ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސްކޫލް ޔުނީފޯމުތައް ބަދަލުކުރުމުގައި އެމަނިކުފާނުގެ ހިޔާލު ތަފާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ޑިސެމްބަރ 2025 - 19:17
ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލާ އެކު، ޔުނިފޯމުގެ އަގު ބޮޑުވާނެ ކަމަށާއި މިހާރު ވެސް ކުދިން ތިބީ "އެކަށީގެންވާ ވަރަށް ނިވާވެގެން" ކަމަށް ވިދާޅުވެ އެ ބަދަލާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ސްކޫލްތަކުން ތައްޔާރުވާން އަހަރެއް ދިނުމަށް ފަހު 2027 ގައި ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ ކަމަށްވާ ނޫ ކުލައަށެވެ.
އެއާ އެކު، ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ހުންނަން ޖެހޭނެ ގޮތުގެ އުސޫލު މިހާރު ސްކޫލުތަކަށް ވަނީ ފޮނުވާފަ އެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެ އެވެ. އަދި ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ.
Raajjeygai 90,000 ah vure gina dharivarun eba thibi. Mihaaru hushahalhaafaivaa uniform ah enme madhu vegenves MVR 900 kharadhu vaane.
— Mohamed Nasheed (@MohamedNasheed) December 6, 2025
Beleniverin athun jumla MVR 80 millionah vure ginain nagaa, e faisa fothi fihaarathakah dhinumakee dhekolhu jehey kameh noon. Uniform badhal… pic.twitter.com/kBb8Bjj07G
ބައެއް މީހުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ އެ މައްސަލާގައި ނަޝީދު ވިދާޅުވީ 90،000 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ތައުލީމު ހާސިލު ކުރަމުން އަންނައިރު އާ ގޮތަކަށް ޔުނީފޯމު ބަދަލު ކުރާ ނަމަ ކޮންމެ ކުއްޖަކަށް މަދުވެގެން 900ރ. ހަރަދުވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ބެލެނިވެރިންގެ އަތުލުން 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، ފޮތި ފިހާރަތަކަށް އެ ފައިސާ "ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން" ކަމަށެވެ.
"މިހާރު ވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން،" ނަޝީދު ވިދާޅުވި އެވެ.
ޔުނިފޯމަށް ބަދަލު އަންނަ ގޮތުގެ ނަމޫނާ: ސްކޫލްތަކުގެ ޔުނިފޯމު އެއްގޮތް ކުރަން އެޑިއުކޭޝަނުން ވަނީ އުސޫލެއް ހަދައި 2027 އިން ފެށިގެން އަމަލުކުރަން ނިންމާފައި. -- ފޮޓޯ | މިހާރު
ނަޝީދު އެހެން ވިދާޅުވި ނަމަވެސް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ޔުނިފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރާ ގޮތުގައި އާ ޔުނިފޯމަށް ކުއްޖަކަށް 350ރ. އަށް ވުރެ ބޮޑު ހަރަދެއް ބެލެނިވެރިން ކުރާކަށް ނުޖެހޭނެ އެވެ.
މިހާރު ވެސް ބެލެނިވެރިންގެ އަބަދުގެ ޝަކުވާއަކީ ޔުނިފޯމް ވިއްކުން އެއްބަޔަކަށް ދޫކޮށްލާފައި އޮތުމުން އެކި ސްކޫލްތަކުގައި ތަފާތު އެތައް ކުލައެއްގެ ފޮރި ބޭނުންކުރާތީ އެ ހޯދަން އުނދަގޫވުމެވެ.
މިނިސްޓްރީން ބުނީ، ސަރުކާރުގެ ސްކޫލްތަކަށް ހާއްސަ ހަތަރު ކުލައެއް ކަނޑައެޅުމުން ފޮތި ނުލިބުން ފަދަ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ުޔޮރުބާ
07 December 2025
ތިޔަ ގަވައިދުގާ ވާގޮތުން އައުރަ ނިވާ ކުރަން ޖެހެނީ ފިރިހެން ކުދިން އެކަނި. އެކްމަކު ދީނީ ސަރުކާރު
އޮނަރަބްލް އަފީފު ދީދީ
07 December 2025
ރަށްރަށުގައިހުރި ޒަމާންވީއާދަކާދައަށް ހުރަސްއެޅުމާއި، އެތައްޒަމާނެއް ވަންދެން އެއްގޮތަކަށް ކުރަމުންއައި އެމީހުންގެމެދުގައި ސަޤާފީކަމެއްފަދަ ކަމެއްގެގޮތުގައި އާންމުވެފައިވާކަމަކަށް ހުރަސްއެޅުމަކީ ޤާނޫނުއަސާސީގެ 39 ވަނަ މާއްދާ ހުއްދަކުރާ ކަމެއްނޫން. 39 ވަނަ މާއްދާގެ ށ ގައި ބުނަނީ "ދައުލަތުގެ ތަނަވަސްކަމާއި ފޯރުންތެެރިކަން ހުރި މިންވަރަކުން، ތަޢުލީމާއި، ސަޤާފަތާއި، އަދަބިއްޔާތާއި، ފަންނުތައް ކުރިއެރުވުމަށް ދައުލަތުން މަސައްކަތް ކުރާން ވާނެ" ކަމަށް.
