އެ ބިމުގެ އެކުއިޒިޝަން ކޮސްޓް ވެސް އެޗްޑީސީ އަށް ނުދައްކާ.
އައިލެންޑް އެކްސްޕާޓުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓު އިމާރާތް. 15 ބުރީގެ އެ އިމާރާތުގައި 117 ލަގްޒަރީ އެޕާޓްމެންޓް ހަދާނެ.
05 އޯގަސްޓް 2025 - 10:58
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓު އިމާރާތުގެ ކޮންޓްރެކްޓަރު އަމަލުކުރި ގޮތުން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯ އަށް ލިބުނު 291 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލަށް ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓު އިމާރާތް ދައުލަތަށް ނަގަން އެދެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.
ފުލުހުންގެ ފްލެޓު އިމާރާތުގެ ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓުން ހުޅުމާލެ 2 ގައި ލަގްޒަރީ އިމާރާތެއް ހަދަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި އެ އިމާރާތުގެ ބައެއް ފްލެޓުތައް ވިއްކައިގެން ފައިސާ ވެސް ނަގާފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެ އިމާރާތް ދައުލަތަށް ނަގަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދެން ނިންމިކަން ހާމަކުރެއްވީ ޕޮލްކޯއާ ގުޅޭ ގޮތުން އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މުގައްރިރު އަހުމަދު ނާޒިމެވެ. އޭނާ ވަނީ އެ މައްސަލާގައި ފާހަގަކުރެވުނު މުހިއްމު ކަންކަން ހާމަކުރައްވައިފަ އެވެ. އަދި މައްސަލަތައް މާލިއްޔަތު ކޮމިޓީއަށް ގެންދަން އިއްޔެ ނިންމި އެވެ.
ނާޒިމް ވިދާޅުވީ ޕޮލްކޯއާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރެއިން އެ ކުންފުންޏަށް އެހާ ބޮޑު ގެއްލުމެއް ލިބިފައިވާއިރު، އެ ގެއްލުމުގެ ބަދަލު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެ ކޮމިޓީގެ ދިރާސާތަކުން ދައްކާ ގޮތުން ފުލުހުންގެ ފްލެޓް އިމާރާތް އެޅުމުގެ މަޝްރޫއުއާ ހެދި ޕޮލްކޯ އަށް 291 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެކަމަކު، އެއީ އޮޑިޓުގައި ފާހަގަކޮށްފައިވާ އަދަދަށް ވުރެ ދަށް އަދަދެކެވެ.
ފުލުހުންގެ ފްލެޓާ ގުޅޭ އޮޑިޓްގައިވާ ގޮތުން ޕޮލްކޯ އަށް 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވެ އެވެ.
ނާޒިމް ވިދާޅުވީ، އެފަދަ މައްސަލައެއްގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި މިއީ ދައުލަތަށް ފައިސާ ހޯދައިދޭ ފުރަތަމަ ފަހަރު ކަމަށެވެ. އައިލެންޑް އެކްސްޕާޓުގެ އެޕާޓްމެންޓް ބްލޮކް ސަރުކާރަަށް ނަގައިފި ނަމަ 150 އެޕާޓްމެންޓް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އެޕާޓްމެންޓް ބްލޮކް ޑިޒައިން ކޮށްފައިވަނީ 117 ލަގްޒަރީ އެޕާޓްމެންޓް ހިމެނޭ ގޮތަށް. އެކަމަކު އެ ތަން ސޯޝަލް ހައުސިންއަށް ބަދަލުކޮށްފި ނަމަ 150 އަށް ވުރެ ގިނަ އެޕާޓްމެންޓް ހެދޭނެ. އެ ބިމުގެ އެކުއިޒިޝަން ކޮސްޓް ވެސް އެޗްޑީސީ އަށް [އައިލެންޑް އެކްސްޕާޓުން] ދައްކާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އައިލެންޑް އެކްސްޕާޓުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓް އިމާރާތް --
އައިލެންޑް އެކްސްޕާޓުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަނީ 117 އެޕާޓްމެންޓްގެ ލަގްޒަރީ ފްލެޓް އިމާރާތެކެވެ. އެ ފްލެޓް އިމާރާތުގެ ބިން ސަރުކާރަށް ނަގަން ހުށަހެޅީ ފުލުހުންގެ ފްލެޓް އިމާރާތް އެޅުމުގައި ޕޮލްކޯ އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގަ އެވެ. އެއީ ހުޅުމާލެ 2 ގެ ލޮޓް ނަންބަރު 20493 އެވެ.
