12 ޑިސެމްބަރ 2025 - 06:28
ކުރިއަށް އޮތް ސްކޫލް ބަންދުގެ ތެރޭގައި އުމްރާގެ އަޅުކަން އަދާކުރަން ދާން ބޭނުންވާ މީހުންނަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފި އެވެ.
ސްކޫލް ބަންދުގައި އުމްރާ އަޅުކަން އަދާކުރަންދާ އާއިލާތަކަށް ހާއްސަކޮށްގެން، ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތަކެއް މޯލްޑިވިއަނުން ވަނީ ތާވަލުކޮށްފަ އެވެ.
މާލެއިން ޖިއްދާ އަށް ތިން ފްލައިޓެއް ބާއްވަން ނިންމާފައިވަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހަށެވެ.
ޖިއްދާ އިން އެނބުރި މާލެ އަށް އަންނަން ޖެނުއަރީ 10، 11 އަދި 12 އަށް، ކޮންމެ ދުވަހަކު ފްލައިޓެއް ތާވަލު ކޮށްފައި ވަނީ، އުމްރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ޖިއްދާގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މި ދަތުރުތަކުގެ ދެކޮޅު ޓިކެޓު އަގު 750 ޑޮލަރަށް ލިބޭއިރު، ކޮންމެ ފަސިންޖަރަކަށް 45 ކިލޯގެ ބެގޭޖް އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ.
މި ފްލައިޓުތަކުން ޖާގަ ކަށަވަރު ކުރުމަށްޓަކައި، މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބުކިން ހެއްދުމަށް މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ސްކޫލްތަކުގެ ކިޔެވުން މި އަހަރަށް ނިންމައި ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ގަ އެވެ. އަންނަ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އާ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 27 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިލިސް
12 December 2025
ޗުއްޓީގައި ޢުމުރާއަށްދާ ގިނަ މީހުން ވަނީ ޓިކެޓް ނަގައިފަ. ކަންކަން ޕްލޭންކޮށްގެން ކުރުމަކީ މުހިންމު ކަމެއް.
މަޒުލ
12 December 2025
ޢުމުރާގެ އަޅުކަން ފުރިހަމަ ކުރުމަށް ގިނަވަގުތު ހޭދަކުރަނީ ޖިއްދާގައިތޯ؟؟ ސައުދީ ސަރުކާރުން ދިން ލުއިފަސޭހައާއިއެކު އަމިއްލައަށް ދާންބޭނުންވާ ފަރާތްތަކަށް ސަޅިފުރުޞަތެއް. ޝުކުރިއްޔާ ދިވެހި ޤައުމީ އެއަރލައިން
ޖޫސް
12 December 2025
ރަނގަޅު ކަމެއް. ނެތްތަ ޗުއްޓީއަށް ބެންކޮކަށް ދާން ޚާއްސަ ދަތުރުތަކެއް ބޭއްވެން؟