ވޮކޭޝަނަލް ތަމްރީނަށް ހާއްސަކޮށްފައިވާ ސްކޫލު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
27 ނޮވެމްބަރ 2025 - 21:10
މަތީ ސާނަވީ އަށް ވޮކޭޝަނަލް ތައުލީމު ދިނުމަށް ހާއްސަކުރި ފުރަތަމަ ސްކޫލު، 60 ދަރިވަރުންނާ އެކު މިއަދު ހުޅުވައިފި އެވެ.
ޕޮލިޓެކްނިކްގައި ގާއިމްކުރި ސްކޫލު ހުޅުއްވައި ދެއްވީ، އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެ ސްކޫލުން ޖާގަ ދީފައިވަނީ މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށެވެ.
ވޮކޭޝަނަލް ތަމްރީނަށް ހާއްސަކޮށްފައިވާ ސްކޫލު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ހުޅުވައިދެއްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވުން ނިންމާ ދަރިވަރުންނަށް، ޔުނިވާސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ކޯސް ނިންމުމަށް ފަހު ވަޒީފާ އަށް ދިއުމަށް އިހުތިޔާރުކުރާ ދަރިވަރުންނަށް، އެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ސްކޫލުގައި ފުރަތަމަ ކިޔަވައިދޭނީ ފަސް ޕްރޮގްރާމެވެ. އެއް ދަންފަޅިއަށް ކުރިއަށް ގެންދާ ވޮކޭޝަނަލް ހައި ސްކޫލުގައި އިސްލާމް އަދި ދިވެހި މާއްދާ ވެސް ކިޔަވައިދޭނެ އެވެ. އެ ޕްރޮގްރާމްތަކާއި މާއްދާތަކުން އޭ ސްޓާ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ ދަރިވަރުންނަށް މީގެ ކުރިން ފަހިކޮށްދީފައި އޮތީ އެކަޑެމިކް ޕާތުވޭ އެކަނި ކަމަށެވެ. އޭގެ ސަބަބުން، ނަތީޖާ ދަށް ކުދިންނަށް ސްކޫލު މާހައުލެއްގައި ކުރިއަށް ދިއުމަށް ދަތިވާކަން ފާހަގަކުރެއްވި އެވެ.
ވޮކޭޝަނަލް ތަމްރީނަށް ހާއްސަކޮށްފައިވާ ސްކޫލު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެއާ ހިލާފަށް، ވޮކޭޝަނަލް ވާތުވޭ ފަހިކޮށްދިނުމުން، އެ ދަރިވަރަކު ބޭނުންވާ ރޮނގަކުން މަތީ ތައުލީމް ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މާލޭގައި ހުޅުވި ވޮކޭޝަނަލް ސްކޫލަށް ފަހު، ރަށްރަށަށް އެ ތައުލީމް ފުޅާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން، ތައުލީމް ފުޅާކުރުމުގެ ފުރަތަމަ މަރުހަލާގައި ރ. އަލިފުށީގައި އެ ތަމްރީނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އޭރުން އެ ތަނުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީ ތެދޭ
28 November 2025
10 12 އަހަރު އިނގިރޭސިބަސް ކިޔަވާދޭން ނުތިބެ މަސައްކަތް ތަކެއް ދަސްކޮށްދޭންވީ އިނގޭތޯ. އަމަލީ މައިދާނުގަ ހަމަ ސުމެއް ގިނައީ. ރިސާޗެއް ހަދާލަބަލަ ނިކަން.
ޖީލު
28 November 2025
ރަނގަޅު ނިންމުމެއް ، ސަސްޓެއިން ކުރުމަށް ހުރިހާ ފިކުރެއްގެ ސިޔާސީންނަށް ގޮވާލަން.. ކުދިން ގޯސްމަގު ހިޔާރު ކުރުން މަދުވާނެ ހުރިހާ ގޮތަކަށް ކަންކަން ރާވާ..
ހާމިދު ޝާހިދު
28 November 2025
މިއީ ވަކަރުގޭ ކުދިން ލާތަން! މިހެން ނަހަދާ، އެއް ސުކޫލެއްގެތެރެއިން ހުރިހާ ކަމެއް ކުރެވޭނެ ގޮތް ހަދަންޖެހޭ. ހިސްޓްރީ، ޖިއޮގްރަފީ، ސައިންސް މާއްދާތައް އެއްކޮށްލައިގެން ކިޔަވައި ދޭންޖެހޭ.
ރޯނޭ
28 November 2025
އައްދޭ ހާދަ ނުވިސްނެޔޭ، ވޮކޭޝަނަލް އެޑިޔުކޭޝަން އެއީ ތިޔަ ސުކޫލް ތަކުން ހޯދާ އޭ ސުޓާ އަށް ވުރެ ބޭނުންހިފޭކަމެއް
ފަހި ފުރުސަތު
28 November 2025
މިއީ ދުނިޔޭގެ ތައުލީމީ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާ ފައިހަމަ ކުރުމަށް ގެންނަންޖެހި، ނުގެނި ލަސްވެފައި އޮތް ކަމެއް. ތަރައްގީވެފައި އެތައް ގައުމެއްގައި އެކަޑަމިކް ޕާތުވޭގެ އިތުރުން ވޮކޭޝަނަލް ޕާތުވޭ ހައިސްކޫލްގައި އޮވޭ. ނަތީޖާއެއްގެ ގޮތުން އޭލެވެލްގައި އެ ދަރިވަރަކު ބޭނުން ޕާތުވޭއަކުން ކިޔަވަން ފުރުސަތު ލިބި، ހަވާސާވެ މަގުމައްޗަށް ނުކުންނަ ޒުވާނުން މަދުކުރެވޭ. މިއީ ކުދިންގެ އުއްމީދުތަކަށް ވާސިލުވާން ފަހިވި ފުރުސަތެއް
ދޮން
28 November 2025
ޔައުނީ އޯލެވެލްގައި އެކުއްޖަކު އެކައުންޓުން ނޫނީ ފިޒިކްސް އިން މަތީ މާރކްސް ލިބި ފައި އެހެން މާއްދާތަކުން ދަށްކުއްޖާއަށް އެކައުންޓެއްޓަކަށް އަދި ފިޒިކްސް އިން ފާސްވި ދަރިވަރު އެމާއްދާއިން އޭލެވެލް ހަދާ ފިޒްކްސް އިން ސިވިލްއިންޖިނިއަރިން އިން ޕީ އެޗް ޑީ ހެދި ދާނޭ ، ކުރިމަގު ހުޅުވުނީޔޭ ކޮންމެހެން ހުރިހާ މާއްދާއިން ޓޮޕްޓެން ހޯދާ ދަރިވަރެއްނޫނޭ އޭލެވެލް ކިޔެވުމަށް ފުރުސަތު އޮތީ
ކޮރަލް
27 November 2025
ފަހުމް އެއް ނުވި އެވެ .
ކޮރަލް ފަހުން
27 November 2025
އެހެންވީމަ އަވަހަށް މި ސްކޫލުގެ ނެކްސްޓް ބެޗަށް ރެޑީވޭ. ސަރުތު ފުރިހަމަ ކަމަށް ބެލެވޭ.