އައްޑޫ ހައި ސްކޫލުގައި ހިންގި މާރާމާރީގައި ޓީޗަރާއި ދަރިވަރާ ދެމެދު ކުރިމަތިލުމެއް ހިނގަނީ.
11 ޑިސެމްބަރ 2025 - 19:45
އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިންގި މާރާމާރީއާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑް ކޮށްފި އެވެ.
މި މާރާމާރީ ހިނގީ އެ ސްކޫލުގެ ގްރޭޑް 12ގެ ދަރިވަރަކާއި ބީޓެކް ކިޔަވައިދޭ އިންޑިއާގެ ޓީޗަރަކާ ދެމެދުގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ.
މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދަރިވަރު ވެސް މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ދަރިވަރު ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުވުމަށް ސްކޫލަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަސްޕެންޑް ކޮށްފައި ވަނީ ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް، އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ނިންމައި ދަރިވަރު އަމިއްލައަށް މާފަށް އެދެންދެން. އެ އެ ޕްރޮގްރާމްގައި ކިތަންމެ ގިނަ ދުވަހެއް ވިޔަސް، ދަރިވަރު އަމިއްލައަށް މާފަށް އެދެންދެން އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
މިފަދަ އަހުލާގީ މައްސަލަތަކުގައި މީގެ ކުރިން ދަރިވަރުން ސަސްޕެންޑްކުރަމުން އައި ނަމަވެސް، އޮފިޝަލް ވިދާޅުވި ގޮތުގައި، އިއްޔެއާ ހަމައަށް އޮތީ ހުއްޓާލައިފަ އެެވެ. އެކަމަކު ޓީޗަރުންގެ ގަޔަށް އަތްލައި ކްލާސްތެރޭގައި އެފަދަ ގޮތަށް އުޅޭ ނަމަ ދަރިވަރުން ސަސްޕެންޑްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އެ ރުޅީގައި ޓީޗަރު ދަރިވަރަށް އަނިޔާކުރިއިރު ކްލާސް ރޫމްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.
ޓީޗަރަށް އެކަނި ފިޔަވަޅު އެޅުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކި އެވެ.
އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިނގަން މެދުވެރިވީ ފޯނުން ދެއްކި ވީޑިއޯއެއްގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަ
12 December 2025
ދެރަ ނިންމުމެއް. މިހާރު ސުކޫލުތަކަކީ ދަރިވަރުންނަށް ވެސް ޓީޗަރުންނަށް ވެސް ރަށްކާތެރިނޫންތަނެއްކަން މިނިސްޓުރީއިން މިދައްކައިދިނީ. އެފަދަ ކުދިން ވަކި ހާއްސަ ސުކޫލު ނުވަތަ ސެންޓަރަކަށަ ބަދަލު ނުކުރެވޭނަމަ ސުކޫލަށް ދެންދާ ކުދިންނާ ޓީޗަރުންނަށް އެވެނީ ނާއިންސާފެއް. ޢަދި އެކުލާހުގައި އެހެނިހެން އަހުލާގީ މައްސަލަ ހުރި ކުދިން ވެސް އުޅޭކަން އެބަ އިންގޭ އެކުދިންގެ ވާހަކަ ނުވެސް ދައްކާ. ޥާ މިނިސްޓުރީއެއް ތިއޮތީ
ޏާސު
12 December 2025
ތި ސިކޫލު ގެ ޕުރިންސިޕަލް ކޮބާތަ ؟ މިދަރަޖައަށް ދިޔައިރު އޭނާއޮތީކޮންތާކުތަ މުސާރަނަގައިގެން. ތީޗަރުން އަންގާއެންގުންތަކަށް ބީރު ކަންފަތެއްދީގެން ހުރީދޯ
ބޯޅަބޭބޭ
12 December 2025
ކޮންމާފެއް ހަމަސުކޫލުން ކަޑާލަންޖެހޭ ކުއްޖެއްތީ
އޮނަރަބްލް ޢަފީފް ދީދީ
