ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓު: ރާއްޖެއިން ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
07 ޑިސެމްބަރ 2025 - 19:10
ތޫފާން ދީތުވާގައި ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ދެ ފަރާތަކާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފި އެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި ލަންކާއަށް ފޮނުވަނީ އެ އެއާލައިނާއި ދަ މަހަލްދީބް ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕް ގުޅިގެން ކަމަށެވެ.
"މިފަދަ ދަތި ހާލަތެއްގައި ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތަކަށް އެހީ ފޯރުކޮށްދިނުމުގައި ހިއްސާވުމަކީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރާނެ ކަމެއް. އަޅުގަނޑުމެން ގުޅިގެން މި ކުރާ މަސައްކަތުން ރަމްޒުކޮށްދެނީ އެ އަޅާލުމާއި ޒިންމާދާރުކުރަން،" މޯލްޑިވިއަނުން ބުންޏެވެ.
Standing with Sri Lanka, together. 🇲🇻 🇱🇰
— MaldivianAero (@MaldivianAero) December 7, 2025
The Mahaldeeb Foundation, Meegaath and Maldivian have joined together to transport essential goods in support of ongoing relief efforts in Sri Lanka.#Maldivianaero pic.twitter.com/VBevZRIJU9
މޯލްޑިވިއަނުން ލަންކާއަށް އަސާސީ ތަކެތި ފޮނުވާއިރު، މިއަދާއި އަންނަ އަންގާރަ ދުވަހު، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު އޭ330 ގައި ލަންކާއަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ވެސް ޝެޑިއުލްކޮށްފައިވެ އެވެ.
ލަންކާއަށް މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރައިގެ ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިން ކަމަށް އެ ގައުމުގެ ނޫސްތަކުގައި އިއްޔެ ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ގައުމުގެ ސަރުކާރަށް ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން ޕީއެސްއެމުން އިސްވެ ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) އާއެކު، ޖުމްލަ 850،352 ޑޮލަރު ވެސް ލަންކާ ސަރުކާރާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ވެސް ވަނީ ލަންކާއަށް މާލީ އެހީ ދީފަ އެވެ. އޭގެ ތެރޭގައި ސަން ކުންފުންޏާއި ވިލާ ގްރޫޕުގެ އިތުރުން މެދުފަންތީގެ ބައެއް ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.
ލަންކާގެ ދިރިއުޅޭ ދިވެހިންނާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ ލަންކާ ރައްޔިތުންނަށް އެހީވުމަށް ހަރަކާތްތައް ބާއްވައިފަ އެވެ.
ތޫފާން ދީތުވާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލުމުގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމްދާ
08 December 2025
ހަމްދދާވެސް ބޭނުން އެހީވާން
ތިމާވެށި
07 December 2025
ގަބޫލު ކުރިއަސް ނުކުރިއަސް ރަށްރަށުގަ ވ ނިކަމެތި އެހީ ބޭނުންވާ އާއިލާ ތައް ވ ގިނަ އެވެ . ސާވޭ ކޮށްލަ ބަލާށެވެ .
މަގޭ ބޯޓް
07 December 2025
މަގޭ ކޯޓު ! ޤަޢުމެއްނެތިފަނާވުންވަނީ އިންސާފުގެ މަތީގައެވެ ! އުފާވެރިކަންވަނީ ޢަދުލުގެ މަތީގައެވެ ! މި ޤަޢުމުން މި ދެސިފަ ޑީޕޯރޓުކޮށއފިއެވެ !
ސެއްޔާރާ
07 December 2025
ލަންކާ އަކީ ސްޓްރެޓެޖިކް ލޮކޭޝަން ގައި އޮތް ސާރކްގެ ދެވަނަ ގައުމޭ އެއްވަނަ ލޮކޭޝަން އެއީ ރާއްޖެ ލަންކާ އިން އެބަޖެހޭ ލަންކާގެ ސަރުކާރުން ހިންގާ މަޝްރޫއު ތައް ވަރަށް ރަނގަޅަށް ސިކުނޑިން ވިސްނައިގެން ހުޅަނގުގެ ކަނޑުކޮހުން ބުނާ ގޮތް ދޫކޮށްލާ ލަންކާ މީހުން ލަންކާގެ އީކޯ ސިސްޓަމް ދަސްކޮށްގެން ލަންކާ ތަރައްގީ ކުރަން ލަންކާ ގެ އިންފްރާސްޓްރަކްޗަރ ވަރަށް ވީކް އެން ވަލްނަރަބްލް އެކަން އެބަޖެހޭ ލަންކާ ސަރުކާރުން 2050 ވަނަ އަހަރާއި ހަމައަށް ޕްރޮޖެކްޓްކުރަން
ސަރގ
08 December 2025
ކަލޯގެ ގައުމު އޮތީ އަދި މާ ވަލްނަރަބްލްކޮށް ތިރިވެލާފަ އަމިއްލަ ސޯޓް ހުރީކިހާހިސާބެއްގަތޯވެސް ބަލާލަބަލަ
އޯވަރ
07 December 2025
ހޫނ ދެން ދިވެހިން ރަނގަޅޭ ބުނީމަ ލާންގެންގުޅޭ މުންޑުގަޑަށް ދާންދެން ފޮނުވާލާ...
ދަސްކުރާށޭ
07 December 2025
ލަންކާ އަށް އެހީވުން ރަނގަޅޭ ލަންކާ އިން ދަސްކުރަން ޖެހޭ ފިލާވަޅަކީ ހުރިހާ ކޯރުތަކުގެ އައްސޭރި ފަށުގައި 6 މީޓަރު އުސްމިނަށް ކޮންކްރީޓް ފާރު ރާނާ އަދި ލަންކާގެ ހުރިހާ މަގުތައް ހަދާއިރު ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމް ގާއިމް ކުރަންވީ ލަންކާ އަށް މިނިޓަރު 1200 މިލިމީޓަރުގެ ވާރޭ ވެހުނު ނަމަވެސް ލަންކާގެ މަގުގައި ފެން ތިއްކެއް ވެސް ހަރުނުލާ ގޮތަށޭ މިކަމަކީ ލަންކާ ސަރުކާރުން ސަރުކާރުގެ އަމިއްލަ ކުންފުނި ތައް އުފައްދާ ކުރަން ޖެހޭނެ ކަންކަމޭ މިފިލާވަޅު
ޕޮެއް
08 December 2025
ޔމނ ޑިގު ކުޅެއް ދޭބަލަ
މިހާލި
07 December 2025
ރަނގަޅު . އެހީ ވެވޭނި މިއަދު މާދަން ނޭގެ ވާނެގޮތެއް
ސާބަސް ހ
07 December 2025
ސާބަސް ހަމަ ދެންހުއްނުލާތި އެހެންކަމެއްފެންނަންދެން އެވެރިން އެބަބުނޭ ހާދަރަންގަޅުބައެކޭ ދިވެހީންނަކީ ފޮށީގެ އެންމެއަޱީގަ އޮންނަ ލާރިވެސް ދޭނެޔޭ އެވެރިން ދެން ގިރުއާނު ކޮޅައްޖަހައިގެން ތިބެ އައްޖަހާ ކޮނޱުހުޅުން ނެއްޓެންދެން. އެހީވެސް ވާންޖެހޭނެ ހަމްދަރުދީވެސް ވާންޖެހޭނެ އެކަމަކު ގޮސް ހުސްވަންދެނެއްނޫން.