"ދުރަންދަރު"ގެ މަންޒަރެއްގައި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކަންނާ.
10 ޑިސެމްބަރ 2025 - 06:56
މިދިޔަ ހުކުރު ދުވަހުން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު" އިން އެކްޓަރު އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.
"ދުރަންދަރު"ގައި އަކްޝޭ ކުޅެނީ ޕަކިސްތާނުގެ އަސްލު ގޭންގްސްޓާރެއް އަދި ސިޔާސީ މީހެއް ކަމަށްވާ ރެހްމާން ޑަކާއިތުގެ ރޯލެވެ. ފިލްމުގައި ވެސް އެ ރޯލަށް ދީފައި ވަނީ ހަމަ އެ ނަމެވެ. ފިލްމުގައި އަކްޝޭ ދެއްކި އެކްޓިންނަށް ގިނަ ބައެއް ތައުރީފު ވަނީ އޮއްސާލައިފަ އެވެ.
ގިނަ ބައެއްގެ ސަމާލުކަން ބޮޑަށް ލިބުނީ ބަހުރެއިންގެ ލަވައަކަށް އަކްޝޭ ނަށާ މަންޒަރަށެވެ. ފިލްމުގެ ޓީމުން މިހާރު ވަނީ އެ މަންޒަރު ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފަ އެވެ.
Kinda obsessed with this akshay khanna clip lol pic.twitter.com/HNrAQD1VeQ
— Ayesha Noor (@khigirlinlhr) December 8, 2025
"ދުރަންދަރު" ރިލީޒްކުރިތާ ހަފުތާއެއް ވެސް ނުވަނީސް އެ ފިލްމަށް މިހާރު ވަނީ 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މި އަހަރުގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަށް "ދުރަންދަރު" ވާނެ ކަމަށް ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.
"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.
ރަންވީރާ އެކު، އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ ދެކުނު އިންޑިއާގެ އެކްޓްރެސް ސާރާ އަރްޖުނެވެ. ސާރާއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާޖާ އަރްޖުންގެ ދަރިފުޅެވެ.
ރަންވީރާއި ސާރާ އަދި އަކްޝޭގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ސަންޖޭ ދަތު އާއި އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗާލޭ ކަލާ
11 December 2025
އަކްޝޭ ގެ އެޓިޓިއުޑް މީހުން ނަސް ކަމު ދިޔައީ! އޭނަ ގެ ނެށުމުގެ ހަރަކަތަކީ އޭނަ އަމއްލަޔަށް ޖެއްސި ވައްތަރެއް! ށްކުރިޕްޓުގަ ނެތް ހަރަކަތެއް! އެކަމަކު ލަވަޔާ ސިންކު ވީމަ މީހުން ނަށް ކަމުދިޔައީ! 50 އވޯޒް ނެވަރ ސޯ ސެކްސީ އޭސް ލައިކް އަކްޝޭ
މަބުނީ
11 December 2025
ނެށުމާކީ ކޯނަޗެއްކަން ނޭނގޭ މީހުންނަށް ހީވެދާނެ ތިޔައީ ލައްކައެކޭ. މީ ދެން ބަޔަކު އަޝޯހުވާވަރުގެ ނެށުމެއްތަ؟ ތިޔަށް ވުރެއް ވާރީތިކޮށް ނަށާނެ ޗަކޮއިމެން ރަށު ޝިފާ ވެސް އަދި ޒާރާ ވެސް..
2025
10 December 2025
ތީ ނެށުމެއްތަ ތިޔަށްވުރެ މާރީތިކޮށްނަށާނަން އަހުންވެސް...... ބޮއިހަލަކި
ގޯލު
11 December 2025
އެއީ ނެށުމެއްނޫން. އެއީ އެކްސްޕުރެޝަން.