"މިހާރު" އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އެ ޕްރޮޖެކްޓްގައި 1+4 ކޮޓަރި އާއި 1+3 ކޮޓަރި އާއި ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނެ އެވެ. އެއީ ގާތްގަނޑަކަށް 3،100 އަކަމީޓަރުގެ ބިމެކެވެ. ޖުމުލަ 15 ބުރީގެ އެ އިމާރާތް ހެދުމަށް ޕްލޭން ކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އެވެ.
- ޕްލޮޓް އޭރިއާ: 3،135.79 އަކަމީޓަރު
- ބިލްޑިން އޭރިއާ: 2095.99 އަކަމީޓަރު
- 15 ބުރި + ޓެރަސް
- 117 އެޕާޓްމެންޓް (1+4 ކޮޓަރީގެ 26 ޔުނިޓު، 1+3 ކޮޓަރީގެ 39 ޔުނިޓު، ތިން ކޮޓަރީގެ 13 ޔުނިޓު، ދެ ކޮޓަރީގެ 39 ޔުނިޓު)
ޕޮލްކޯ އާއި އައިލެންޑްގެ ކޮރަޕްޝަންގެ މައްސަލައާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ، އިމާރާތުގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ފަށާފައިވާއިރު، އެ ތަން ވިއްކުމުގެ ހުއްދަ ވެސް އަދި މިހާތަނަށް އެޗްޑީސީން ދީފައި ނުވާ ކަމަށެވެ. އެހެންވެ، އެކަމުން ގެއްލުން ވާނެ ފަރާތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު އޮންނަ އުސޫލުގެ ތެރެއިން ފްލެޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ 20 ޕަސެންޓް މަސައްކަތް ނިމުމުންނެވެ.
ހުއްދަ ނުދިން ނަމަވެސް، އެ ތަން ގަންނަން ބޭނުންވާ މީހުންގެ އަތުން ނުރަސްމީކޮށް އެޕާޓްމެންޓްގެ އަގަށްވާ ފައިސާގެ އަދަދު ނަގާފައިވާ ކަން "މިހާރު" އަށް އެނގިފައިވެ އެވެ.
"ކޮންޓްރެކްޓާ [އައިލެންޑް އެކްސްޕާޓް] މިހެން ޑިވެލޮޕް ކުރީ ޕޮލްކޯ އިން ނެގި ފައިސާ ސައިފޮން [ނާޖައިޒް ގޮތުގައި ބޭނުންކޮށްގެން] ކޮށްގެން ކަމުގެ ސާފު ހެކި ހުރީމާ، މިގޮތަށް އެ އިމާރާތް ނަގަން ނިންމީ. ބޭރުން ގެނައި ފައިސާއެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން އިއްޔެ ވަނީ ޕޮލްކޯގެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމަށް އޭސީސީގެ ދަށުން ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ނުވަތަ ސެކްޝަނެއް އުފައްދުމަށް އަންގަން ވެސް ނިންމައިފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅޭ ގޮތުން ހެދި އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެ ގުނަ ބޮޑު އަދަދެއް ކަމަށް އޮޑިޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިކާ ދިއްދޫ
05 August 2025
ހަބަރެއް އަޑުއިވުނަސް ނޫހެއްބަލާލިއަސް މީސްމީޑިއާއިންވެސް ފެންނަނީ އިވެނީ ވައްކަކުރުމާއި ހިޔާނަތްތެރިވުމާއި ފޭރުމާއި މަސްތުވާތަކެއްޗާއި މީހުންމަރާ މާރާމާރީ ހިންގާ ހަބަރުތަކެވެ. ތަގުޒީބުދުނިޔޭގައި ދުނިޔޭގެ ފެންވަރުންގެ ގާނޫނުތައްހަދައިފިއެވެ. ދައުލަތުން ބޮޑެތިވެގެންވާ މުސާރަތައްނަގައިގެން އިއްޒަތްކުރިއަށްލައިގެންވެސް ހިންގަނީ މިފަދަކުށެވެ. ފާރަވެރިވާން ތިބި މުއްސަސާތައް ތިބީ މިދެންނެވި ކުއްތަކުގައި ފާވެފައެވެ. މީ ގައުމެއްބާވައެވެ؟
ހައްްގުބަސް.
