ހ. ތެމާގައި ހިންގަމުން އަންނަ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީސް.---މިހާރު ފޮޓޯ: ނިޝާން އަލީ
31 މާޗް 2017 - 17:03
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި އެ ޕާޓީގެ ނަންބޯޑު މިއަދުގެ ހަވީރު ހައެއްގެ ކުރިން ނަގަން ފުލުހުން އަންގައިފި އެވެ.
ފުލުހުން ނެރުނު އެންގުމެއްގައި ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކޮށްފައި ވަނިކޮށް، އެ ޕާޓީގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުވިޔަ ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަން ފުލުހުން ވަނީ އެ އެންގުމުގައި ގޮވާލައިފަ އެވެ.
ހ. ތެމާގައި ހިންގަމުން ގެންދާ، ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގައި ހުރި އެ ޕާޓީގެ ލޯގޯ.---މިހާރު ފޮޓޯ: ނިޝާން އަލީ
"...އަދި ހ. ތެމާގޭގައި ނަގާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދިދަ އާއި ނަންބޯޑު 31 މާޗް 2017 ވަނަ ދުވަހުގެ 18:00 ގެ ކުރިން އެތަނުން ނެގުމަށް އަންގަމެވެ. އަދި މި އެންގުމާއި ހިލާފުވެގެން ފުލުހުން އެތަނުން ދިދަ އާއި ނަންބޯޑު ނަގަން ޖެހިއްޖެ ހާލަތެއްގައި ދިދަ އާއި ނަންބޯޑު ނެގުމުގެ ތެރޭގައި ތަނަށް އަދި އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ވެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ،" ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން ފުލުހުން އާންމުކުރި އެންގުމުގައި ވެ އެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ ރޭގަ އެވެ. އެގޮތުން ތެމާގައި މައުމޫން ހިންގަވަމުން ގެންދެވި އޮފީސް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ އެ ޕާޓީގެ ދިދަ.---މިހާރު ފޮޓޯ: ނިޝާން އަލީ
އަމުރުގައި ބުނެފައި ވަނީ ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެއް ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމް އުފެއްދުުމުގައި އެންމެ އިސްކޮށް ހުންނެވި މައުމޫން އެ ޕާޓީން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ މަނިކުފާނު ޕާޓީން ވަކިނުވާ ކަމަށެވެ. ޕީޕީއެމް ދެބައިވެ، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެ ޕާޓީގެ ނަމުގައި ކޮމިޓީތައް ހިންގަވައި ކަންކަން ނިންމަވަމުން ގެންދަވާއިރު ކޯޓުގެ ހުކުމަކާ އެކު، ޕާޓީގެ ހުރިހާ ބާރެއް މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކޮށް، އެ މަނިކުފާނެ ފަޅިން ވެސް ގެންދަވަނީ ނިންމުންތައް ނިންމަވަމުންނެވެ. ކޮންމެ ފަރާތަކުން ވެސް އަސްލު ޕީޕީއެމް އަކީ އެއީ ކަމަށް ދައުވާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސާހިބުންނޭ
02 April 2017
މި އެންގުމާއި ހިލާފުވެގެން ފުލުހުން އެތަނުން ދިދަ އާއި ނަންބޯޑު ނަގަން ޖެހިއްޖެ ހާލަތެއްގައި ދިދަ އާއި ނަންބޯޑު ނެގުމުގެ ތެރޭގައި ތަނަށް އަދި އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ވެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ،" މިޢބަތާތް މިހެން އޮތުމަކީ ތަނުގައިހުރި ތަކެތި ފުލުހުން ނަންގަވާއިރު ތަނަށް ގެއްލުން ދީގެން ނަންގަވާނީކަމުގައި ޤަބޫލުކުރަމެވެ. އަދި އެތަކެތި ފުލުހުން ނެންގެވިޔަށް ނަންގަވާނީ މީހެއްގެ ޢިމާތެއްކަން ދެނެވަޑައިގެން ތިއްބެވި ޙާލަތުގައި ހަމަބުއްދީގައި ތިއްބަވައިގެން ވަރަށް އިޙްރާމާ އެކުގައި ކަމަށް ޤަބޫލުކުރަމެވެ. ޝުކުރިއްޔަ
3 ގަނޑުވަރު
31 March 2017
އައްނި އެއް ނޫން ނުލަފާކަން ދައްކަނީ ހީވޭތަ ؟
ފަންރިޔާ
31 March 2017
ޕީޕީއެމް އިން ޔާމީނު އާއި ފާތުން ވަކިކުރަން ވީ ވަގުތު އަތުވެއްޖެ ކަމަށް ދެކެމެވެ! ޕީޕީއެމްގެ ގިނަ މެމްބަރުން ތިބީ ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ފަހަތް ޕުޅުގައެވެ. ޕީޕީއެމްގެ މެމްބަރުން މައުމޫނު އަބުދުލް ގައްޔޫމަ އަށް އިންސާފް ހޯދާ ދޭންޖެހެއެވެ. މައުމޫން އާ ދޭތެރޭގާ ކަންތައް ކުރެވެމުން ދަނީ ވަރަށް ނިކަމެތިކޮށެވެ. އެގޮތަށް އެކަން ވެގެން ނުވާނެއެވެ.
