ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ހުރި ކަމަށް ނާޒިމް ވިދާޅުވި.
އޭސީސީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި -- ފޮޓޯ: މިހާރު
04 އޯގަސްޓް 2025 - 17:55
ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ އެކު، އެފަދަ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހާއްސަ ސެކްޝަނެއް އުފެއްދުމުގެ ކަންކަން ހަމަޖައްސައިދޭން ފިނޭންސް މިނިސްޓްރީ އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.
ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ބެލި ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ކޮމިޓީން އެ މައްސަލާގައި ފާހަގަކުރެވުނު ކަންކަން ހާމަކޮށްފަ އެވެ.
ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޕޮލްކޯއާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބޭފުޅުން އަދިވެސް ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވުމުން ފުލުހުން އެ މައްސަލަ ބެލުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނާ ގުޅޭގޮތުން ޖިނާއި ތަހުގީގެއް ހިންގޭނެ ވަރަށް ހެކި ހުރިކަން ވެސް ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ތުހުމަތު ކުރެވޭ ކުށްތަކަކީ ހައްސާސް މައްސަލަތަކެއްގެ މައްޗަށް އެކުލެވޭ ކުށްތަކަށް ވާތީ މި މައްސަލަތަކަކީ ކޮރަޕްޝަން އެކުލެވޭ ހައްސާސީ މައްސަލަތަކެއްގެ ގޮތުގައި ކަނޑައަޅައި، އޭސީސީގެ 8 ޖުލައި ފޮނުވި ސިޓީގައިވާ ގޮތަށް އެދިފައިވާ ގޮތަށް، މިފަދަ ކޮރަޕްޝަން އެކުލެވޭ މައްސަލަތައް ބެލުމަށް ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ނުވަތަ ސެކްޝަނެއް އުފައްދައި، އެ އޮފީސް ނުވަތަ ސެކްޝަން ގާއިމްކުރަން ބޭނުންވާ މާލީ އެހީތެރިކަމާއި މުއައްޒަފުންނާއި ވަސީލަތްތަކާއި ޖާގައިގެ މައްސަލަ ހައްލުކޮށްދީ އެ ސެކްޝަނުން ތަހުގީގުކުރުމަށް އެދެން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ސެކްޝަން އުފައްދަން ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގަން ޖެހެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް: ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާ އެންމެ އިސްކޮށް އަޑު އުފުއްލަވާ އެއްބޭފުޅަކީ ނާޒިމް.
ނާޒިމް ވިދާޅުވީ، ކުރިން ވިސްނުން ގެންގުޅުނީ ރިޔާސީ ކޮމިޝަނަކުން ޕޮލްކޯގެ މައްސަލަ ބެލުން ކަމަށް ވިޔަސް މާލިއްޔަތު ކޮމިޓީން ވެސް އިސްކަން ދެނީ އޭސީސީ މިހާރަށް ވުރެ ހަރުދަނާކޮށް، އެ އިދާރާގެ ދަށުން އެފަދަ މައްސަލަތައް ބެލުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލާގެ ތެރެއިން ދައުލަތުގެ މުދާ ގެއްލުމާ ގުޅިގެން އެ މުދާ ވެސް ރިކަވަރު ކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި ޕޮލްކޯ އާއި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް އަށް ވެސް ހާއްސަ އެންގުންތަކެއް އެ ކޮމިޓީން އަންގަން ވަނީ ނިންމައިފަ އެވެ.
