ޚަބަރު / އެސްއީޒެޑް

ސަސްޓެއިނަބްލް ޓައުންޝިޕް ތަރައްގީކުރަން 790 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ހުއްދަ ދީފި

އިކޮނޮމިކް މިނިސްޓަރު ސައީދު: ޓައުންޝިޕެއް ތަރައްގީކުރަން 790 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ސަރުކާރުން ވަނީ ހުއްދަ ދީފައި --- ފޮޓޯ/މިހާރު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން، މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިިލިއަން ރުފިޔާ) ގެ ޓައުންޝިޕެއް ރާއްޖޭގައި ގާއިމްކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް މިއަދު ބަޔަކަށް ހުއްދަ ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނި ގޮތުގައި އެ މިނިސްޓްރީގެ ދަށުން ހިންގާ ބޯޑް އޮފް އިންވެސްޓްމެންޓްސް އިން އެ ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

"ސަސްޓެއިނަބްލް ޓައުންޝިޕް" ގާއިމްކުރަން އެ ކުންފުންޏަށް ހުއްދަ ދިނީ 790 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކުރާ ގޮތަށް ޕްރޮޕޯސަލެއް ހުށަހެޅުމުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ބޯޑް އޮފް އިންވެސްޓްމެންޓުން ބުނީ ސަސްޓެއިނަބްލް ޓައުންޝިޕް ގާއިމްކުރަން ކްރިސްޓަލް ހޯލްޑިންސް އަށް ދިން ހުއްދައަކީ ހަމައެކަނި "ކޮންވެންޝަނަލް ޓޫރިޒަމް މޮޑެލް" ތަކުގެ އިތުރުން މަލްޓިސެކްޓާ މޮޑެލް އަށް ދާން އެޅި ފާހަގަކޮށްލެވޭ ފިޔަވަޅެއް ކަމަށެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާ އެކު، ގާއިމްކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމް ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން އެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު އެވެ. އަދި ސަސްޓެއިނަބުލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓަކާ އެކު، އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.

އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ އަށް އަމާޒު ކޮށްގެންނެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ތަނުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކުރިމަގަށް އަމާޒުކޮށްގެން އިގުތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

25 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 5%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާވެރިބެ

11 December 2025

ވުޒާރާ އިން ބެއްލެވިތޯ 790 މިލއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ހުއްދަ ދެއްވި ކުންފުނީގެ ބެލެންސް ޝީޓް؟ ކިހާވަރެއްގެ އެސެޓް ހުރި ކުންފުންޏެއްތޯ؟ އަޅުގަޑަށް ވެސް ހުށަހެޅިދާނެ 5 ބިލިއަން ޑޮލަރުގެ ޕްރޮޕޯސަލް އެއް. އޭގެ މާނައެއް ނޫން ދެއްތޯ އަޅުގަޑުގެ އެވަރު ޕްރޮޖެކްޓެއް ހިންގުމުގެ މާލީ، ފަންނީ ކެޕޭސިޓީ ހުރިކަމަކަށް. ކޮބައިތޯ ޕްރޫފް އޮފް ފަންޑުސް؟ މިވަރުގެ ބޮޑެތި ކަންކަން ނިންމާއިރު ތަންކޮޅެއް ހާމަކަން ބޮޑުކޮށް ނުކުރާނަ ލަޑު ލިބޭނީ ރައްޔިތުންނަށް.

The name is already taken The name is available. Register?

ކޮސް

10 December 2025

މިކަހަލަ ކަންކަން 2028 ގައި ކުރުމަށް ބަހައްޓައިގެން އުޅުނަސް މުއިއްޒުއެއް ނުހޮވާނެ 70 % ރައްޔިތުންނެއް.

The name is already taken The name is available. Register?

އަލިބެ…

10 December 2025

ތިޔަ ފަޅު ހިއްކާތާ މިވީ 4 އަހަރު. މުޅިފަލު ހިއްކާ ނިންމީ ހަމަ އެއްވެސް ހުއްދައެއްނެތި ޕްލޭނެއްވެސް ނެތިބާ! ޜައްކައިރީ އޮތްތަނެއްވީމަ ލޮލަށްފެނޭ، ދޮގު ހެދުމުގައިވެސް ހައްދެއް އޮންނަންވާނެ.

The name is already taken The name is available. Register?

8898

10 December 2025

ހެހެ. އަނެއްކާ އަނެއް ސްކޭމްއެއް ނޫންބާ.

The name is already taken The name is available. Register?

ފުރަންޓު ލޯޑު

10 December 2025

ތިޔައީ ދައުލަތައް ލިބޭނެ އަގު ނުކުރެވޭ ވަރުގެ ގެއްލުމަކަށްވުން އެކަށީގެން ނުވޭހެއްޔެވެ؟

The name is already taken The name is available. Register?

