04 ނޮވެމްބަރ 2025 - 14:39
ހުޅުމާލޭ ޕޮލިސްގެ އެންމެ އިސްވެރިޔާ އަދި އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ދާއޫދަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށް، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިދިޔަ މަހުގެ 14 ގައި އާންމުކުރި ރިޕޯޓުގައިވާ ގޮތުން ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަ ވެފައި ވެ އެވެ. ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ގޮތް ނޭނގޭ ފައިސާތަކެއް ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާކަން ފަޅާއަރާފައިވަނިކޮށް، ހަމަ އެ ދުވަހު ހުޅުމާލޭ ޕޮލިސް ސްޓޭޝަން ހިންގުން ވަގުތީ ގޮތުން އަހުމަދު މުހައްމަދާ ހަވާލުކުރި އެވެ. ފުލުހުންގެ އޮފިޝަލަކު އޭރު ވިދާޅުވި ގޮތުގައި ވަގުތީ ގޮތުން ދާއޫދުގެ މަސްއޫލިއްޔަތުތައް އެހެން ބޭފުޅަކާ ހަވާލުކުރީ ދާއޫދު ޗުއްޓީއަކަށް ވަޑައިގަތުމުންނެވެ.
އޭނާ ޗުއްޓީ ނިންވެވުމަށް ފަހު މަސްއޫލިއްޔަތަވާ ހަވާލުވެވަޑައިގަންނަވަންދެން ހުޅުމާލެ ޕޮލިސް ހިންގުން އަހުމަދު މުހައްމަދާ ހަވާލުކުރީ ކަމަށް އޮފިޝަލު ވިދާޅުވިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ދާއޫދުގެ ބަދަލުގައި ދާއިމީކޮށް އެ މަގާމަށް އަހުމަދު މުހައްމަދު މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި ދާއޫދު ބަދަލުކުރި ތަނެއް ވެސް އަދި ސާފެއް ނޫނެވެ.
އެކަމަކު އެކަމާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ވެރިއަކަށް ހަމަޖެއްސެވި އަހުމަދު މުހައްމަދަކީ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ނިންމި ނިންމުމަކާ ގުޅިގެން ވަޒީފާއިން ވަކިކޮށް އެކަމަކު ދާދި ފަހުން ފުލުހުންގެ ވަޒީފާ އަނބުރާ ދިން ބޭފުޅެކެވެ.
ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، އެކަންކަން އޭސީސީގެ ސިއްރު ރިޕޯޓެއްގައި އޮތުމުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަން ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން އޮތް ލިސްޓުގައި ދާއޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި މިހާރު ރިޓަޔާ ކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހުމަދު ޝުހާދާއި ހަސަން ހަބީބުގެ ނަން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ޕޮލްކޯގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން ވިސްލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެގެން އެ ދެ މީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން އެނގެން އޮވެ އެވެ. އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އެކަމަކު، ދާއޫދުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލުން ފަހުން ނެރުއްވި ބަޔާނެއްގައި ވަނީ ނާޒިމްގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ވާހަކަތައް ދޮގުކޮށް ދާއޫދުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައި ނުވާނެ ކަމަށެވެ. އަދި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ދާއޫދުގެ އެކައުންޓް މެދުވެރިކޮށް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާގެ ގާނޫނީ ވަކީލުން ދެއްވި އެވެ.
ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީއާ ގުޅޭ އެއްވެސް ފައިސާއެއް ދާއޫދަށް ލިބިފައި ނުވާކަން ދައުލަތުގެ ފަރާތުން ކުރިއަށް ގެންދިޔަ ތަހިގީގުތަކުންނާއި ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެ ކަމަށެވެ.