"ކަސްޓަމްސްއަށް މި އަންގަނީ އެކި ޕްރޮޖެކްޓްތައް މި ނޫން ޕްރޮޖެކްޓެއް ވިޔަސް، ޑިއުޓީ މާފު ކޮށްގެން ނޫނީ ރީއެކްސްޕޯޓު ކޮށްގެން ކުރާ ގޮތަށް އެތެރެކޮށްފައިވާ ޑްރެޖަރު، ޓަގް ފަދަ ކަނޑު އުޅަނދުތަކާއި އެކްސްކަވޭޓަރުތަކާއި އެ އުޅަނދު ފަހަރަށް ޓެކްސް ނުދައްކާ އެހެން ޕްރޮޖެކްޓްތަކަށް ބޭނުން ކުރެވުމުން، ޓެކްސް ދައްކައިގެން އެތެރެކޮށް ސައްހަ ގޮތުގައި ވިޔަފާރިކުރާ ފަރާތްތަކަށް ގެއްލުންވަމުން ދާތީ، އެގޮތަށް ޑިއުޓީ މާފުކޮށްގެން އެތެރެކޮށްފައިވާ އުޅަނދު ފަހަރުގެ ލިސްޓަކާއި ސްޓޭޓަސް އެނގޭނެ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހިއްސާކުރުމަށް..،" އޭނާ ވިދާޅުވި އެވެ.
ސަބް ކޮމިޓީގެ ނިންމުންތައް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފަހު އެކަންކަން ފާސްކުރާނެ އެވެ.
ކަސްޓަމްސްގެ އިތުރުން ބަންޑާރަ ނައިބަށް ވެސް އެންގުންތައް ވެސް އެންގުމަށް ނިންމާފައިވެ އެވެ. އެގޮތުން 15 އެންގުމެއް ބަންޑާރަ ނައިބަށް އަންގާނެ އެވެ.
ހުޅުމާލެ 1 ގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެ ގުނަ ކަމަށް އޮޑިޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަސޮރު
05 August 2025
މީނާ ކިތަންމެ ވަރަކަށް އަނގަބޮޑު ކުރިޔަސް އެއއކަމެއްވެސް ނުބެލޭ, ހުސްހޮޅި ވާހަކަ ދައްކަނީ އެއްކަމެއްވެސް ސާބިތު ކުރެވޭވަރެއް ނުވޭ ބޮޑު އަނގަޔެއްތީ
ހަސަން ޢަލީ
05 August 2025
ކޮމެޓީތަކުގަވެސް ތިބީ ތިޔަޒާތުގެ ކަންކަން ކޮށްފައިވާ މީހުންނެވެ.އަދި މިއުޅެނީ ކޮން ކަންބަޅިތަކެއް ކަތިލާންކަމެއް ބަލާލުން މުހިންމެވެ.ސިޔާސީ ކަންކަމުގައި މިއޮތީ އާރާއި،ބާރާއި،ފައިސާއިން މުޅިތަން ފަސާދަވެ އެންމެ ފަހުން މަ ސަލާމަތްވާން ބާރު އޮތަތީ އަނެކަކު ސިޔާސީގޮތުން ކަތިލުމެވެ.އަދި މިކަމުގައި އެކިއެކި ދިމަދިމާލުން "ސްޕިލް"ވަމުންދާނެކަމަށް ވަރަށްބޮޑަށް ފެނެއެވެ.
ސަލީމު އިދުރީސް
05 August 2025
ބޮޑު މުސާރަދީފަ ދައުލައް ހިމާޔަތް ކުރަން ބަޔަކުލާންފެނޭ މިހެންބުޏަސް އަގަނޑައް މިހާރު ދައުތަކީ ކޮންއެޗެއް ކަންނޭގޭ؟ އަޅުގަޑު ދެކޭގޮތުގަ ކޮންމެ ގާނޫނީ ދައުލަތެއްގެ ހިމާތުގަ ފުލުހުންނާ ސިފައިން ތިބޭނެ އެމަކު އޭގެ ބަދަލުގަ ރާވައިގެން ބޮޑެތި ކުއްތައް ކުރާ ބަޔަކު ތިތިބިތާކު އޭގެ ޒާތުގަ ގާނޫނީ ދައުލަތެއް ހިގާނެ ގޮތެއް އަޅުގަނޑުގެ ބުއްދިއައް ނުވިސްނޭ؟
މިމްރާހް ހުސައިން
05 August 2025
ވައްކަން ހާއްސަ ގޮތަކަށް ބަލައި ދޫނުދީ ވައްކަން ކުރާ މީހުންނަށް ފިޔަވަޅު އެއްމެ އެޅި ސަރުކާރަށް މިސަރުކާރު ވާނެ. ވެގެން މިދަނީ. އެމަންޒަރު އެބަފެނޭ
ޝަމްނާޒް.
