ރަސްމާލެއިން މިހާރު ހިއްކާފައިވާ ސަރަހައްދު: އެތަނުގެ ދަތުރުފަތުރުގެ މާސްޓަޕްލޭން ހަދަން ބަޔަކު ހޯދަން ވަނީ އިއުލާން ކޮށްފައި --- ފޮޓޯ/އެޗްޑީސީ
09 ޑިސެމްބަރ 2025 - 15:01
ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދަން ހިއްކަމުންދާ ރަސްމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާސްޓާ ޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއްޔެ އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ރަސްމާލޭގައި ދަތުރުފަތުރުގެ ފުރިހަމަ މާސްޓާޕްލޭނެެއް އެކުލަވާލުމުގެ މަގުސަދަކީ ރަސްމާލެ އާއި މާލެއާ ދެމެދު އަދި ރަސްމާލޭގެ އެތެރޭގައި ވެސް ރައްކާތެރި ދެމެެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށެވެ.
އެކަމަށް ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކާއެކު ޝައުގުވެރިކަން ފާޅުކުރާކަމުގެ ލިޔުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ ކުންފުންޏަކުން ކުރިން ކޮށްފައިވާ އެފަދަ މަސައްކަތްތަކުގެ ތަފްސީލާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އެނގޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ.
ފިނޭންސްގެ އިއުލާނުގައިވާ ގޮތުން، ކޮންސަލްޓެންސީ ދިނުމުގެ ޓާމްސް އޮފް ރިފަރެންސް މިއަދުން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ލިބޭނެ އެވެ.
އެ މަސައްކަތް ހަވާލު ކުރާނެ ބަޔަކު ހޮވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (މަސައްކަތުގެ ފެންވަރާއި އަގަށް ބަލައި) ކޮންޓްރެކްޓަރަކު ކަނޑައަޅާ އުސޫލުންނެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެއާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލޭ ހިއްކުމުގެ މަސައްކަތުގައި ބޭނުން ކުރަމުންދާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ގޯތިގެދޮރުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެ މަނިކުފާނުގެ އެންމެ "ޑްރީމް ޕްރޮޖެކްޓް" ރަސްމާލެ ތަރައްގީ ކުރަމުން ދަނީ ސަތޭކަ ޕަސެންޓް ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އެ މަޝްރޫއުއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚިޔީލު
10 December 2025
މިޕްރޮޖެކްޓަކީ މިވަގުތަށް މުހިންމު ޕްރިޖެކްޓެއް ނޫން. ބުރިޖުން ގުޅާލެވޭނެ ފަޅުތައް އެބަހުރި.
ހުސް ފޮނި
10 December 2025
މިހާރު ޓަނަލް ޕްރޮޖެކްޓް ކޮބާ؟
ގުއިރޭ
09 December 2025
ފާރިހާ އުޅޭނެއްނު.. އޮޑިޓު ފާމާ ހަވާލުކޮށްލާ.
ލޯވަށި
09 December 2025
ފުލޯޓިންގ ބުރިޖެއް "މެއިންޓެނެންސް ބޮޑުވިއަސް" ކިހިނެއްވާނެތޯ؟
ހިވާމިބުނީ
09 December 2025
ހުރިހާ ކަމެއް ބަހައްޓާފަ ނިންމަންޖެހޭކަމެއް ތި ރަސްމާލެ އައަކީ މާލޭގައި ކުލީގެ އަޅުންގެ ގޮތުގައި އުމުރު ހޭދަކުރަމުންދާ އެތަށް ހާސް މީހުންގެ ހިތައްވާ ވަރަށްބޮޑު ފިނިކަމެއްކަމުގައި ތިކަންވެއެވެ.
އެތައްބަޔަކަށް އިޙުމާލުވެފައި ތިކަންވާނެތަ؟
09 December 2025
ވަރަށް ދަތި ޙާލުގައި އުޅެމުންދާ މާލޭގެ އެތަކެއްހާސް ބަޔަކަށް ގޯތި ލިބިފައި ހުރި ތަންތަނުގައި އުޅެވޭނެ ގޮތް ހަދައިނުދީ ހިފަހައްޓާފައި، ރަސްމާލޭގެ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ
ކޮރޮކަލި
09 December 2025
އަންނަނީ އަންނަނީ. ވިނަރެސް ފްލެޓް ގަތް މީހުންނަށް މީގެ އަހަރެއްކުރިން ވަޢުދުވި ފައިސާވެސް ނުދޭ. އެކަމަކު އަދިވެސް ރައްޔިތުން ގުނބޯ ހައްދަނީ.
އަލީ123
09 December 2025
ގްރޭޓާމާލެއާ ރަސްމާލެ ގުޅުވާލަން ކޭބަލް ކާރު ބޭނުންކުރުން ކިހިނެތްވާނެތޯ؟
މުޑަހަންޖާ
09 December 2025
ކޮންމެކަމެއްގައިވެސް މައުމޫނުޒަމާނުގަ އޮތް ފެންވަރަށް ތަފާތުކުރުން ގެންގުޅޭތަން މިފެންނަނީ. ވަކި ރަސްމާލޭވީމަ ސަރުކާރުން ދަތުރުފަތުރުގެ މާސްޓަޕުލޭނެއްހަދަން ކޮންސަލްޓަންސީ ހޯދާއިރު ރާއްޖޭ އެހެން ރަށްރަށުގަ ދަތުރުކުރާގޮތުގެ މާސްޓަޕުލޭން ހަދަން ތިކަން ކޮށްފިތޯ. ގަބީލާ ރޭސިޒަމްއާ އަހަރެމެން ދެކޮޅު.
ޙަނދި
09 December 2025
އަފީފް ދީދީގެ ކޮމެންޓެއްދޯ؟
ތިކަން އޮތީ ޕްލޭންކޮށްފަ
09 December 2025
ޑަކުޓަރު އިންޖިނޭރު ރައީސް ވަނީ ޓްރާންސްޕޯޓު ކުރާނެ ގޮތް ކިޔާދެއްވާފަ! ރައީސްގެ އިރުޝާދާއި ލަފާފުޅާ ހިލާފަށް މާސްޓާޕްލޭނެއް ނެހެދޭނެ!