ބާބޫ
07 December 2025
އަފީފް ދީދީ މަނިކުފާނަށް ވެސް ބަޔަކު އައުރަ ނިވާ ކުރާތީ ބާރުކުރަނީތޯ؟
ކޮވެލި
07 December 2025
ޔުނިފޯމްގެ ބަދަލުގައި މިކަންކަން ރަނގަޅު ކޮށްދެއްވާ. ޕްރިންސިޕަލަށް ހުރެ ސްކޫލްގައި ވޭޕް ބަހައްޓައިގެން ވިއްކި މީހެއް މިހަާރުވެސް ތި މިނިސްޓްރީގެ ވަޒީފާގައި އުޅޭނެ. ދެވަނަ ކަމަކަށް ރާއްޖޭގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ޖެނެރަލް ސައިންސް ގްރޭޑް 10 އާ ހަމައަށް ކިޔަވައިދީ ބަލަ. ޔުނިފޯމާ ހިފައިގެން އުޅޭ މީހުން ގެންގުޅޭ ލެޕްޓޮޕާ ފޯނު ބަލާބަލަ އެމީހުން ބަލަނީ އަދި ގެންގުޅެނީ ކޮންކަހަލަ ފޮޓޯ އާ ވީޑިއޯ ތޯ؟ ނޭފަތުން ވިސްނިއަސް ކަންކަން ރަނގަޅެއް ނުވާނެ.
އައިސާދިޔެ
07 December 2025
މާކުރިންވެސް ގެންނަންވެއްޖެ ބަދަލެއް. ޢަހުމަދިއްޔާ ޔުނިފޯމުވެސް ޑިޒައިން ހުންނަ ގޮތުން ދެހަފްތާ ވާއިރަށް ހެދުމުގެ އަތް އޮންނަނީ ކަޅުވެ ކުލަ ބަދަލުވެފައި. ޢަހަރެންގެ 5 ދަރިންގެ ޔުނިފޯމުތައް ކުލަ ވަކިކޮށްގެން ދޮވެވެނީ 4 ބުރުން. ގައިމު ފެން ބިލުވެސް މިހާރު ކުޑަވާނެ
ލަގަނާ
07 December 2025
ކަލޭ އުޅޭ ގާނާގެ ޔުނީފޯމު ކަންކަމާ، ރާއްޖޭގެ ކަންކަމާ ދަލުބޭރުން ޖެހެން ނޫޅޭ.........
ސުންބުލި
07 December 2025
ސިޔާސީ އެންމެން ދައްކާނީ އަބަދުވެސް ހިނގަމުން ސަރުކާރު ކުރަމުން ގެންދާ ރަނގަޅުކަމުގެ އިދިކޮޅު. ދިވެހިން ވިސްނަންވީ ކަމަކީ ޕާޓީ ސިސްޓަމަކީ ކަމުދާ ކަމެއްނޫންކަމުގައި
ބަބޫ
07 December 2025
ނަށީދަކީ މިއަދު މިފެންނަ ހަމަބުޖެހުމާ ހަލަބޮލިކަމުގެ ބާނީ. ރަނގަޅުވާނީ އަނގަމަޑުން ލައިގެން ގޭގައި އޮވެއްޖިއްޔާ
ން
07 December 2025
އައުޓް ޑޭޓޭޑް
އީނާޝްް
07 December 2025
ޔުނީފޯމް އަގުބޮޑުވިޔަސް ނުވިޔަސް ބެލެނެވެރިޔެއްގެ ހައިސިއްޔަތުން އެއީ ވަރަށް ރަނގަޅުކަމެއް މުއިއްޒު އެކުރީ. އަހަރެމެންވެސް ކޮންމެވެސް ދުވަހަކު ޖަވާބުދާރީވާންޖެހޭނެ ފަރާތެއްވާކަން ހަދުމަކުރޭ.
މަހުމޫދާާ
07 December 2025
އިސްލާމީ މިންގަޑަކަށް ކަމެއް ކުރަންޏާ މީނަގެ ކަށްގަލަށް ނިކަން ބާރުކުރާނެ.