12 December 2025
މުޅިކްލާސް ހެވިފަތިބެ ޓީޗަރުރުޅިއަރުވާ، ބުލީކުރުމުގަ ބައިވެރިވެ، ބަދުއަޚްލާޤީ ވީޑިއޯއެޅުވި ކުއްޖާއަށްހިތްވަރުދީ، ދެޖިންސްގެ ކުދިން އެއްގޮޑީގަތިބެ ބަދުޢަޚުލާޤީޢަމަލުހިންގާ، ކިޔަވަންގޮސް ކްލާސްގަޑީގައި ގޭމްކުޅެމުން އަދި ޓީޗަރު ކްލާހުން ނިކުތަނުުދީ، ނަފްސާނީ ޖިސްމާނީ އެތަށް އަނިޔާއެއްދީ، އޭގެފަހުން އެވީޑިއޯތައް ލީކުކޮށް، ތަނެއްދޮރެއް ނުބަލާ، ނޫސްތަކުގެ ފަލަސުރުޚީތަކުގަ ބިދޭސީ"ނިކަމެތި ޓީޗަރު"ގެ އަބުރުކަތިލާ ސަސްޕެންޑްކޮށްފަ، މިވަރުއަދަބަކުން ފުދޭތަ؟
މާލޭ ސަރުކާރު
12 December 2025
އަފީފް ދީދީ ރަޝުކުދިން ހާދަ ސަކަރާތޭ ދޯ
ލާފްމް
12 December 2025
މިކަމުގައި ޝާމިލުވި ހުރިހާ ދަރިވަރުންނަށް ފިޔަވަޅު އަޅަން ޖެހޭ. ފިރިހެން ދަރިވަރުގެ އުނގުގައި އިން އަންހެން ދަރިވަރަށާއި ފިރިހެން ދަރި ވަރަށް ފިޔަވަޅު އަޅަން ޖެހޭ. މިއީ ކުލާސް ރޫމެއްތައް ނޫނީ ...؟ މި ދަރިވަރުންގެ މައިންބަފައިންގެ ލަދެއް ވެސް ނުގަނޭބާ؟
ކޮބާ
12 December 2025
18 އަހަރު ނުވަނީސް ސޯޝަލް މީޑިއާއަށް ނުވަދެވޭ ގޮތް ހެދުން. ފޯނު ސުކޫލަށް ގެނައުން މަނާ ކުރުން. ގޭގަ ވެސް މި ގޮތަށް ވަކި ގަޑިތަކެއްގައި ފޯނު ދިނުން. ދުވަހުގެ ޕްލޭން ހަދައިގެން ވަގުތު ހޭދަކުރުން. ޑިސިޕްލިން ކުރުން. ކުޅިވަރު ކުޅުމާއި އާއިލީ ވަގުތުތަކަށް ޖާގަދިނުން.
ސަފޫރާއްތަ
12 December 2025
އެމެރިކާ ފެންވަރަށް މި ގައުމުގެ ސްކޫލުިގެ ކަންކަން މިއޮތީ ގޮސްފައި. ދެން ނިކުންނާނީ ލިޔަންކިޔަން ނުދަންނަ ކުދިން މިނިޒާމުން.
އަންދާސީ
12 December 2025
ދަރިވަރަށާ ބެލެނިވެރިޔާ އަށް ތިޔަ ޕްރޮގްރާމް ހިންގަންޖެހޭ. ތިޔަ ދަރިވަރަކީ އަދި ތިޔަކަހަލަ ކޮންމެ ދަރިވަރަކީ މުސްތަޤްބަލްގަ މުޖްތަމަޢު އަށް ހުރި ބޮޑު ގެއްލުމެއް.
އައިމިނާ
12 December 2025
ދަރިންނަށްޓަކައި މައިން އެތައްއެތައް ގުރުބާނީއެއް ވާންޖެހޭކަން ދަންނަމުތޯ. ކުރާހިތްވާ އެތައްކަމެއް ދަރިންނަށްޓަކައި ނުކޮށް ދޫކޮށްލަންޖެހޭ. ބުނަންޖެހޭ އެތައް ބަހެއް ނުވަތަ ދައްކަންޖެހޭ އެތައް ވާހަކައެއް ނުދައްކާ ދޫކޮށްލަންޖެހޭ. ކުޑަމިނުން އަވަށްޓެރިންނަށް ޖެއްސުންކުރުމާއި މަގުމަތީހުންނަ ގަސްގަހުން ހުއްދަނެތި ބިނުމާއި އުފުރުމާއި ޒުވާބުކުރުމާއި ބަދަލުހިފުމާއި މަޖަލަކަށް ވިޔަސް ހުތުރު ލަދުވެތި ބަސްތައް ބޭނުންނުކުރުމާއި މިހެން ގޮސް އެތައްއެތައް ކަމެއް.....
މަރުމޯލުކ
12 December 2025
އަމިއްލައަށް ޒިންމާ ނެގުމާ އަހުލާގީ މިންގަޑު ހިފެއްޓުމަކީ ކޮންމެ އިންސާނެއްގެ ވެސް ޒިންމާއެއް. ދަރިޔެއް ލިބުނީމާ ކުރަން ޖެހޭ ކަމެއްނޫން. ތިފަދަ ވިސްނުމުގެ މައިންބަފައިން އުޅޭތީއޭ މި ގޯސް ވަނީ. ދަރިއަށް ޓަކައި ވާގުރިބާނީއަކީ މަޖާނުކުރުމާ، ނުބައިއެއްޗެތި ނުގޮވޫމާ، ޒުވާބުނުކުރުމާ، ގަސް ނޫފުރުމޯ. ބޯހަލާކު
ޢަބުދު
12 December 2025
ވަޓް އިސް ދިސް؟ ޢަ ސްލެޕް އޮން ދަ ރިސްޓް؟ ނޫނީ ޓީޗަރަށް ޖެހި ޖޯކެއްތަ؟