9890

10 December 2025

ފ.އަތޮޅުގެ އެންމެ ފަޅު ރަށެއްގައި 800 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން އުޅުނީމަ ތިޔަ ކުދިން ޖެއްސި ވަންނި ޖައްސަން މިހާރު އުޅުނަކަސް އެކަން ކާމިޔާބެއް ނުވާނެ އިންޝާﷲ. އިދިކޮޅުގަ އޮންނަ ޕާޓިއާ ސަޕޯޓަރުންނަކީ ގައުމުގެ އަދުއްވުންނަށް ވުން ކޮންމެހެން ލާޒިމްތަ؟

The name is already taken The name is available. Register?

ގުއިއްޒު

10 December 2025

432 މިލިޔަން ޑޮލަރު, 8 ބިލިޔަން ޑޮލަރު, މިހާރު 790 މިލޔަން ޑޮލަރު, މިހިރީ އަތްނުލެވޭ އިންވެސްޓްމަންޓްތައް. މީގެ ހުރިހާ ފައިދާއެއް ސައީދަށާއި ދެން ލިބޭ މީހަކަށް.

The name is already taken The name is available. Register?

ބާލިދީ

10 December 2025

ދިވެހިންގެ ގިނަބަޔަކު ދަނީ ސިންގަޕޫރުގައިވެސް ވީގޮތަށް ސެކަންޑް ކްލާސް ސިޓިޒަންސް އަށް ބަދަލުވަމުން. ޤައުމަކަށް ފޮރިންއިންވެސްޓްމަންޓް ވައްދަން ޖެހޭނެ ހެޔޮ ރޭޝިޔޯއެއް އޮންނަންޖެހޭ. މިހާރުވެސް އިޤްތިސޯދުގެ 90% ކޮންޓްރޯލް ކުރަނީ ބޭރު މީހުން. ޤައުމު ފޮތިފޮތިކޮށް ވިންކަން ޖެހެނީ ހިންގުމުގެ ޙަރަދުބޮޑުވެ ލޯނު ދަންތުރައިގައި ޖެހުނީމަ. ހިންގުމުގެ ޙަރަދުބޮޑުވަނީ ސިޔާސީ މާޤާމުތަށް ގިނަވީމަ.

The name is already taken The name is available. Register?

ލލލލލ

10 December 2025

އިންތިހާއަށް ތެޔޮއޮތް ޔޫއޭއީއާ ސައޫދީ އަރަބިއްޔާ ފަދަ ގައުމު ތަކުންވެސް ބޭރުގެ އިންވެސްޓްމަންޓްތައް ގެންނަ ގޮތަށް ދިވެހިރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަކީ ގޯހެއްނޫން. އަދި އެއީ ފޮތިކޮށް ދިނުމެއްވެސްނޫން. މިތަނަށް އަންނަ ފަގީރު ބިދޭސީން ދިވެހިންނާ ކައިވެނިކޮށްގެން އެނަގާ ނަފާ ނުވޭތަ ފޮތިކޮށްފަ ދިނުމަކަށް؟ އެމީހުން ގޯތިތަކާ ބިންތަކާ ވިޔަފާރިތައް ގަނެގެން ކުރާކަމަކީ، ގައުމުން މީހުން އިމްޕޯޓް ކުރުން. ދެން އެމީހުންވެސް ވަނީ ދިވެހިންނަށް.

The name is already taken The name is available. Register?

އެމްސް

10 December 2025

ރަޢިއްޔަތުންގެ ތަރައްޤީ ގުޅެނީ ރަޢިއްޔަތުންގެ އާމްދަނީ އާއިއެވެ. ބޭރުގެ ކުންފުނިތަކަށް ހުރިހާ ޕްރޮޖެކްޓްތަކެއް، ބޭރުމީހުންނަށް ވަޒީފާގެ ހުރިހާ ފުރުސަތެއް ދިނީމަ މިޤައުމު ފެލުން ނޫންކަމެއް ނުވެއެވެ! ޑޮލަރު ގަންނަން ލިބޭ އަގުވެސް ދުވަހެއް ދުވަހަކަށް މައްޗަށްދާ 1 ސަބަބަކީވެސް . . !

The name is already taken The name is available. Register?

ޖުލައި2021

10 December 2025

2028ގަ ކީއްވެ ފަށަނީ ، މިހާކުރިން ހަވާލުކުރި ކަމެއް އަދި 2 އަހަރު އެބަ އޮތް . މި ދެއަހަރު ކީއްކުރަނީ

The name is already taken The name is available. Register?

!!!!!!!!!!!!!!!!!!!!!!!!

10 December 2025

ކޮބާ އެއްކަލަ 8 ބިލިއަން ޑޮލަރ ގެ ހުޅުމާލޭ ގައި ކުރާ އިންވެސްޓްމަންޓް!!!!!!!!!!!!!!!!!!!!!!!!!!!! ޑިވެލޮޕްމަންޓް ބޭންކް!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454