މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓު ކައިރިއަށް ހާޒިރުކުރި އިރު ކޯޓު ކައިރީ މުޒާހަރާކުރި މީހަކު، މެންބަރު މައުރޫޒް ޒާކިރް ދޫކޮށްލަން ގޮވާލައި އަޑު އުފުލަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
12 ޑިސެމްބަރ 2025 - 19:53
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް އިތުރުކޮށްފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރި މުޒާހަރާގައި ބައިވެރިވި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުޒާހަރާ ރޫޅާލި އިރު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މައުރޫފްގެ ބަންދަށް ކްރިމިނަލް ކޯޓުން ބަންދު އިތުރުކުރީ އޭނާގެ މައްޗަށް މައިގަނޑު ތިން ތުހުމަތަކާ އެކުގަ އެވެ. އޭގެ ތެރޭގައި ކަނޑުދަތުރުކުރުމަށް ހުރަސްއެޅުމާއި ކޯސްޓް ގާޑަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ހިމެނެ އެވެ.
މައުރޫފްގެ ފަރާތުން މިއަދުގެ ބަންދުގެ މަޖިލީހުގައި މި ހުރިހާ ތުހުމަތަކަށް ވެސް އިންކާރުކޮށްފައިވެ އެވެ.
މައުރޫފްގެ އިތުރުން މުޒާހަރާގެ އެހެން ދެ ބައިވެރިއެއް ވެސް މިއަދު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރި އެވެ. އެ މީހުންގެ ބަންދަށް ވެސް ދިނީ ފަސް ދުވަހެވެ.
މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓު ކައިރިއަށް ހާޒިރުކުރި އިރު ކޯޓު ކައިރީ މުޒާހަރާކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ކޯޓަށް ހާޒިރުކުރި އިރު، އޭނާ ނިސްބަތްވާ އިިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި މަސްވެރިން ވެސް ކޯޓު ދޮށަށް އެއްވެ، އެންމެން މިނިވަންކުރަން ގޮވާލަމުން ދިޔަ އެވެ.
މައުރޫފް ހައްޔަރުކުރުން ކުށްވެެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާއިރު، މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ފުލުހުން ހުއްޓުވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
މައުރޫފް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށާއި މަސްވެރިންގެ އިހުތިޖާޖު ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށް، އެ އިހުތިޖާޖުގައި މަސްވެރިން ބޭނުންކުރި ބައެއް ދޯނިތައް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައީ ސަރުކާރުގެ "ދޯހަޅި ސިޔާސަތުތަކަށް" ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.
އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުަސަ
13 December 2025
މަޖްލިސް މެމްބަރުންނޯ! ނަމޫނާ ދައްކައިގެން ގާނޫނާ އެއްގޮތަށް ކަންކަން ކުރަންތިބޭ މީހުންނޯ! ގާނޫނު ހަދާ މަޖްލިސް މީހުންނޯ! ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މުޒާހަރާ ކުރުމާއި އިހްތިޖާޖް ކުރެވޭގޮތް އޮވޭ! މީނަ މިއީ މިކަންކަން ރޫޅާލާ ހަމަޖެހުންނަގާލުމުގައި އުޅޭ މީހެއް! ދާދިފަހުން މީނަ ފެނުނު މަގުނަންދުކުރަން ފުލުހުން ޖަހާފައިވާ ބެރިކޭޑެއްގެ ތެރެއަށް ވަދެ އުޅުނުތަންވެސް އެއްވުމެއްގެތެރެއިން ހަމޖެހުން ނަގާލާ ފުލުހުންނާ ދިމާކުރި ދުވަހެއްގައި!
އައްމަޓީ
13 December 2025
އޭނާ ބަންދުން ދޫނުކުރާތި
ޚކކކ
12 December 2025
ތިކަހަލަ މީހުން އުމުރަށް ބަންދުގަ ބައިތިއްބަންވީ.
ކުރި
12 December 2025
ރައްޔެތުންގެ ހައްގުގަ މަސައްކަތް ކުރަން ޖެހޭ މީހަކު މިފަދަ ދަށު ދަރަޖައަކަށް ވެއްޓުނީމަ އެ ދާއިރާ ރައްޔެތުން ލަދު ގަންނަން ޖެހޭނެ. މަޖިލީހުން ގަވާއިދެއް ހަދާގެންވެސް އެބަޖެހޭ މުސާރަ ނުލިބޭ ގޮތަށް ދިގު މުއްދަތަކަށް މިކަހަލަ މެމްބަރުން ސަސްބެންޑުކުރަން.
ޒަނީން
13 December 2025
ދާއިރާގެ ރައްޔިތުން ވޯޓުދިނީ އެހުރިހާ ކަމަކަށްވެސް ކިރިމަތިލާން ކެރޭތީވެ, މޮޔަ ވާހަކަ ނުދައްކާ, ހަމަ ދޫކޮށްލަން ޖެހޭނީ.
ކޮކީ
12 December 2025
ޚިޔާލުފާޅުކުރުމާއި ދައުލަތުގެ މުދަލަށް ގެންލުން ދިނުމަކީ ތަފާތު ދެކަމެއްކަން އެމްޑީޕީ ކުދިންވެސް ގަބޫލުކުރުން އެއީ އެއްމެ ހެޔޮގޮތް.
ނާނު
13 December 2025
ދައުލަތުގެ މުދަލަށް ގެއްލުން ނުދޭކަން ދެދުވަސް ފަހުން ސާފުވާނެ, މުއްދަތް ކަހަން ފުލުހުން ގެންގުޅޭ ޓާމްސްތަކެއް, އާދައިގެ މަތިން.
ކާނިި
12 December 2025
އެންމެ 5؟
އެހެނަސް
12 December 2025
އެމްޑީޕީ ވެރިކަމުގަ ތިޔަބުނާ ބޮޑު ކަންނެލި މަސްވެރިންނައް އެއް ކަމެއް ވެސް ނުކޮއް 5 އަހަރު ނިންމާލިއިރު އޯކޭ