"ޒޫޓޯޕިއާ 2"ގެ ޕޯސްޓަރެއް.
14 ޑިސެމްބަރ 2025 - 06:23
ޑިޒްނީގެ އެނިމޭޓެޑް ފިލްމު "ޒޫޓޯޕިއާ 2"އަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 26 ގައި ރިލީޒްކުރި "ޒޫޓޯޕިއާ 2"އަށް އެއް ބިލިއަން ޑޮލަރު ލިބުނީ އެންމެ 17 ދުވަހުގެ ތެރޭގަ އެވެ. މިއީ "ޕީޖީ" ރޭޓިން ދީފައިވާ ފިލްމަކަށް މިވަރުގެ އާމްދަނީއެއް މިހާ އަވަހަށް ލިބުނު ފުރަތަމަ ފަހަރެވެ.
"ޒޫޓޯޕިއާ 2"އަކީ މި އަހަރުގެ ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ތިންވަނަ ފިލްމެވެ. މި ފިލްމުގެ އިތުރުން މި އަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ފިލްމުތަކަކީ ޑިޒްނީގެ ލައިވް އެކްޝަން ފިލްމު "ލީލޯ އެންޑް ސްޓިޗް" އާއި ޗައިނާގެ އެނިމޭޓެޑް ފިލްމު "ނެ ޒާ 2" އެވެ.
"ޒޫޓޯޕިއާ 2" އުފެއްދީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
މީގެ ނުވަ އަހަރު ކުރިން މާޗު 4، 2016 ގައި ގެނެސްދިން "ޒޫޓޯޕިއާ"ގެ ފުރަތަމަ ފިލްމަށް ވެސް ވަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
"ޒޫޓޯޕިއާ 2" ޑައިރެކްޓުކުރީ ފުރަތަމަ ފިލްމު ވެސް ގެނެސްދިން ބައިރޮން ހޮވަޑެވެ.
"ޒޫޓޯޕިއާ 2" ބިލިއަން ޑޮލަރު ކުލަބަށް ވަންއިރު، އެ ކުލަބުގައި ހިމެނޭ 60 ފިލްމުގެ ތެރެއިން 34 ފިލްމަކީ ޑިޒްނީގެ ފިލްމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
16 December 2025
ކަލޯ އެއް ބިލިޔަނޯ މޯޑިސް މީހުން ކީއް މިކުރަނީ...... ބޮއިހަލަކި