ސަހުލު
31 March 2017
ޕީޕީއެމްގެ ރައީސްކަމުން މައުމޫނު ވަކި ކޮއްފިކަމަށާއި މައުމޫނަކީ ޕީޕީއެމްގެ ރައީސް ނޫންކަމަށް ކޯޓުން ހުކުން ކޮއްފައެއް ނެތް. ޕީޕީއެމްގެ ރައީސް އައްޔަންކުރުމާ ވަކިކުރުމަކީ ކޯޓުގެ ކަމަކަށް ވެއްޖެތާ. ޕާޓީތެރެއަށް ކޯޓުވަނީމާ އަންނަނީ ހަމަ ހިނި .
އައިނޯ
31 March 2017
މައުމޫނު އޮފީހުގެ ހުރި ދިދަ ބާލާނެ އަދި ނަންބޯރޑް ނަގާނެއެވެ. އެކަން މަމެން ކުރާނަމެވެ. އެކަން ނުހުއްޓުވޭނެއެވެ. އެކަން ހުއްޓުވަން މަސައްކަތް ކުރާ މީހުން ސައިޒް ވުން ނޫން އެހެން ކަމެއް ނުވާނެއެެވެ. އައި ނޯ ޔޫ ނޯ ދިސް މީންސް.
އައިއެފް
31 March 2017
މިއަދު ކޯޓުތަކާއި ފުލުހުން މެދުވެރިކޮށް ކަންތައް ކޮށްލާށެވެ. މާދަމާ ތިޔައެންމެން ބޮޑުތަނުން ބަލިކޮށް އިންސާފުގެ ދަރުބާރަށް ހާޒިރުކުރާނަމެވެ. އިންޝާﷲ
އިދުރީހު
31 March 2017
އަސްލުބޭނުންވީ ކާޑުއަގުބޮޑުކޮއް ރައްޔިތުންނާ މީޑިއާ ގަ އެއަޑުގަދަވެފަވާތީ އެއަޑުކަނޑުވާލަން މިހާރު އެވާހަކަދައްކާ އެކަކުވެސްނެތް ކާފަމެންގެރޭވުން ވަރަށް ކާމިޔާބު !!!!!!!!!!!!
ގޮލާ
31 March 2017
ކޮބާ އަޒުމް ކިޔާކަށް ނުވޭތަ؟ ފުލުހުން ބުނި ގައިމު ގައިރު ގާނޫނީ އަމުރަކަށް ކިޔަމަން ނުވާނަމޭ،
ހޯނު
31 March 2017
2018ގެ ޖުލައި 26 ގެ ފަހުން ކާޑާއި ކަރަންޓް އަދި ފެން ބިލުން 90% ސަބްސިޓީ ދޭގޮތަށް ރާވަމުންދާކަމުގެ ހަބަރުތަކެއް އެބަހުރި. އެކަމަކު 2018ގެ ނޮވެންބަރުގެ ފަހުން 190% ބޮޑުވުންވެސް އެކަށީގެންވޭ. ސަމާލުވެތިއްބަވާތި
ފާތީ
31 March 2017
މައު ހިގާބަ އެންމެންވެގެން ބޮޑުޖަލްސާއެއްބާއްވަން. މާލެ ނޫން އެހެންތަނެއްގަ ބާއްވާނީ. ޕޕއމ ނަމުގައެއް ނޫން ބާއްވާނީ. ބާއްވާނީ "ރައީސް މައުމޫންގެ ސަޕޯޓަރުންނަށް ބާއްވާ ބައްދަލުވުމެއް" މިހެން