ޚަބަރު / ރައްޔިތުންގެ މަޖިލިސް

އެސިސްޓެންޓް ކޮމިޝަނަރު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ ދާއޫދު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ހާމަކޮށްފި އެވެ.

ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.

ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ހަމަ އެއާ އެކު މުހައްމަދު ދާއޫދު އަދި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން މއ. ތަޅަމުދިގޭގެ ކުލި، މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވަމުން ދިޔަކަން ފާހަގަކުރެވިފައި ވާއިރު އެ ގޭގެ ވެރިފަރާތަކީ މުހައްމަދު ދާއޫދު ނުވަތަ އޭނާގެ އަންހެނުން ނޫން ކަމާއި އެ ގޭގެ ކުލި އެ ދެ މީހުންނަށް ލިބޭނީ، އެ ގެ ހެދުމަށް އެ ދެ ފަރާތުން އިންވެސްޓްކޮށްފައި ވުމުން ކަމުގައި [ވާތީ] އޭނާ އަށް އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ނިންމާފައިވޭ،" ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

މި މައުލޫމާތުގެ އިތުރުން ނާޒިމް ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ވެސް ފާހަގަކުރެވިފައި ވެ އެވެ. އެކަމަކު، އެކަންކަން ސިއްރު ރިޕޯޓެއްގައި އޮތުމުން ހާމަކުރެވެން ނެތް ކަން ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން އޮތް ލިސްޓުގައި ވެސް ދާއޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި މިހާރު ރިޓަޔާ ކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހުމަދު ޝުހާދާއި ހަސަން ހަބީބުގެ ނަން ހިމެނޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ޕޮލްކޯގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން ވިސުލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެން އެ ދެމީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި އެ އެގްރީމެންޓް ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި. މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި. އެހެންވީމާ، 10.5 މިލިއަން އާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓްކޮށްފައި މި ވަނީ. އެ އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ.--- ނާޒިމް

ނާޒިމް ވިދާޅުވި ގޮތުގައި، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން ދާއޫދު އެޕާޓްމެންޓެއް ބައްލަވައިގެންފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ. އެއީ 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެކެވެ. އެ އެޕާޓްމެންޓަށް 10 އިންސްޓޯލްމެންޓުން ނަގުދު ފައިސާ ދައްކައި ނިންމާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަނީ: ފުލުހުންގެ ކުންފުނި ޕޮލްކޯގެ ކޮރަޕްޝަންގެ ތުހުމަތާ ގުޅޭ ރިޕޯޓު މި ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްކޮށް މިއަދު ވަނީ މައި ކޮމިޓީ ނުވަތަ މާލިއްޔަތު ކޮމިޓީ އަށް ފޮނުވާފައި.---ފޮޓޯ: މަޖިލިހުގެ އިދާރާ

"މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި. މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި. އެހެންވީމާ 10.5 މިލިއަނާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓު ކޮށްފައި މި ވަނީ. އެ އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނެވި ދުވަސްވަރު ސިންގަލް ސޯސްކޮށްގެން ބޮޑީ ކެމެރާ ގަތުމަށް ކުންފުންޏަކަށް 66 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ދިން އިރު އެކަމުގައި ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލައެއް ނާޒިމް ފާހަގަކުރެއްވި އެވެ. ސަބަބަކީ، އެ ތަކެތި ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ ބީލަމަށް ހުޅުވާލުމަށް ފަހު، އެ ބީލަން ބާތިލްކުރުމަށް ފަހު، އެކަމަށް ޝައުގުވެރިވި އެއް ކުންފުންޏަށް ސިންގަލް ސޯސް އުސޫލުން ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތުމެވެ.

މަގާމުން ވަކިވުމަށް ފަހު ހަމީދު އެ ކުންފުނީގެ މަގާމެއް އަދާކުރި ކަމަށާއި އެކަމުގައި ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތު ކުރެވޭތީ އޭސީސީން އެކަން އިތުރަށް ބަލާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭސީސީން އެންމެ ފުރަތަމަ އެކަން ބެލި އިރު ޕްރޮޖެކްޓް ހަވާލު ކުރުމުގައި މައްސަލައެއް ފާހަގަނުކުރެވޭ ކަމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޕޮލްކޯގެ އަނެއް ބޮޑު ކޮރަޕްޝަންގެ ތުހުމަތު ކުރެވެނީ، އެ ކުންފުނީގެ ދަށުން ހިންގާފައިވާ ކޭޓަރިން ޕްރޮޖެކްޓްތަކުގަ އެވެ. ޕޮލްކޯ އާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހިންގި ކޭޓަރިން ޕްރޮޖެކްޓްތަކުގައި އެގްރީމެންޓްތައް ހަދާފައިވަނީ އަބަދުވެސް ޕޮލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ފަސް އަހަރަށް ހަދަން ކަނޑައެޅި އެގްރީމެންޓެއް 10 އަހަރަށް ހަދާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިސާބުތަކުން ދައްކާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާ ހިސާބަށް ޖުލައި މަހުގެ ނިޔަލަށް 564 މިލިއަން ކެއިން ބުއިމަށް ހަރަދުކޮށްފައި އެބަ އޮތް. ކޮންޓްރެކްޓްގެ ދަށުން. މި އަށް ވަރަށް ބޮޑު ވޭރިއޭޝަނެއް އައިސްފައި އެބަ އޮތް. އަދި އިތުރުވި ތަންތަން އެގްރީމެންޓަށް އިތުރުކޮށްފައި އޮތީ،" ނާޒިމް ވިދާޅުވި އެވެ.