ދާއޫދުއަށް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު 2021 ގައި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީފާ އިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. އެކަމަކު އޭރު އޮފިސަރުންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ނިންމުމަށް އަމަލުކުރުން ކޯޓުން ހުއްޓުވީ އެވެ. ފަހުން، ޕޮލިސް ބޯޑުގެ ނިންމުން ކޯޓުން ބާތިލުކުރުމުން އޭނާ މިހާތަނަށް ވެސް ހުރީ ފުލުހުންގެ ވަޒީފާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްޒް ޕޮލިޒް
05 November 2025
އެމްޓީސީސީ ބަސް ނުގަވާއިދުން ދުއްވީމަ ރިޕޯޓުކުރާނެ ނަންބަރެއް ބަހުގެ ފަގަތުގައި އެބަ އިދޭ މިހާރު. މަބުނީ ދެން ފުލުހުން ހިންގާ ގާނޫނާ،، ކޯޑު އޮފް ކޮންޑަކުޓާ ހިލާފު އަމަލުތައް އާއްމުން ރިޕޯޓު ކުރާނެ ގޮތެއް ކޮބާހޭ؟ ނަވީނު ސޯ ވެސް މަގާމު ލިބުނީމަ ބަހަބަރު. ކެނޑިހާ ފޮނި ހަނދާން ނެތިނުދޮގެ؟ ހިލަމެއް ވެސް އެބޭޅާގެ މިހާރު.
މަޖުލިސް
05 November 2025
ފުލުހުން ހިންގާ ޖަރީމާ ރިޕޯޓު ކުރެވޭނެ އެއްވެސް ގޮތެއް ނެތް. ދާއުދު ހިންގި ޖަރީމާ މެންބަރު .. ނާޒިމު މެން އަތުޖެއްސި ފަދައިން ރައްޔިތުންނަށް ނިކަން ކައިރިން ފުލުހުންގެ ޖަރީމާތައް އޮން އޮފް ޑިއުޓީގައި ވެސް ފެނޭ.
ޓޮޓީ
05 November 2025
އިހަކަށް ދުވަހަކު މަގޭ ރައްޓެއްސެއް އޭނާ އޮފީސް ދޮރުމަތިން ޕާކު ކުރާނެ ތަންކޮޅެއް ހޯދަން ސައިކަލު ފަހަތަށް ކުރިއަށް ޖައްސަން އިންދާ ނިކަން ދަ ގައްޑާ ހެދިފަ އައި ފިރިހެން ޓުރެފިކު ފުލުހަކު މިބުނަނީ ތި ދުއްވަނީ މަގުގެ އިދިކޮޅަށޭ. އަޖައިބު ނުވާނެ؟ މާލޭގެ މަގުމަތީ ރޫސް ރޫސް ލާފަ ބިރުވެރި ފާޑަށް އެދުއްވާ އެންމެ ސޮރަކާ ވެސް ފުލުހުންނަށް ކައިރި ވާން ނުކެރޭ އިރު ގަވައިދާ އެއްގޮތަށް ސައިކަލު ޕާކު ކުރެވޭތޯ އުޅޭ މީހުން މިފަހަނީ. ހޭބަލި ވެދާނެ !!
އެހުވާ
05 November 2025
ތިލީ މީހަ އަނެއްކާ ހުވާ ކުރިތޯ ބަލަ ފެލެ.
