެކަން ކުރަން ރައްިރުންގެ ފައިސާއި % ކަނޑައަޅާފަ ދޭންޖެހޭ ބައެއްތަ އެއީ؟؟
އަފްރާސިޔާބު
11 September 2025
ދައުލަތުގެ އާމްދަނީ އިން ޖުޑީސަރީއަށް ފައިސާނުދީ ފިނޭންސް މިނިސްޓްރީން ހިފަހައްޓާތީ ރައީސުލްޖުމްހޫރިއްޔާ އެހަމަޖެއްސެވީ ރައްޔިތުންދޭ ފައިސާ އިން ޖުޑީސަރީ އަށް ބައެއް އަޅަން. ދެން ފިނޭންސަކަށް ނުހިފެހެއްޓޭނެއްނޫން. ސާބަހޭ ރައީސުލްޖުމްހޫދިއްޔާގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ފިނޭންސް މިނިސްޓަރު ހިފަހައްޓާތީ އެދަތި ނައްތާލަން ތިޔަ ކުރެއްވި ބުއްދިވެރި ފިޔަވަޅަށް.
ހެދުނުގޯސް23
11 September 2025
ދައުލަތުގެ ބަޖެޓުން ޕަސަންޓޭޖްއެއް ފަޱިޔާރުގެޔަށް ދޭން މިޖެހުނީ ކީއްވެކަންވިސްނާވިސްނާވެސް ފަހުމެއްނުވި، މީއަހަރަކު އެއްފަހަރު ހުރިހާ ފަޱިޔާރުންނަށް ބަހާލަން ދޭ އެއްކަލަ ކަހަލަ ހަދިއާއެތްބާ...
ސަރުދާރުު
11 September 2025
ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ކައުންސިލް ތަކަށް ލިބޭ، އަދި ވަކި ޕަސެންޓެއް ސިޔާސީޕާޓީތަކަށް ލިބޭ، ރަޖިސްޓަރީކޮށްގެން ހިންގާ ނޫސްތަކަށް ލިބޭ ދެން ޖުޑިޝަރީއަށް ނުލިބުމަކީ އަރަތެއް ނޫންތަ. އެއީ ދައުލަތުގެ 3 ބާރުން 1 ބާރު.
އަފްރާސިޔާބު
11 September 2025
ނޫން. އެއީ އެމީހުން ތައިލެންޑުން ތަޖުރިބާ ހާސިލުކުރުމަށް ދިއުމަށް. ހަދިޔާއަކީ ގެއަށް ގެންދަން ދެވޭ އެއްޗެއް.