61 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 15%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްކަލަ މީހާ ދޯ

16 October 2025

ނާޒިމް ދެއްކެވީ ހަގީގަތެއްނެތް ވާހަކައެކެވެ. އެހެންކަމަށް ވާނަމަ ދާވޫދުގެ އެކައުންޓަށް ވަދެފަވާ ފައިސާގެ ތަފުސީލު ހާމަ ނުކޮށް ތިޔަ ދާވޫދު ތިޔަ ހުންނަނީ ކީއްވެބާ؟

The name is already taken The name is available. Register?

ހަސަނުބޭ

15 October 2025

މިރާއްޖޭގަ ވަގުން ހާދަ ގިނަ ވެއްޖެ އޭ ދޯ! ސަހަލު އެކަކު ވެސް ނެތް. ދިވެހި ދިދައިން ވައްކަން ކޮސްފަ ތިބި މީހުން، އެހެން މީހުން ވައްކަން ކުރާ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

15 October 2025

ފަނަރަ ނުވަތަ 30 ޑިޕާޓްމަންޓް ނުވަތަ ޑިވިޝަން ތަކުގެ ނަންތައް ދީގެން އެތަންތަނަށް ވެރިން ލާފައި ތިބިކަމަށް ވިޔަސް މިދެންނެވި ޑިޕާޓްމަންޓް ހެދިގައި ހުރީ އިސްކަންދަރު ކޮށީގައި ހުންނަ ކޮޓަރިއެއްގެ ތެރޭ ބަހައްޓާފައި ހުރި މޭތި ތަކުގެ ވަށާއިގެން ބަހައްޓާފައި ހުންނަ އިސްކޮޅަށް ވުރެން ތިރި އޮފީސް ޕާޓިޝަން ތަކަކުން. މާނައަކީ އޮފިސަރުން ބޭނުންވިޔަސް މިނިވަންކަމާއިއެކު އެއްތަނުން އަނެއްތަނަށް ބާރުނުހިގާގޮތަށް ކަންކަންބަލާނެ ވެއްޓެއްވެސް ތިތަނުގައި ނެތޭ.

The name is already taken The name is available. Register?

ޖަންބޭ

14 October 2025

ޔުނީފޯމުގެ ނިވަލަށް ވަދެ ތިބެ ޖަރީމާ ހިންގުން ހުއްޓުވުން މާ ލަސްވެސް ވެއްޖެ މިރާއްޖޭގައި. ތިފާޑު އެތައް އޮފިސަރުންނަކާ ހެދި ފުލުހުންނާ ސިފައިންގެ އަބުރާ ޝަރަފު ގެއްލި ރައްޔިތުންގެ އިތުބާރެއް ނެތް.

The name is already taken The name is available. Register?

ސ‫ިފައިން

14 October 2025

ކ‫ޮބާތޯ ސިފައިންގެ ތެރެއިން އަދބުރޯ އަތުން ލާރި ނަގައިގެން ބުރޯ ބޭނުންވާ މައުލޫމާތުދީ ބުރޯ ބޭނުންވާ ގޮތަށް އަންޑަރ ކަވަރ އޮޕަރޭޝަން ހިންގި މީހުން. މި މީހުނަށް ފިޔަވަޅު ނާޅަ މި ދެ މުއައްސަސާ ގެ އަގު ހިފެހެއްޓޭނެ ކަމާއިމެދު ޝައްކު. އެއް ފުޅައްމަތީން ފުއްމާލި ބަކަރި ހަތްފުޅަށް މަތީން ފުންމަާނެ. 1ކޭ ޑޮަލަރަށް ވިކޭ މީހޫން 2ކޭ އަށް ވެސް ވިކޭނެ. މިއީ ޤައމގެ ވެރިން ވިސްނަން ޖެހޭ ކަމެއް. މަދު ބައެއްގެ ސަބަބުން މި ދެ މުއައްސަސާގެ އަގު ވެއްޓޭ އިރުވެސް އަޅާނުލާ ތިބޭތީ ހިތާމަ ކުރަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 October 2025