ޖަމީލު
04 November 2025
ވިޔަފާރިކުރުން މަނާ، ޓެކްސީ ، ޕޮލްކޯ، ގަރާޖް، އޭސީ، މިހެން ކިޔާނެކަމެއް ނެތް
މަނީ މަނީ ޔެސް ސޯ
05 November 2025
މަނަލޭ މަނަލޭ. މަނަލަސް ނިކަން ރުފިޔާ ބޭނުންވަ ބައެކޭ ފުލުހުން. ލޮލް
ގުދުގުދުލީބެއްޔާގެ ތެދުބަސް
04 November 2025
24 ގެ ބެކްގުރައުންޑް ޗެކެއް ހަދާފަތޯ ވަޒީފާ ހަވާލުކުރީ؟
ހުސަ
04 November 2025
ފުލުހުންގެ މުއައްސަސާގައި އެއްތަނުން އަނެއްތަނަށް މީހުން/ވެރިން ބަދަލުކުރުމަކީ ޢާންމު ކަމެއް! އެއީ ސަރުކާރުގެ އެހެން ބައެއް އޮފީސް ތަކުގައިވެސް ކަން ހިގާމަގު! ދެން މާވަރު ދައްކައިގެން ފުލުހުންގެ ވާހަކަ ލިޔާކަށް ނުޖެހޭ! މީގައި ލިޔަންވީ ކޮރަޕްޝަން ހިންގައިގެން ފިޔަވަޅު އެޅިތޯ ނުވަތަ އަޅާނެތޯ މިކަހަލަ ވާހަކަތައް! ކޮރަޕްޝަން ހިންގައިގެން އެތައް ބަޔަކަށް ތުހުމަތިކޮށް ރިޕޯޓްތައް ނެރޭއިރު އެމީހުން މަގާމުތަކުގައި ވަޒީފާގައި އުޅޭ ސަބަބު ހޯދަންވީ!
ގޯ ހޯމް
05 November 2025
ލިޔަން ޖެހޭ. ސަބަބަކީ ޔުނީފޯމު އަޅައިން ތިބެ ޖަރީމަ ހިންގަނީ ހައްދެއް ނެތި. ރައްޔިތުންގެ ފައިސާއިން ބޮޑު ފަލަ މުސާރައާ އިނާޔަތް ދީފަ ތިބޭއިރު ތާހިރުކޮށަ އުޅެން ނޭގރންޔާ ޔުނިފޯމު ބާލާފަ ފެހޭ!!!
ބޮޓީ
05 November 2025
މަބުނީ ކޮރަޕްސަން ލިޔަނީ ކެހެނަކުން އެހިންގި މީހާ އުޅޭތަން ނުލިޔެ؟ ކައެ އަޅެ ތީ ވާންޗޯ ބުރާންޗޯތޭ؟
މަޖިިލސް1
04 November 2025
ތިތަނަށް ލީ ބޭފުޅާގެ ފަތިފުށް ޖަހާލަބަލަ. ޖެހިލުމެެއްނެތި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަން އަމިއްލަ އިބާރާތުން ބެސްޓް ފުރެންޑަށް ފޮނުވައިފައިވާ ވައިބަރ މެސެޖްތަކުން އެނގޭނެ. ޢެ ސްކްރީން ޝޮޓްތައް ސޯޝަލް މީޑިއާގައި މިހާރުވެސް އެހެރީ ފެންނަން.
ވައިސްބުރޯ
04 November 2025
ދެބުރޯ އަކީވެސް ބުރޯގެ ވަރަށް އިހުލާސްތެރި ބުރޯ. ތިޔަ ކަހަލަ ކަންކަމުގާ ބުނެ އުޅޭ ދިވެހި ހަރުބަހެެއް އޮވޭ.
ޗާބީ
04 November 2025
ދިވެހިން ބުނެއުޅެނީ ހުސް ބުރޯއިންނެވެ.
އިބުރ
04 November 2025
ހުރިހާ އެއްޗެއް ހާމަކުރަން އައި ސަރުކާރަކުން ރިޕޯރޓެއް ހެދިޔަސް، ލަވައެއް ކިޔާލިޔަސް، އެއްޗެއްގަ ސޮއިކުރިޔަސް، ދަތުރެއް ކުރިޔަސް އޭގެއިން ބައެއް ނޫނީ މުޅި އެތި އެބަ ސިއްރުކުރޭ. ކިހިނެއްވާ ކަމެއްބާއޭ ހިތަށް މިއަރަނީ. ބަލަ އަހަރެމެންނަށް އެނގެން އެބަޖެހެޔޭ ޓެކްސް ފައިސާގައި ތިޔަ މީސްމީހުން ކުރި ނުވަތަ ކުރާ ކަންކަން.