ތެމާގައި ހިންގަމުން ގެންދާ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގެ ނަންބޯޑާއި ދިދަ ނެގުމަށް ފަހު، ފުލުހުން އެ އޮފީހުގެ ބޭރުގައި މިރޭ ފޯރިމަރަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
31 މާޗް 2017 - 21:42
ހ. ތެމާގައި ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން އަބްދުލް ގައްޔޫމް ހިންގަވަމުން ގެންދަވާ އޮފީހަށް މިރޭ ގެއްލުން ދީފައިވާ ކަމަށާއި އެ މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުން މިރޭ ގޮސް، މައުމޫންގެ އޮފީހުގެ ނަންބޯޑާއި އެ އޮފީހުގެ ގޯތިތެރޭގައި ނަގާފައި ހުރި ޕީޕީއެމްގެ ދިދަ ގެންދިޔަ ފަހުން ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ، "އަޅުގަނޑު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަ ނެތި ބަޔަކު ވަދެ ގެއްލުން ދީފައިވާތީ، އިރާދަކުރެއްވިއްޔާ ދައުވާ ކުރާނަން" ކަމަށެވެ.
މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި އިންޑިއާގަ އެވެ.
މައުމޫންގެ އޮފީހުގެ ނަންބޯޑާއި ޕީޕީއެމްގެ ދިދަ މިއަދު ހަވީރު ހައެއްގެ ކުރިން ނެގުމަށް އެންގުމަށް ފަހު، އެގޮތަށް އަމަލު ނުކުރުމުން ފުލުހުން ވަނީ މިރޭ 7:30 ހާއިރު ގޮސް ދިދަ އާއި ނަންބޯޑު ގެންގޮސްފަ އެވެ.
ޕީޕީއެމްގެ ދިދަ ގެންދިޔައީ މައުމޫންގެ އޮފީހުގެ ބޭރު ގޭޓްގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
މައުމޫންގެ އޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔަ ނަމަވެސް، ފުލުހުން އަދިވެސް އެ އޮފީހުގެ ބޭރުގައި އެބަތިއްބެވެ. ދިދަ އާއި ނަންބޯޑު ގެންދިޔައިރު، އޮފީހުގެ ގޯތިތެރޭގައި ސިމެންތިން ހަދާފައިވާ ޕީޕީއެމްގެ ލޯގޯގެ މޮނިއުމެންޓެއް އަދި އެބަހުއްޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިންގެ ދަރި
02 April 2017
މަޖީދީމަގު ހުރި ފެންފޯއްރުއްތައް ކެނޑިމީހުން ނުފެނިގެން އަދިވެސް މި އުޅެނީ، ކިހިނެއް ތިކަން ވަކިން ކުރިއަށްދާނީ. ނަމުން މިނިވަން ކަމުން ސިޔާސީ
އައްޑޫއަހުމަދު
01 April 2017
ނުފެނޭ.....ކެކެކެކެކެކެ
އަލީ
01 April 2017
ދައުވާ އަޑުއަހަން ތިބީ ތިޔަކަން ކުރުވި މީހުން. ދެން ކިހިނެއްތޯ ހަދާނީ؟ މި ވާހަކަ އަޅުގަޑުމެން ނިކަމެތި ރައްޔިތުން ދައްކާތާ މިހާރު ކޮން ދުވަހެއްތޯ؟ މަނިކުފާނާއި ހަމައަށް މި އައީ އަދި ކިރިޔާދެއްތޯ؟
ކަޅުގޮޅާ
01 April 2017
ކޯޓުއަމުރެއް ތަންފީޒުކުރުމަކީ ގެއްލުންދިނުން ކަމަށް ގަބޫލުކުރަންޏާ މައުމޫނަށްވުރެ ގަޅިމީހެއް މަވާ ނުދެކެން.
ބޯލަބޭ
01 April 2017
ގޯތި ސަރުކާރަށް ނަގަންވީނު. ބީޗް ވިލީފުލުސް ހަދަން.
