ތެމާގައި ހިންގަމުންދާ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގައި ހަރުކޮށްފައި ހުރި ނަންބޯޑާއި ދިދަ ނެގުމަށް ފަހު، ފުލުހުން އެ އޮފީހުގެ ދަޮރުމަތީގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
31 މާޗް 2017 - 19:41
ހ. ތެމާގައި ހިންގަމުންދާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައި ހުރި ނަންބޯޑާއި އެ ޕާޓީގެ ދިދަ ފުލުހުން ދެންމެ ގެންގޮސްފި އެވެ.
މީގެ އިރުކޮޅެއް ކުރިން ފުލުހުން ގޮސް ޕީޕީއެމްގެ ދިދަ އާއި ނަންބޯޑު ނެއްޓިއިރު، ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް، މިއަދު ހަވީރު ހައެއްގެ ކުރިން އެ ތަކެތި ނެގުމަށް ފުލުހުން އޮތީ އަންގައިފަ އެވެ. ނަމަވެސް އެ ގަޑި ފަހަނައަޅައި ދިޔައިރު ވެސް ދިދަ އާއި ނަންބޯޑު ނުނެގުމުން ފުލުހުން ގޮސް ފިޔަވަޅު އެޅީ އެވެ.
މައުމޫންގެ އޮފީހުގެ ގޭޓް ތަޅުލާފައި ހުރުމުން ދިދަ ނެގީ ތަޅު ހަލާކުކޮށްލައިގެން ވަދެ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. މައުމޫންގެ އޮފީހުގެ ދިދަ ޕޯސްޓް ހުންނަނީ އެ އޮފީހުގެ ގޯތި ތެރޭގަ އެވެ. ނަންބޯޑު ހުންނަނީ މަގުމައްޗަށް ވާ ގޮތަށެވެ.
ހ. ތެމާގައި ހިންގަމުން ގެންދާ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގެ ނަންބޯޑާއި ދިދަ ނެގުމަށް ފަހު، ފުލުހުން އެ އޮފީހުގެ ބޭރުގައި ފޯރިމަރަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
ފުލުހުން މިއަދު ހަވީރު ނެރުނު އެންގުމެއްގައި ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކޮށްފައި ވަނިކޮށް، އެ ޕާޓީގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުވިޔަ ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަން ފުލުހުން ވަނީ އެ އެންގުމުގައި ގޮވާލައިފަ އެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި އެ ޕާޓީގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ރޭ އަމުރުކޮށްފައި ވެ އެވެ.
މައުމޫނާއި ޕީޕީއެމްގެ މުސްތަޝާރު އަދި މައުމޫންގެ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ކޯޅުމާ އެކު، މައުމޫނަށް އެކި އިދާރާތަކުން ފިޔަވަޅު އަޅަމުންދާއިރު، މިދިޔަ ހޯމަދުވަހު އެމަނިކުފާނު ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީތާ
02 April 2017
ބަލަ، ފުލުހުންނާއި ކޯޓްތައް މެދުވެރިކޮށް ތިޔަ މާއްދީ ތަކެތި ގެންދެވިދާނެ. އެކަމަކު ތާއީދު ކިހިނެތް ގެންދާނީ
އާބުރުޒު
02 April 2017
ހިޓްލަރުވެސް އެހުރިހާ މީހުން މެރީ ޤާނޫންތައް ހަދައިންގެން ކޯޓް އަމުރު ހޯދައިގެން، ދެން ހިޓްލަރު ކުރީ ރަގަޅު ކަންތައްތައް ކަމަށް ޤަބޫލް ކުރަންވީތަ؟ ތަންފީޒް ކުރަންޖެހޭނީވެސް ތިމާގެ އަމިއްލަ ސިކުނޑިންވެސް ވިސްނާފަ. މީހަކު ބުނާހާ ކަމެއް ކުރުމަކީ މަޤާމުގެ ވާޖިބު އަދާކުރުމެއްނޫން. އެއީ ތިމާގެ ނުކުޅެދުންތެރިކަން ނުވަތަ ޖާހިލުކަން. ޢަޤީދާ ބަލިކަށިކަން.
ނަލަނަލަ ކަރަންޓުބިލް
01 April 2017
މިހިތުގަ އޮތް ނަންބޯޑާއި ދިދަ ނުގެންދެވޭނެ.