05 August 2025
އެމްޑީޕީ ވެރިކަމައް އަރާފަ އަނެެއްކާ ބޮޑު ބަދަލެއް ދޭނެ ކޯޓުން ބޭރުގަ. ރަނގަޅު ގޮތަކީ އަޅާ ނުލުން.
ބޮޑުޖޯކަރު
05 August 2025
ތިކޮމޮޓީގެ މެމްބަރުންނަށް އަނޮނު ޖެހޭނީ ފްލެޓެއް އޮފަކުރަން. ޚަލާސް
ދަލޭކަ ދައިތަ
05 August 2025
މިއޮތީ އެއްކަލަ އިޝްްގީ ލޯބިން ދެމީހުން ކައިވެނިކޮށް ދަރިން ލިބި ހުރިހާ ފޮންޏެއް ބޮއެ ނިމުނީމަ ވަރިފަށަށްއަރާފައެއްނު. ގުޅިގެން ޖަރީމާ ހިންގާފަ އެއްބަޔަކު މި ކުށްވެރިވީ.
ރިހާކުރުބެ
05 August 2025
ވައްކަން ހުއްޓުވަން ހަވާލުވެ ތިބި ތިބި މީހުން މި ފެންވަރުގެ ވައްކަން ކޮށްފަ ޖަލަށް ލަނީ ކާނެ އެއްޗެެއް ނެތިގެން ރިހާކުރު ވަގަށް ނަގާ މީހާ
މަހާރަދުން
05 August 2025
ޕޮލްކޯގަ ޖީބުތައް ފުރާލި ވެރިން ނަށް އެއް ކަމެއްވެސް ނެތް ދޯ!! މޮ އޮތީ ވާ ގައުމެއް!!! ދިވެހިްނަށް ހަލާކު ހުރި!!!
ޣަބުރ
05 August 2025
ކުޑަމިނުން ނަންވެސް
އެނަލިސްޓްް
05 August 2025
ތީގެން އެނގެނީ އެންމެ ކަމެއް، ބޭރުގެ ފައިސާގަނޑެއް އަނބުރަން މަނީލޯންޑަރ ކުރިކަން، އެކަން ކޮށްފައި ކަޓް ހަމައަށް ނުލިބުނީމާ ގުދޯ ގުދޯ އެކަކު އަނެކަކަށް ގޮވަނީ. 100 މިލިއަން ބަޖެޓްކޮށްފައި އޭގެ 3 ގުނަ ހަރަދު ކުރީމާ އެފައިސާ އައިގޮތެއްވެސް އެޕްރޫވް ވިގޮތެއްވެސް ނުބަލާ! ޕޮލްކޯ ، އެޗްޑީސީ އަކީ މަނީ ލައުންޑަރިންގެ ހަބެއްގެ އެންމެ އިސް 2 ޕާޓީ.