ކައުންސެލަރު
01 April 2017
3 އަހަރުގެވެރިކަމުގެ ފަހުދުވަސްކޮޅު ކަންތައްދިޔަގޮތާ ނެތް މާބޮޑުތަފާތެއް. ތެޅިތެޅި އަމިއްލައަށް ހުޅުނބު ފައިބާނެއެވެ. މައުމޫން ހުންނަވާނީ ގޮތުގައި، މައުމޫނަށް ދިވެހިންކުރާ އިހްތިރާމާ ޤަދަރުގައެވެ. އެލޯތްބެއް ހިތްތަކުން ފޮހެއެއްނުލެވޭނެއެވެ.
ކަލޯ
01 April 2017
ހުވާކޮއްގެން ތިބެނީ އިސްލާމްދީނާ ގައުމު ހިމާޔަތް ކުރަން، އަމަލުކުރުމުގަ ގައުމީވަންތަ ކަމެއްނެތް އަދި އިސްލާމް ވަންތަ ކަމެއް ވެސް ނެތް.....
ފުލުސްނުކުމެ ވަގުހޯދާ
01 April 2017
ދިވެހި ފުލުހުންނަކީ ހުއްދަ ނުހޯދާ ގެދޮރުތަކަށް ވަދެ ގެދޮރުތަކުގެ ހުރުމަތްކަޑާ ބަޔަކަށްވުމީ ދެރަކަމެއް. ދިވެހި ޤަޢުމަށް 30 އަހަރު ރައީސްކަން ކުރެއްވި ރައީސެއްގެ އޮފީސް. ﷲ އިރާދަކުރެއްވިއްޔާ އިންސާފުލިބޭނެ މިއަދު ނޫނީ މާދަން.
މުހަންމަދު
01 April 2017
ރިވެތިގޮތަކީ ކޮބައިކަން އޮޅިއްޖެއެވެ. ހައްތަހާފެންނަނީ ގަދަބާރުން ކަންކުރާތަނެވެ. އެކަމަކު އެކިޕޯޑިއަމްގައި، ސިޔާސީވެރިން ވާހަކަދައްކާއިރު، ޢަދުލުއިންސާފާއި، ޑިމޮކްރެޓިކް އުޞޫލުތަކަށް ތިމާއަށްވުރެ ރަނގަޅަށް މަސައްކަތްކުރާ ދެވަނައެއް ނެތްވަރެވެ!! ޤާނޫނުބުނާގޮތުގައި، ގޮވަތި ގެދޮރަކީ ޙުރުމަތް ލިބިގެންވާ ތަންތަނެވެ. ކޯޓުއަމުރުގައި ބުނެފަވަނީ ތިގޮތަށް ކަންކުރަންނަމަ، ފުލުހުންނަކަށް އެނޫންގޮތެއް ނެތެވެ. ކޯޓުއަމުރާއި އެއްގޮތަށް އެކަންކުރަންދިޔައިރު، އެތަން ތަޅުލާފަހުރިނަމަ، ކޯޓުގައި އެތަން ތަޅުލާފަހުރިވާހަކަ ބުނެވިދާނެތާއެވެ! ނޫނީ އެކިމީހުން ފުލުސްއޮފީހަށް ޙާޟިރުކުރާގޮތަށް އެތަނާއި ޙަވާލުވެގެންއުޅޭބަޔަކު ޙާޟިރުކޮށް، އެތަން ހުޅުވަން އަންގައި ނުހުޅުވީމަ ކޯޓުގައި އެވާހަކަވެސްބުނެ އެންގިގޮތަކަށް ކަންކުރެވިދާނެތާއެވެ!! ޤާނޫނު ނަގަހައްޓަންތިބޭބަޔަކު ތިގޮތަށް ކަންކުރީމަ، އެކިމީހުން ތަރުޖަމާކުރާނީ އެކިގޮތަށެވެ. ހޯމް މިނިސްޓަރު އިހައްދުވަހު އެވިދާޅުވި ރައީސް ޔާމީން ފުލުހުން ޕްރޮފެޝަނަލް ކުރުއްވިގޮތަކީ މިއީކަމުގައިވާނަމަ، ބުނެވޭނީ ތިޔަފުލުހުން ވަރަށް ޕްރޮފެޝަނަލެވެ!!
ލަބީދު
31 March 2017
ތިޔައީ މަގުމަތީގަ ހުންނަ ރުއްގަސް ކަޑާބައެކެވެ.....މިބުނީ ލައްކަ ވާހަކަ