ޕީޕީއެމްގެ ފަރާތުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވާހަކަފުޅު ދައްކަވަނީ. --ނިޝާން އަލީ/ މިހާރު
01 އެޕްރީލް 2017 - 10:35
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރާއްޖޭގެ ކޯޓުތަކާއި ރަސްމީ އިދާރާތަކުން ކުރިމަތިވެވަޑައިގަންނަވާ ހުރަސްތަކަށް އިޝާރަތްކުރައްވައި، ވަރުގަދަ ސުވާލުތަކެއް ޓްވިޓާއިން މިއަދު ކުރައްވައިފި އެވެ.
އިންޑިއާގައި މިވަގުތު ހުންނެވި ކުރީގެ ރައީސްގެ ޓްވީޓެއްގައި ސުވާލުކުރެއްވީ "އަޅުގަނޑުގެ އަމިއްލަ ނަން ކިޔުމުގެ ހުއްދަ އޮތްތޯ" އެވެ. އޭގެ އިތުރުން "އަޅުގަނޑަކީ މުސްލިމެއް ކަމާއި ދިވެއްސެއްކަމާއި، އަދި އަމިއްލަ ގައުމު ދެކެ ލޯބިވާ ވާހަކަ ބުނުމު"ގެ ހުއްދަ ވެސް އެބަ އޮތްތޯ ސުވާލުކުރެއްވި އެވެ.
އެމަނިފާނުގެ ޓްވީޓު ފެއްޓެވީ "އެއްވެސް ކުށަކަށް އަރައިގަންނަން ބޭނުންނުވާ" ކަމަށް ވިދާޅުވެ އެވެ.
މައުމޫންގެ މި ސުވާލުތަކުގެ އަމާޒަކީ ރާއްޖޭގެ ކޯޓުތަކާއި ރަސްމީ އިދާރާތައް ކަމަށް ބެލެވެ އެވެ. ޕީޕީއެމްގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބު ކޮށްފައި ވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށް ވިޔަސް، ސިވިލް ކޯޓުގެ ހުކުމަކާ އެކު ޕާޓީ ހިންގުން ވަނީ އެމަނިކުފާނުގެ އަތްޕުޅުން އަތުލައި، ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ.
I don't want to commit an offence. So tell me am I allowed to use my own name, say I'm a Muslim, say I'm a Maldivian, say I love my country?
— Maumoon Abdul Gayoom (@maumoonagayoom) April 1, 2017
މައުމޫން މިއަދު ކުރެއްވި ޓްވީޓް
އިއްޔެއާ ހަމައަށް ރައީސް މައުމޫން ގެންދެވީ، ދެ ބައި ވެފައި އޮތް ޕީޕީއެމްގައި އެމަނިކުފާނުގެ ޕެކްޝަންގެ ފަރާތުން މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ގޮތުގައި ކުރިން ޕީޕީއެމްގެ އޮފީސް ބޭނުންކުރެއްވުމާއި ޕީޕީއެމްގެ ރައީސްގެ ލެޓަހެޑްގައި އެކި ބަޔާންތައް ނެރުއްވުން ހިމެނެ އެވެ.
އެކަމަކު މިދިއަ ބުދަދުވަހުގެ ރޭ ސިވިލް ކޯޓުން ވަނީ އެއިން އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށް ބުނެ، އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ފުލުހުންނަށް ދިން ބާރުގެ ބޭނުންހިފައި، އިއްޔެ ފުލުހުން ވަނީ ހ. ތެމާގައި ހުރި ޕީޕީއެމްގެ ނަން ބޯޑު ނަގައި ދިދަ ވެސް ބާލައިފަ އެވެ.
ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެކެވެ.
އެކަމަކު ޕީޕީއެމްގެ އަސާސީ ގަވާއިދުގައި މުސްތަޝާރަކީ، ޕާޓީ ހިންގުމުގެ އެއްވެސް ޒިންމާއެއް އޮތް ބޭފުޅެއް ނޫނެވެ. އެއީ ހަމައެކަނި ރަމްޒީ މަގާމެކެވެ.
ދާދި ފަހުން މައުމޫން ވަނީ ރައީސް ޔާމީންގެ ފެކްޝަނަކަށް "ދަރުބާރުގެ ގްރޫޕް" ގެ ނަމުން މުޚާތަބުކުރައްވައިފަ އެވެ. ޕާޓީ ދެ ބައިވެ، ރައީސް ޔާމީން އިސްކޮށް ހުންނަވައި ޕީޕީއެމް ހިންގަވަން ފެށި ފަހުން ޕާޓީގެ ގިނަ ހަރަކާތްތައް ބާއްވަމުން އަންނަނީ ދަރުބާރުގޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އސްތާ
20 April 2017
ކުރީގެ ވެރިންގެ ނަނަފުޅު އެބޭފުޅުންނައް ވިދާޅުވެވުނުބާ.