ފަނަރަ ނުވަތަ 30 ޑިޕާޓްމަންޓް ނުވަތަ ޑިވިޝަން ތަކުގެ ނަންތައް ދީގެން އެތަންތަނަށް ވެރިން ލާފައި ތިބިކަމަށް ވިޔަސް މިދެންނެވި ޑިޕާޓްމަންޓް ހެދިގައި ހުރީ އިސްކަންދަރު ކޮށީގައި ހުންނަ ކޮޓަރިއެއްގެ ތެރޭ ބަހައްޓާފައި ހުރި މޭތި ތަކުގެ ވަށާއިގެން ބަހައްޓާފައި ހުންނަ އިސްކޮޅަށް ވުރެން ތިރި އޮފީސް ޕާޓިޝަން ތަކަކުން. މާނައަކީ އޮފިސަރުން ބޭނުންވިޔަސް މިނިވަންކަމާއިއެކު އެއްތަނުން އަނެއްތަނަށް ބާރުނުހިގާގޮތަށް ކަންކަންބަލާނެ ވެއްޓެއްވެސް ތިތަނުގައި ނެތޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 October 2025

ތިޔަ ބަދަލަކީވެސް ނަމަކަށް ގެނެވުނު ބަދަލެއް. ފުލުހުންގެތެރޭގައި ހިގާ ކަންކަމާއި، ފުލުހުންނާއިމެދު ރައްޔިތުންއުފުލާ ޝަކުވާތަކާއި އެހެނިހެންތުހުމަތުތައް ފަދަ ކަންކަމާއި، ޤައުމީ ބޮޑެތިމައްސަލަތަކާއި، "ޑައިރެކްޓަރ ޖެނެރަލް ބޭނުންވެގެން، ސިއްރިޔާތުގައި އާންމުކޮށް ފުލުހުންނަށްވެސް އެންގުމެއްނެތި ހިންގާ އިންވެސްޓިގޭޝަން ފަދަ ކަންކަން ކުރުމަށްޓަކާ" ފުލުހުންގެ މުއައްސަސާ 3 ރީޖަނެއްގެމައްޗަށް ވަކިކޮށް މިނިވަންކަމާއިއެކު ރީޖަންތައް ހިނެގޭނެގޮތް ހަދާންޖެހޭ.

The name is already taken The name is available. Register?

ބގ..

14 October 2025

ދިވެހި ދިދަ ކައިރި ބަގާވަތް ކުރި ގުރޫޕު މީހެއް އެއީ. ބަގާވަތައް ފަހު ފުލުހުންގެ ގޮތެއްފޮތެއް ނެތް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 October 2025

މުއައްސަސާ ހިންގުމަށް މަތީގައިދެންނެވިފަދަ ޒަމާނީ ބަދަލުތައްގެނެސް ރާއްޖޭގެ އުތުރާއި މެދު އަދި ދެކުނުރީޖަންގައި ތިއްބަވާ ރީޖަނަލް ޕޮލިސް ކޮމިޝަނަރ ރިޕޯޓްކުރާން ޖެހޭފަރާތަކީ މާލޭގައިހުންނަވާ Director General of Police އަށް ކަމަށް ކަޑައަޅުއްވާ ފުލުހުންގެ އިދާރާތަކާއި ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ބިއުރޯ މުޅިންވަކިކޮށް ހޯމް މިނިސްޓަރ ސީދާ ފުލުހުންނަށް އަމުރުކުރުމުގެ ބަދަލުގައި މުއާމަލާތްކުރަންވާނީ ޑީޖީޕީ އާއިކަމަށް ޤާނޫނުގައި ކަޑައަޅަން ޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 October 2025

ފުލުހުންގެ ޤާނޫނަށް މިދަންނަވާ ބަދަލު ގެނެސް 3 ރީޖަނުގައި ޕޮލިސް ކޮމިޝަނަރުން ބޭތިއްބުމުން ޑީޖީއޭ ވަކިކުރާ ޙާލަތުގައި ނުވަތަ ކުއްލި ޙާލަތެއްގައި ބަދަލު ގެންނަން ޖެހޭ އިރުވެސް ރީޖަންތަކުގެ ކޮމިޝަނަރ އާއި ޑިޕިއުޓީން ތިއްބަވާނީ ޒިންމާ ނެގޭވަރަށް އަމަލީ ގޮތުން ތަޖުރިބާ ލިބި ތަމްރީނު ވެފައި. އަދި ފުލުހަކަށް "ދާވޫދު ތުހުމަތު ކުރޭވޭ ހާލަތުގައި" އޭނާ އެހެން ރީޖަނަކަށް ބަދަލުކޮށް، ކުށްކުރި ރީޖަން ނޫން އެހެން ރީޖަނަކުން ފުލުހުން ގެނެސް މައްސަލަވެސް ބެލޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454