ޕާކު ކުރަން ހުޅުވާލި ޖާގަތަކުގައި 1،964 އުޅަނދު ޕާކު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނޭ.
މާލޭ ސަރަހައްދުގައި ދުއްވާ އެހެން ޒޯނުތަކުގެ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެންދެން، ހުޅުމާލޭގައި ބަހައްޓަން ހަމަޖެއްސި ބިމުގައި ކާރުތަކެއް ޕާކުކޮށްފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 ޑިސެމްބަރ 2025 - 13:47
ހަތަރު ފުރޮޅުލީ އުޅަނދުތައް ހުޅުމާލޭގައި ޕާކުކުރެވޭނެ ވަގުތީ ޖާގަތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު ޒޯންތަކެއް ކަނޑައަޅައިފި އެވެ.
އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ވަގުތީ ޕާކިން ޒޯންތަކެއް ހެދީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކޮށް، މަގުތަކުގައި އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުމަށެވެ.
އެޗްޑީސީން ބުނީ އެ ޕާކިން ޒޯންތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، އުޅަނދުތަކަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށެވެ.
ޕާކު ކުރަން ހުޅުވާލާފައިވާ ޖާގަތަކުގައި 1،964 އުޅަނދު ޕާކު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ވަގުތީ ޕާކިން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:
- މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ
- ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ
- ހިޔާ ޓަވަރު-16 ސަރަހައްދު: 1،233 ޖާގަ
- ވިނަރެސް ސަރަހައްދު: 362 ޖާގަ
މާލެ ސަރަހައްދުގައި ޕާކިން މައްސަލަ ބޮޑެވެ. މިކަމަށް ދިމާވެފައިވާ ދަތިތައް ދާއިމީ ގޮތެއްގައި ހައްލު ކުރަން މާލޭ ސަރަހައްދުގައި ޕާކިން އަށް ހާއްސަ ބިލްޑިންތަކެއް އިމާރަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާހަމަ
10 December 2025
އޯކިޑްމަގުގަ މަގުގެ ދެފަރާތުގަވެސް ޕާރކް ކުރެވޭ އެކަން ފުލުހުންގެ މައި މަރުކަޒުހުރި ރަށުގަ ކޮނޑަށް ފަށްއެރި ސަރުދާރުންގެ ކުރިމަތީގަ މަގުތަކުގަ ޕާރކްކުރާ ތަން ދައްކަން ފަށްއެރި މީހުން ނެރޭ ހިސާބަށް ކަންތައް ގޮސްފިތާ އެތައް އަހަރެއް މާލޭގެ މުހިންމު މަގުތަކުގަ ދެފަރާތުގަ ޕާރކް ކޮށްފަ ހުރުމުން އެއިން ތަނަކަށް އޮޅި ގިރާ ކުރެވޭނެ ޖާގަވެސް ނެތި ފަތުރުވެރިން އުޅޭތަން ފެނެއެވެ. އެއީ ގްރީންޓެކްސްއާ ބެޑްޓެކްސް އަދި އެއަރޕޯރޓް ޓެކްސް ދައްކާ މީހުންނެވެ.
ޑުރައިވަރު
09 December 2025
ކިތައްމެވަރަކަށް ޕާކްކުރާތަންތަން ދިނަސް މުޅި މާލެ އާއި ހުޅުމާލޭގެ މަގުތައްމަތީގަ ތި އެއްޗިހިތަށް ހުނަނަނީ އުކާފަ އެމީކު ހިތަށްއެރިތަނެއްގައި ސަރުކާރުތަކުން ދޫކޮއްލައިގެން ތިބެނީ މިފަހަރު ޖެހޭނެ ކޮޅެއްގެއި ޖައްސަން އަބަދު ދީދީގެންވާކަށްނެތް
ގުއިއްޒު
09 December 2025
ރަނގަޅު ކުރާނަމޭ ކިޔާ މީހާ އަށް ރއްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނެތް. އޭނަ ކުރާނީ އަމިއްލަ ފައިދާއަށް ކުރާ ކަންކަން.
އަބޫ
09 December 2025
އަގުނަގާ ރަނގަޅަށް ތިފަދަ ޕާކިންގތައް ބަލަހައްޓަބަލަ..
ހިޔާ
09 December 2025
ޕޭމެންޓްގޭޓްވޭތަކާއި ބޯހިޔާވަހިކަމަށްދިންވޯޓު
ލޮ؛ަމް
09 December 2025
ދެނެއް ރަނގަޅެއް ނުކުރެވޭނެ. މާ ބޮޑަށް ލަސްވެއްޖެ!!!
ފުރަމާލެ
09 December 2025
ކޮން ދަފުތަރެއްތަ. ކޮންހާ ފަސްކުޅަނދު މަދު ބައެއްތަ މިތަނަށް އަރައިގެން މިއުޅެނީ ވެހިކަލުތައް ރަޖިސްޓްރީކޮށްގެން. ކޮންމެ މީހަކަށް އަމިއްލަ ރަށެއްގަ ނޫން ތަނެއްގައި ރެޖިސްޓްރީނުކުރެވޭގޮތް ހަދާބަލާ. ރަށުން ބޭރުން ނާ ގައުމުން ބޭރުން އަންނަ މީހުނަށް ޕަބުލިކްޓްރާންސްޕޯޓް ބޭއްވީމަ ނިމުނީ. އެތަނަކަށް ނުކަތާވަރަށް މީހުންނާ ވެހިކަލް އެރުވުން ބަލައެއް ނުގަނެވޭ.
ބާލިދީ
09 December 2025
ރަށްޔިތުންނާއި ބައްދަލު ކުރިކުރުމެއްގަ ހަމަ މީހާކުތެދުވެ ލަވާހަޅޭކަކަށް ނުޖެހޭ ޕާކިން ހަދާދޭކަށް. އޭގެން އިނގެނީ ވެރިމީހާގެ ނުކުޅެދުންތެރިކަން. ކާރު ވައްދާނެ ތަނެއްނެތިއްޔާ ބާދަނގަޑަށް ކިރާލާފަ ގޭގައޮވޭ.
ބޮލުރޮދިބޭ
09 December 2025
ހިޔާ ފްލެޓްތައްކާރީ ސައިކަލް ޕާކްކުރާނެ ތަނތަން މަދެއްނޫން، ހުސްތަންތަން ހުއްޓާވެސް ސައިކަލު އެޕާކްކުރަނީ މިސްކިތު ދޮރޮމަތީ، ފްލަޓަށްވަންނަ ދޮރުމަތީ!
ބުރުގާ
09 December 2025
އަމިއްލަ ގޭގަ ގަރާޖު ނެތް ހުރިހާ ވެހިކަލެއް ކަނޑައް އަޅައިގެން ރަށެއް ހިއްކާ. ނެތް ފެންވަރުގަ ރާއްޖެއައް ވެހިކަލް އެތެރެކޮއްފަ މަގުމައްޗައް އުކަން، ކޮން ސަކަރާތެއްތީ.... ހިނގާފަ އުޅެން ނުކެރެންޏާ ގޭގަތިބޭ...
ޜޮދިބެ
09 December 2025
ކަލޭވެސް ކަނޑަށް ފުންމާލާ ކާރުތަކާ އެކީ....ތިހިރީ މައި ރޮދި ކެނޑިފަ!