ކޮރަލް
05 August 2025
ރާއްޖޭގަ ވެރިކަން ކުރަން އޮތީ މައި ދެޕާޓީ އެވެ. ދެބައިީހުން އެއްބައެއްގެ މައްސަލަ އަނެއް ބަޔަކު ނުބަލާނެ އެވެ. މިހާރު އޮތީ ޕީއެންސީ އާ އެމްޑީޕީ އެވެ. ޕީއެންސީ އިން ކައިނިމި ދެން އެމްޑީޕީ އަށް ލިބުނީމަ އެމީހުން ވެސް ކާނީ އެވެ. ދެން މައްސަލަ ތައް ބަލަ އެއް ނުނިމޭނެ އެވެ. ކޮންމެ ވެސް މީހެއްގެ ބޮލުގަ ނޫނީ އޮފީގެއްގެ ބޮލުގަ އަޅުވާނެ އެވެ. އަސްލު ނުބައިހަދަނީ މިހާރު ޕީއެންސީ އެވެ. ކުރީން އެމްޑީޕީ އެވެ. ކޮރަޕްޝަން ގެ މައްސަލަ ތައްބަލާ ނިންމާލަ ބަލާށެވެ.
7000
05 August 2025
ޤާނޫނީ ހަމައެއްނެތި ވާހަކަ ދައްކަނީ. ފުރަތަމަ ކަމަކަށް ތިވާހަކަ ދައްކަނީވެސް އިހުލާސްތެރި އަދި ތެދުވެރި މީހުންނެއްވެސްނޫން. ތިޔަވާހަކައެއްދައްކާތާ އަހަރަކަށްވުރެ ގިނަދުވަސްވެއްޖެ. މާލިއްޔަތު ކޮމިޓީން ގަބޫލުކުރަނީ ތިކަން ތަޙްޤީގްކުރެވޭނީ އޭސީސީގައި ވަކިނަމެއްކިޔާ ޔުނިޓެއް އޮވެގެންކަމަށް. އަދި އެތަނެއް ނުވެސްނެތް. އޭސީސީއަށް ލިބިދޭ ޤާނޫނީ ބާރު ކޮބާތޯ ތިކަން ބަލަން. އަމިއްލައެދުންބޮޑު ސިޔާސީ ހެޑްލައިންތަކުން މުއައްސަސާއެއްގެ އަގު ވައްތާލަނީ.
ޖަސްޓިސް
05 August 2025
މާލިއްޔަތު ކޮމިޓީއިން ބޭނުންވީމާ ކޯޓުމެދުވެރިނުކޮށް ނުވަތަ ޑިއު ޕްރޮސެސްއާ ނުލާ އެގޮތަށް އަތުލެވޭނެތޯ?
އަފްރާސިޔާބު
05 August 2025
ކީއްވެ އަތުނުލެވޭނީ. ރައްޔިތުންގެ މަޖިލިހެއްނުން. އެތަނުން ގަނެވިއްކާ ވިޔަފާރި ކުރެވޭނެ. އެއީ ރައްޔިތުންގެ ތަނެއްވީމާ. ދެން ސަރުކާރަކަށް ބަލާކަށްނުޖެހޭނެ ގާނޫނު ލިޔެފައި އޮތީ ކޮންގޮތަކަށްތޯ. ނެގޭގޮތަށް މިހާރު ނެތިއްޔާ ގާނޫނެއް ހަދާފާސް ކުރެވެވިދާނެ ވޭތުވެ ދިޔަތަނުގައި ކޮށްފައިވާ ކަންތައްވެސް ބެލޭގޮތަށް ވެސް އަތުލެވޭ ގޮތަށްވެސް. ބޭނުމިއްޔާ އަތުލާނީ ބޭނުމިއްޔާ އަތުނުލާނީ. ރައްޔިތުން. މުއިއްޒުގެ ދުރުވިސްފުޅުން ކިޔައި އެއްޗެހީން ގޮވީމާ ނިމުނީ.