މުޙައްމަދު
01 April 2017
"ސްޓީލިން ޕާޓީ" ޖަސްޓް ލައިކް ސްޓީލިން ޕެރަޑައިސް، އިޒް އެވްރި ތިން ސްޓީލިން؟
މެޑަމް
01 April 2017
އަންނިގެ ވެރިކަމުގައި އަންނިވެސް މައުމޫނާމެދު ތިޔަހާ ހަޑިކޮށް އެއްވެސް ކަމެއް ނުކުރައްވާ. މައުމޫނަށް މިހާރު ހުންނާނއ ދޮންކެޔޮ ކެވިފައި. ތަސްމީނުވެސް މައުމޫނު އަތުން ޕާޓީޖަހައިގަތަސް ތިޔަވަރަކަށް ހަޑިއެއްނުހާވާ. މިއަދުމީ ޔާމީނުގެ ދުވަސް. ހިތުހުރިގޮތެއް ހަދަމުން ދިޔަޔަސް އަބަދަކު ތިގޮތަކަށް ދެމިއެއްނުހުރެވޭނެ.
އަމަދުރޭ
01 April 2017
މަނަމަ ގޮތް ހުސްވިޔަސް ތިކަހަލަ ކަނޑުކޮސް ކަންތަކެއްނުކުރާނަން. މިހާރު އަޅާނެ ހަރުއެއްޗެއް ނެތިގެން ތިއަޅަނީ ގޮބޮޅިކޮޅު. ނަތީޖާ ވަރަށް ހިތިވާނެ.
ވިލި އަޙްމަދު
01 April 2017
އައްދެ!! ހާދަ މައުމޫނުވެގެން މިތިބެއުޅެނީ؟ މަުމޫނު ވީމާ ޤާނޫނާއި ޤަވާއިދާ ޙިލާފައްވެސް އޮފީސް ހިންގޭތަ؟ ޤާނޫނުގެ ދިގުއަތް އާއްމު ރައްޔިތު މީހާޔައް ފޯރާފަދައިން މައުމޫނަށްވެސް ފޯރާނެ.
މުހަންމަދު
01 April 2017
މައުމޫނަށް ހިތުހުރިގޮތެއް ތިޔަހަދަމުންދަނީ މިޔަދު ޕީ.ޕީ.އެމް ޕޭރިގަނެގެން ތިއުޅޭ އެންމެންނަށް މާދަމާ ތިގޮތަށް ތިޔައުޕަލުގައި އުޅޭވޭނެކަމަށް ހިތާހެއްޔެވެ. ދުވަސްވީމީހުން ބުނެއުލޭ "އަޑި ގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަމަށް" މާތްﷲ މައުމޫންއަށާއި މަައުމޫނުގެ ބައިވެރިންނަށް މިމީހުންގެ މައްޗަށް ނަސްރުދެއްވާށިއެވެ. އަދި ތިކަމުގައި ތިޔައުޅޭ އަބްދުއް ރަހީމް، ނިހާނު، ޔާމީން އަދި އެނޫނަސް މައުމޫނު އަދި ގާސިމް އަށް ހަސަދަވެރިވެގެން އުޅޭ އެންމެންގެ މައްޗަށް ނަސްރުދެއްވާށިއެވެ، އާމީން
ރަގަލުގޮއް
01 April 2017
ފުލުހުން...
ޢަލީ
01 April 2017
ދިވެހި ފުލުހުން ބޭނުމެއް ނުވާނެ އެއްވެސް މީހަކަށް ޖެއްސުންކުރާކަށް. އެކަމަކު މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޙުކުމް ދަމަހައްޓަން ފުލުން މަސައްކަތްކުރާނެ. 30 އަހަރު ވެރިކަންކުރައްވާފައިވާ ބޭފުޅަކަށް ކޯޓުތަކުގެ ޙުކުމަށް ބޯލަނބަން ދަސްވެފައިނުވުމުން ދޭހަވަނީ ކޯއްޗެއްތޯ؟ މައުމޫނަކީ ޑިމޮކްރެސީއެއްނޫން. ޑިމޮކްރެސީއަކީ މައުމޫނެއްނޫން. 30 އަހަރުގެ ކަހަނބުދެވެލި ދިވެހީން ބޭނުމެއްނޫން. 3 އަހަރުގެ ބޮވެންޖެހޭ ވެރިކަންވެސް ދިވެހީން ބޭނުމެއްނޫން. ދިވެހީން ބޭނުންވަނީ ޒަމާނީ ތަރައްޤީ.