ޖުމާން
03 April 2017
30 އަހަރު ދުވަހު ވެރިކަން ކުރެއްވި އިރު ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަޅުނު ޙާލު ތަޖުރިބާ ކުރެއްވުމުގެ ފުރުޞަތު މިއަދު މާތްﷲ ތިޔަވަނީ ދައްކަވާފައި! ޢިބްރަތް ޙާޞިލްކުރަންޖެހޭ.
ސަރުކާނު
02 April 2017
ތިހެން އައްސަވާ އެމްޑީޕީކުދިންކައިރީ ހައްހައްހައް. އަދި ދަންނަވަން. މަނިކުފާނުގެނަން މަނިކުފާނަށްވެސް މިހާރު އޮޅޭވަރަށް މަނިކުފާނަށް މަނިކުފާނުވެސް އޮޅިެއްޖެ.
އިބޫ
02 April 2017
މިއީ 30 އަހަރުގެ ވެިރކަން ކުރެއްވި، އަދި ސަރުކާރި ހިންގާ ޕާޓީގެ ބާނީ އަށް ޖެހިފަިއ އޮތް ހާލަތު، ދެން ކޮބާދެން ތިބި މީހުްނގެ ހާލަތު، އޮޕޮސިޝަންގެ ހާލަތުް. ﷲ ރަހުަމތުން މި އަނިޔަވެރިކަމުން އަވަހަށް ސަލާމަތް ކުރައްވާށި...އާމީން
އަދިވެސް
02 April 2017
ތި މައްސަލާގައި ކޯޓަށް ވަޑައިގަންނަވާ! ހުކުމް ކުރައްވާ ގޮތަށް އަމަލު ކުރެއްވުން ރަނގަޅު ވާނެ.
ދޮހޮއްކޮ
02 April 2017
މިނޫން ދައުރެެއް ފެންނަން ބޭނުމޭ ބުނެގެން ޖަލަށްލީ ހަނދާން ނެތުނީތޯ؟ ޑިމެންޓެޑް ވަން!
ނޮޓް މީ
02 April 2017
ނައިފަރު ދޮހޮޮއްކޮ، މި ނޫން ދައުރެއް ދެކެން ބޭނުމޭ ބުނެގެން ޖަލަށް ލީ ވާހަކަ، އޭނާ ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ތިޔަ ބުނާ ކުއޯޓް " މި ނޫން ދައުރެއް ދެކެން ބޭނުން" އާއި އެކު އޭނާގެ ފޮޓޯ ޝޯޝަލް މީޑިޔާގައި ދައުރުކުރަން ފެށުމާއެކު، އޭނާގެ އާއިލާގެ ފަރާތުން އާއިލާގެ ނަމުގައި އޭނާގެ ކާފަ ދަރިޔަކު ވަނީ އެވާހަކަ ދޮގުކޮށްފައި!
އީގޭތޯ
02 April 2017
ދެނެއް ވޯޓެއް ނެގީޔަސް ނުނެގީޔަސް މީ ސަރުކާރު އައު ދައުރަކައް ނުހޮވޭނެ.. އަދީ މީ ސަރުކާރު އޮވެގެން ބާއްވާ އީންތީޚާބެއް ބައީނަލް އަގުވާމީ ދުނީޔެއީން ބަލައެއް ނުގަންނާނެ.. ޔޫ އެން އަކުންބަައެއް ނުގަންނާނެ..ދެން ކީހީނެތްތޯ ނާޖާއީޒު ވީޔަފާރީގެ ޑީލުތައް ހަދާނީ.. އޭރަކުން އީންވެސްޓަރުންނެއް ނާންނާނެ އީނގޭތޯ..
މުހައްމަދު
02 April 2017
މައުމޫން އޭޕްރިލް ފޫލް ޖޯކެއް ހަދާލީ ދޯ! ހަހަހަހަހަ
ވަސްމީރު
01 April 2017
މިނޫން ވެރިކަމެއް ކުރާތަން ބަލަން ދޮހޮއްކޮބެއާ ކުރި އިންޓަވިއެއްގައި އޭނާ އެހެން ބުނުމުގެ ހައްޤު އެއިރު މަނިކުފާނު ނިގުޅައިގެން އިރު ތިޔަ ފަދަ ސުވާލުތައް ހިތްޕުޅަށް އަރައިވަޑައިގެންނެވިތޯ އަޅުގަނޑަށް ސުވާލުކުރެވިދާނެތޯ؟
ޏަލަ
01 April 2017
އަދިވެސް ބޭނުންވަނީ ގައުމު ހަލާކު ކުރައްވަންތޯއެވެ؟ ތިޔަ ދުއްތުރާ ނުކުރެއްވުންއެދެން