05 August 2025
ސީދާ ވައްކަން ހުއްޓުވަން ރައީސް މުއިއްޒް އިސްނަގާތަން އަހަންނަށް ވަރަށް ފެނޭ. އެކަން ވަރަށް ބަލައިގަންނަން.
ނޫރާ އިސްމާއިލް
05 August 2025
މިސަރުކާރުން ވައްކަން ދޫނުކުރާނެ. ބަލަން ތިބޭ
އިހުމާލުވެއްޖެ
05 August 2025
ޕޮލްކޯ ފްލެޓްތައް ނިންމަ ނުދޭންވެގެން މިސަރުކާރުން ދަނީ ތަފާތު ބަހަނާ ދައްކަމުން. ދުވަހަކުވެސް ތަހުގީގު ނިމުނުކަމަކަށް ނުހަދާ. ދެން ފޮނުވަނީ އޭސީސީއަށް . އެއީ ޕާކިންގޒޯނެއް. އެތަނަކުން ނުނިމޭނަ. ފްލެޓްތަކުގައި ނުނިމި އެތައް ކަމެއް އެބަހުރި. 4 ލިފްޓް ހުންނަންޖެހޭ ތަނެއްގައި ހުންނަނީ 2 ލިފްޓް ދަތިވާނެދޯ. ކޮންމެ އިމާރާތެއް ވަށައިގެން އެއޮތީ ގާފުށްޓަރެއްހެން ހީވަނީ. ސެކިއުރިޓީއެއް ކެމެރާއެއް އެތާކުނެތް. ސަރުކާރުން ކޮށްދޭންޖެހޭ ކަންކަންމީ. މީ އިހުމާލު
ޖަންގްލީޒިމް
05 August 2025
ޕޮލްކޯ ފްލެޓްތަކުގައި ދިރިއުޅެން ފެށިތާ މިހާރު 2 އަހަރު ވަނީ. އެތަނުގައި ނުނިމި އެތައް ކަމެއް އެބަހުރި. 4 ލިފްޓް ހުންނަންޖެހޭ ތަންތަނުގައި ހުރީ 2 ލިފްޓް. ސެކިއުރިޓީ ނިޒާމެއްނެތް. ކެމެރާގަނޑެއްވެސް އެތާކުނެތް. ފްލެޓްތައް ވަށައިގެން އެއޮތީ އޮއްގަލާއި ކުދިހިލަ. ހިނގާބިނގާވެވޭ ވަރެއްނޫން. ވަރަށް ދަތިހާލުގައި އެތަނުގައި މީހުން ދިރިއުޅެނީ. އެތަން ނިންމައިދޭން މިސަރުކާރުން އެއްކަމެއްވެސް ނުކުރޭ. އެކަން ނުކުރާންވެގެން ތަހުގީގު ދަންމަނީ.
ސަނީސައިޑްބޮންޑް
05 August 2025
މިނިސްޓްރީ އޮފް ކޮރަޕްޝަން އުފައްދައިގެންވެސް މިކަންކަން ބަލަންއެބަޖެހޭ
މަ ބުނި
05 August 2025
މަ ބުނީ މިވަގުތު ނުވަތަ މިހާރު ރާއްޖެގައި ކޮރޮޕްޝަން ފުޅާވެ މޫތައް ފެތުރެމުން ދަނީ ދޯހަޅި ސިޔާސަތުންނާއި އޭސީސީ ގެ ރައީސް އައްޔަންކުރެވޭގޮތަށް ގާނޫން ބަދަލުކުރުމާއި ސީދާއެކަމަކީ އަޑުގަދަ މެމްބަރުން ވަންކަމަށް ކޮށައިފަވާމަގެކެވެ އަދި ސިޔާސީ މަޤާމުތަން އިތުރުވުމެވެ. ! އޮޑިޓަރ ޖަނަރަލް އެއީ ފަސްއަހަރު ފަހުގެ މައްސަލަ ބައްލަވާ ބޭފުޅަކަށްވުމެވެ އަދި ޖުޑިޝަރީ ފެއިލްކޮއް ވާކޮއްލާފައިވުމެވެ.